ތުހުމަތެެއްގައި އިމިގްރޭޝަންގެ މުވައްޒިފަކު ހައްޔަރުކޮށްފި
ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި އެ މުވައްޒިފު ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ.
"ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފަކު ނޮވެމްބަރު 28، 2026 ވަނަ ދުވަހު ހައްޔަރުކޮށްފައިވެ އެވެ،" ފުލުހުން ވޮއިސްއަށް ފޮނުވި މެސެޖުގައިވެ އެވެ.
ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ. އެހެން ކަމުން އެ މުވައްޒިފަށް ކުރެވޭ ތުހުމަތާއި ބަލަމުންދާ މައްސަލައިގެ ތަފްސީލެއް ނުލިބުނެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން އޭނާއަށް އޮތީ ރާއްޖެއިން ޑީޕޯޓްކުރި މީހަކު ރާއްޖެ އެތެރެކުރުމުގެ ތުހުމަތެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް