އެމްޑީޕީ އިންތިޚާބުގެ ފޮޓޯ:/ އެމްޑީޕީ
އެމްޑީޕީ އިންތިޚާބުގެ ފޮޓޯ:/ އެމްޑީޕީ
ހަބަރު 29 Nov 2026 | 15:38

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާ މެދު ބޮޑެތި ޝައްކުތަކެއް އުފެދި، ގިނަ ތުހުމަތުތަކެއް

ދިވެހިރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިދިޔަ ހުކުރު ދުވަހު ބޭއްވި އެތެރޭގެ އިންތިހާބުގެ ނަތީޖާއާ މެދު ބޮޑެތި ޝައްކުތަކެއް އުފެދި، ގިނަ ތުހުމަތުތަކެއް ކުރެވެންފަށައިފިއެވެ.

މި އިންތިހާބާ ގުޅޭގޮތުން ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވަނީ އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

އަހުމަދު ޝަމްހީދު އެކްސްގައި ކުރި ޕޯސްޓެއްގައި އޭނާ ވަނީ، ހުޅުމާލެ ދެކުނު ދާއިރާއިންނާއި މުޅި މާލެއިން 16 ގޮނޑިއަށް ކެންޑިޑޭޓުންނަށް ލިބުނު ކަމަށް ބުނެ ނެރެފައިވާ ނަތީޖާ ޝީޓްތަކުގައިވާ އަދަދުތަކަކީ، ވޯޓުލާން ދިޔަ މީހުން ފާހަގަ ޖެހި ގޮތަށް ނެރެފައިވާ ނަތީޖާއެއް ކަމަށް ބެލެވޭކަށް ނެތް ކަމަށެވެ. އަދި އޭނާ ތުހުމަތުކުރި ގޮތުގައި، ބައެއް ކެންޑިޑޭޓުންނަށް 200 ވަރަކަށް ވޯޓު އިތުރަށް ޖަހާފައިވާ ކަމަށް ބެލެވެއެވެ. ނަމަވެސް، މި ތުހުމަތުތަކަށް ބާރުދޭނެ އިތުރު ހެއްކެއް އޭނާ ހިއްސާކޮށްފައެއް ނުވެއެވެ.

އެމްޑީޕީގެ ޒުވާނުންގެ ރައީސް ކަމަށް ކުރިމަތިލި އަރުޝަމް އަބްދުﷲ ވެސް ވަނީ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އެގޮތުން، އޭނާ ވަނީ ގައުމީ މަޖިލީހުގެ އިންތިހާބު ނިމި، 2 ދުވަސް ވެގެންދާއިރުވެސް ވަގުތީ އިއުލާނު ނުކުރެވި އޮތުމަކީ ވަރަށް ދެރަ ކަމެއްކަމަށް ފާހަގަކޮށްފައެވެ. ތާވަލުގައިވާ ގޮތުން، މިއީ 27 ނޮވެންބަރުގައި ވާންޖެހޭ ކަމެއްކަމަށް އޭނާ ބުންޏެވެ.

ހަމައެއާއެކު ފުވައްމުލަކުގެ އުތުރު ދާއިރާގެ ގައުމީ މަޖިލީސް މެންބަރު ކަމަށް ކުރިމަތިލި ނާއިއްލޭ ވެސް ވަނީ ކަންބޮޑުވުންތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެގޮތުން އޭނާ ވަނީ ކުރިމަތިލި ކެންޑިޑޭޓުންނާއި ސާފު މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށާއި، ވަގުތާއި ގަވާއިދުތަކުގެ އިތުރުން ވޯޓުލުން ފެށުނުއިރުވެސް އެއްވެސް އޮފިޝަލެއް ވޯޓުލާ މަރުކަޒުތަކުގައި ނެތް ކަމަށާއި، އަދިވެސް ނަތީޖާތައް އިއުލާންކުރެވިފައި ނެތް ކަމަށް ބުނެ ޝަކުވާ ކޮށްފައެވެ.

މި އިންތިހާބުގައި ވާދަކުރި އެހެން ކެންޑިޑޭޓުންނާއި ޕާޓީގެ އާންމު މެންބަރުން ވެސް ވަނީ ސޯޝަލް މީޑިއާގައި މިފަދަ އެކި ޝަކުވާތައް ހިއްސާކޮށްފައެވެ. މީގެ އިތުރުން، އިންތިހާބު ކުރިއަށްދިޔަ ވަގުތު އދ. ދިގުރަށުގައި ބެހެއްޓި ވޯޓު ފޮށި ނަގައި ރަށުން ބޭރުކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، އެ ފޮއްޓާ މެދު އަމަލުކުރާނެ ގޮތެއް ޕާޓީގެ ލީޑަޝިޕުން އަދިވެސް ހިއްސާކޮށްފައެއް ނުވެއެވެ.

މި ފަހަރުގެ އިންތިހާބަށް މިހާ ބޮޑަށް ސަމާލުކަން އަމާޒުވެފައިވަނީ، ޕާޓީގެ އެންމެ ބާރުގަދަ ބައި ކަމަށްވާ ގައުމީ މަޖިލީހުގެ ބާރުވެރިކަން ހޯދުމަށް އެމްޑީޕީގެ އެތެރޭގައި އޮތް ދެ ފެކްޝަނެއްގެ މެދުގައި އުފެދިފައިވާ ބޮޑު ވާދަވެރިކަމެއްގެ ސަބަބުންނެވެ. މިގޮތުން، އެއް ފެކްޝަނަކީ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭ 'ބޮޑު ބަދަލު' ފެކްޝަނެވެ. އަދި އަނެއް ފެކްޝަނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި މާލޭގެ މޭޔަރު އާދަމް އާޒިމް ހިމެނޭ 'އަސްލު އެމްޑީޕީ' ފެކްޝަނެވެ.

މި ދެ ފެކްޝަނުން ވެސް 2028 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވަކިން ކެންޑިޑޭޓުން ނެރެ ދަނީ ކެމްޕެއިން ކުރަމުންނެވެ. 'އަސްލު އެމްޑީޕީ' ގެ ފަރާތުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރ އާޒިމް ވާދަކުރާއިރު، 'ބޮޑު ބަދަލު' ގެ ފަރާތުން ވާދަކުރަނީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، ގައުމީ މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ 'ބޮޑު ބަދަލު' ފެކްޝަނުންނެވެ. އިންތިހާބުގެ ނަތީޖާއާ މެދު އުފެދިފައިވާ މި ޝައްކުތަކާއި މައްސަލަތަކާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ޕާޓީގެ އެތެރޭގެ މަސްރަހު އިތުރަށް ހޫނުވެގެންދާނެ ކަމަށް ބެލެވެއެވެ.

މިހާރު ކުރެވެމުންދާ ތުހުމަތުތަކާއި ގުޅޭގޮތުން އެމްޑީޕީގެ ލީޑަޝިޕްގެ ފަރާތުން ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ގެދޮރު ބިނާކުރުމަށް އެހީ ދޭ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
29 Nov 2026 ހަބަރު

ގެދޮރު ބިނާކުރުމަށް އެހީ ދޭ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މި ސްކީމަކީ 18 އަހަރުން މަތީގެ، ގެދޮރު އިމާރާތްކުރަން ބޭނުންވާ ދިވެހި ރައްޔިތުންނަށް ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ފައިނޭންސިންގ ފެސިލިޓީއަށް ވާސިލުވުން ފަހިކޮށްދިނުމުގެ ގޮތުން ތައާރަފުކޮށްފައިވާ ސްކީމެކެވެ.

ތުހުމަތެެއްގައި އިމިގްރޭޝަންގެ މުވައްޒިފަކު ހައްޔަރުކޮށްފި
29 Nov 2026 ހަބަރު

ތުހުމަތެެއްގައި އިމިގްރޭޝަންގެ މުވައްޒިފަކު ހައްޔަރުކޮށްފި

ބައެއް ރިޕޯޓްތައް ބުނާގޮތުން އޭނާއަށް އޮތީ ރާއްޖެއިން ޑީޕޯޓްކުރި މީހަކު ރާއްޖެ އެތެރެކުރުމުގެ ތުހުމަތެވެ.

އިލެކްޓްރޮލައިޓްސް ފަދަ ބުއިންތައް ޑޮކްޓަރުންގެ އިރުޝާދެއް ނެތި ބޭނުންނުކުރޭ؛ ސިއްހީ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް: އެމްއެފްޑީއޭ
29 Nov 2026 ހަބަރު

އިލެކްޓްރޮލައިޓްސް ފަދަ ބުއިންތައް ޑޮކްޓަރުންގެ އިރުޝާދެއް ނެތި ބޭނުންނުކުރޭ؛ ސިއްހީ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް: އެމްއެފްޑީއޭ

އިލެކްޓްރޮލައިޓްސް، ވިޓަމިންސް އަދި މިނަރަލްސް ފަދަ މާއްދާތައް ގިނަ މިންވަރަކަށް އެކުލެވޭ ބުއިންތައް، ސިއްހީ ހިދުމަތްތެރިންގެ ލަފަޔާއި އިރުޝާދެއް ނެތި ބޭނުންކުރުމަކީ އޭގެ ސަބަބުން ނޭދެވޭ ސިއްހީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމެއް ކަމަށް ބުނެ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިންޒާރު ދީފިއެވެ

އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ވުރެ 2 ބިލިއަން ރުފިޔާ އިތުރަށް ދިފާއީ ދާއިރާއަށް
29 Nov 2026 ހަބަރު

އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ވުރެ 2 ބިލިއަން ރުފިޔާ އިތުރަށް ދިފާއީ ދާއިރާއަށް

ފިނޭންސް މިނިސްޓްރީގެ ބަޖެޓު ޕޯޓަލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދެ ދައިރާގެ ހަރަދުތަކުގެ ދެމެދުގައި 2.04 ބިލިއަން ރުފިޔާގެ ބޮޑު ފަރަގެއް އެބަހުއްޓެވެ. އެގޮތުން، ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓުން ބޮޑު ބައެއް ދާނީ ހިލޭ ޑިގްރީ ޕްރޮގްރާމާއި، މަތީ ތައުލީމުގެ ލޯނު ސްކީމްތަކާއި، ސްކޮލަރޝިޕްތަކުގެ އިތުރުން ދަރިވަރުންނަށް ދެވޭ އެހެނިހެން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ރަސްމާލެ އަލައްބާރަށް ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖުކުރުމަށް ދައުލަތުގެ އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި
29 Nov 2026 ހަބަރު

ރަސްމާލެ އަލައްބާރަށް ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖުކުރުމަށް ދައުލަތުގެ އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

ދައުލަތުގެ މަތިވެރި އިއްޒަތުގެ ޝަރަފު އަރުވާފައިވާ ހުރިހާ ބޭފުޅުން، ރަސްމާލޭގެ ބިން ޔޫއޭއީގެ ވިޔަފާރިވެރިޔާ މުހައްމަދު އަލައްބާރުގެ ކުންފުންޏަށް ކުއްޔަށްދިނުމާ ދެކޮޅުހައްދަވައި އިހުތިޖާޖުކޮށްދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ރާއްޖެއާއި އިންޑިއާއަށް އެކުގައި ޙާޞިލުކުރެވޭނެ ކަންކަމުގެ ފުރިހަމަ މިސާލެއް: އިރުތިޝާމް
29 Nov 2026 ހަބަރު

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ރާއްޖެއާއި އިންޑިއާއަށް އެކުގައި ޙާޞިލުކުރެވޭނެ ކަންކަމުގެ ފުރިހަމަ މިސާލެއް: އިރުތިޝާމް

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ދެ ޤައުމު ގުޅިގެން ކަންކަން ޙާޞިލުކުރެވިދާނެ ކަމުގެ ރަނގަޅު މިސާލެއް ކަމަށާއި، މިއީ ރައްޔިތުންނަށް ފެންނަން ހުރި ހަޤީޤީ މަންފާތަކެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ މަޝްރޫޢެއް ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ފަލަސްޠީނާ އެކީގައި ވާކަން ބަހާއި ޢަމަލުން ދައްކަންޖެހޭ: ރައީސް ޑރ. މުޢިއްޒު
29 Nov 2026 ހަބަރު

ފަލަސްޠީނާ އެކީގައި ވާކަން ބަހާއި ޢަމަލުން ދައްކަންޖެހޭ: ރައީސް ޑރ. މުޢިއްޒު

ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް އެއްބާރުލުމަކީ ހަމައެކަނި ދައްކާ ވާހަކަތަކަކަށް ވެގެން ނުވާނެ ކަމަށާއި، އެކަން އަމަލީ ގޮތުން ދައްކަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގެ ދިވެހި ޑޮކްޓަރުންގެ ޓީމުން ތާރީޚީ ކާމިޔާބީއެއް: ކާމިޔާބުކަމާއެކު އީއާރުސީޕީ ޕްރޮސީޖަރއެއް ނިންމާލައިފި
29 Nov 2026 ހަބަރު

އައިޖީއެމްއެޗްގެ ދިވެހި ޑޮކްޓަރުންގެ ޓީމުން ތާރީޚީ ކާމިޔާބީއެއް: ކާމިޔާބުކަމާއެކު އީއާރުސީޕީ ޕްރޮސީޖަރއެއް ނިންމާލައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ މެޑިކަލް ގެސްޓްރޯއެންޓްރޮލޮޖީ ޑިޕާޓްމަންޓުން ކާމިޔާބުކަމާއެކު އީއާރުސީޕީ ޕްރޮސީޖަރއެއް ނިންމައި ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.