ކަށީގެ މައްސަލަ ހުރި މީހަކަށް ފަރުވާދެނީ-
ކަށީގެ މައްސަލަ ހުރި މީހަކަށް ފަރުވާދެނީ-
ދުނިޔެ 29 Nov 2026 | 14:22

އުމުރުން ދުވަސްވުމުން ހުޅުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރެވޭނެ އާ ގޮތެއް ސައިންސްވެރިން ހޯދައިފި

އުމުރުން ދުވަސްވުމުން ހުޅުތަކުގައި ރިއްސުމާއި، ހުޅުތަކުގެ ކާޓިލޭޖް (މަޑުކަށި) ހަލާކުވުމުގެ ސަބަބުން ދިމާވާ "އޮސްޓިއޯއާތުރައިޓިސް" ބައްޔަށް ފަރުވާ ހޯދުމަށް ކުރަމުންދާ ދިރާސާތަކުން އުއްމީދީ ކާމިޔާބީތަކެއް ފެންނަން ފަށައިފިއެވެ.

ސްޓެންފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ދިރާސާގެ ހޯދުންތައް ދާދިފަހުން ވަނީ އާންމުކޮށްފައެވެ.

އާންމު ގޮތެއްގައި އުމުރުން ދުވަސްވުމުން ހިނގާބިނގާވެ އުޅުމަށާއި، ސިޑިން އެރުމަށް އަދި ގުދުވުން ފަދަ ކަންކަމަށް ދަތިވަނީ ހުޅުތަކުގައި ހުންނަ މަޑުކަށިތައް ގޭނި ހަލާކުވުމުންނެވެ. އެތައް އަހަރެއް ވަންދެން ސައިންސްވެރިން ގަބޫލުކުރަމުން އައީ މިފަދައިން ހަލާކުވާ މަޑުކަށިތައް އަލުން އަމިއްލައަށް އުފެދުމަކީ ނުވާނެ ކަމެއްގެ ގޮތުގައެވެ. ނަމަވެސް، ސްޓެންފޯޑް ޔުނިވަރސިޓީގެ މި އާ ދިރާސާއިން ދައްކާ ގޮތުގައި އިންސާނާގެ ހަށިގަނޑަށް މި މަޑުކަށިތައް އަލުން އިއާދަކުރުމުގެ ގުދުރަތީ ގާބިލުކަން ލިބިގެންވެއެވެ.

މި ދިރާސާއިން ސައިންސްވެރިން ވަނީ "15-PGDH" ނަމަކަށް ކިޔާ ޕްރޮޓީނެއް ދެނެގަނެފައެވެ. އުމުރުން ދުވަސްވާ ވަރަކަށް މި ޕްރޮޓީން ހަށިގަނޑުގައި އިތުރުވެ، ހަލާކުވާ ޓިޝޫތައް އަމިއްލައަށް ރަނގަޅުވުމަށް ހުރަސްއަޅައި ދުޅަހެޔޮކަން ގެއްލުވައިލައެވެ. މިކަން ދެނެގަތުމަށްފަހު، ދިރާސާ ޓީމުން މުސްކުޅި މީދަލުގެ ހަށިގަނޑުގައި މި ޕްރޮޓީންގެ މަސައްކަތް ހުއްޓުވުމުން، ތުނިވެ ހަލާކުވެފައިވާ މަޑުކަށިތައް އަލުން ބޯވެ، އިއާދަވާން ފެށިކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ކަކުލުގެ ލިގަމެންޓްތަކަށް އަނިޔާވެފައިވާ ޒުވާން މީދާތަކަށް މި ފަރުވާ ދިނުމުން، އާތުރައިޓިސް ޖެހުމުން ރައްކާތެރިކޮށްދިން ކަމަށްވެސް ދިރާސާއިން ދައްކައެވެ.

މީގެއިތުރުން، ކަކޫ ބަދަލުކުރުމުގެ އޮޕަރޭޝަން ހަދާފައިވާ އިންސާނުންގެ ގައިން ނެގުނު މަޑުކަށީގެ ސާމްޕަލްތަކަށް މި ފަރުވާ ދީގެން ލެބޯޓްރީގައި ކުރި ޓެސްޓުތަކުން ވެސް ވަނީ އެދެވޭ އަދި އުއްމީދީ ނަތީޖާތަކެއް ލިބިފައެވެ. މި ފަރުވާއިން ސްޓެމް ސެލް ބޭނުންކުރުމެއް ނެތި، ހަށިގަނޑުގައި މިހާރުވެސް ހުރި މަޑުކަށީގެ ސެލްތައް (ކޮންޑްރޯސައިޓްސް) ހަރަކާތްތެރިކޮށްދީ، ހަލާކުވެފައިވާ ބައިތައް މަރާމާތު ކުރުމަށް ބާރުއަޅައެވެ.

ސްޓެންފޯޑްގެ އިތުރުން ޑިއުކް ޔުނިވަރސިޓީ، ޔުނިވަރސިޓީ އޮފް ކޮލޮރާޑޯ އަދި ކޮލަމްބިއާ ޔުނިވަރސިޓީ ފަދަ ތަންތަނުން ވެސް އަންނަނީ ހުޅުތަކުގެ ބަލިތަކަށް އިންޖެކްޝަނާއި 3D ޕްރިންޓިންގ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފަރުވާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މި ހޯދުމަކީ ކަކޫ ބަދަލުކުރުމުގެ ބޮޑެތި އޮޕަރޭޝަންތަކަށް ދާއިމީ ހައްލެއް ލިބިދާނެ އުއްމީދީ ފެށުމެއް ކަމުގައި ބެލެވުނު ނަމަވެސް، މި ފަރުވާ އާންމުކޮށް އިންސާނުންނަށް ބޭނުންކުރުމުގެ ކުރިން އަދި އިތުރު ކްލިނިކަލް ޓްރަޔަލްތަކާއި ދިރާސާތައް ފުރިހަމަކުރަން ޖެހޭކަމަށް ސައިންސްވެރިން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މައްކާ އާއި މަދީނާ ދިފާއުކުރުމަށް ޕާކިސްތާނުން ސައުދީއަށް ސިފައިން ފޮނުވަނީ
29 Nov 2026 ދުނިޔެ

މައްކާ އާއި މަދީނާ ދިފާއުކުރުމަށް ޕާކިސްތާނުން ސައުދީއަށް ސިފައިން ފޮނުވަނީ

ޕާކިސްތާނު އަސްކަރިއްޔާގެ މީޑިއާ ވިންގުން ފޭސްބުކްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ސައުދީ އަރަބިއްޔާއަށް ފޮނުވާ ސިފައިންނަށް އަލްވަދާއު ކިޔުމުގެ ހާއްސަ ރަސްމިއްޔާތެއް ހޮނިހިރު ދުވަހު ބާއްވާފައިވާ ކަމަށެވެ.

ބޮޑުވަޒީރުކަން ދައުރުކުރާ ގޮތަށް އެކުގައި ވެރިކަން ކުރުމަށް ނަތަންޔާހޫ އައިޒެންކޮޓްއަށް ހުށަހަޅައިފި
29 Nov 2026 ދުނިޔެ

ބޮޑުވަޒީރުކަން ދައުރުކުރާ ގޮތަށް އެކުގައި ވެރިކަން ކުރުމަށް ނަތަންޔާހޫ އައިޒެންކޮޓްއަށް ހުށަހަޅައިފި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އޭނާގެ ވާދަވެރި ގާދީ އައިޒެންކޮޓާ އެކު ބޮޑުވަޒީރުކަން ދައުރުވާ ގޮތަށް، ބަހާލައިގެން އެއްބައިވަންތަކަމުގެ ސަރުކާރެއް ހަދަން ހުށަހަޅައިފިއެވެ.

ނަމަކަށް މުޙައްމަދު ކިޔާތީ ސީރިއަސް އަނިޔާތަކެއްދީ ޒަޚަމްކޮށްލި އޫބާ ޑްރައިވަރު ނިޔާވެއްޖެ
29 Nov 2026 ދުނިޔެ

ނަމަކަށް މުޙައްމަދު ކިޔާތީ ސީރިއަސް އަނިޔާތަކެއްދީ ޒަޚަމްކޮށްލި އޫބާ ޑްރައިވަރު ނިޔާވެއްޖެ

އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ މިނިއަޕޮލިސްގައި، މަސައްކަތް ކުރާ އޫބާ ޑްރައިވަރެއްގެ ނަމަކީ "މުޙައްމަދު" ކަމަށް ބުނުމުން އޭނާއަށް ފަސިންޖަރަކު ދިން އަނިޔާތަކާ ގުޅިގެން ކޯމާއެއްގައި އޮތް ސޯމާލިއާގެ މުސްލިމް ޑްރައިވަރު ނިޔާވެއްޖެއެވެ.

ދުނިޔެ ކުރިއަށް ދާއިރު ރާއްޖެ އޮތީ ކޮންހިސާބެއްގައި؟
20 Sep 2026 ލައިފްސްޓައިލް

ދުނިޔެ ކުރިއަށް ދާއިރު ރާއްޖެ އޮތީ ކޮންހިސާބެއްގައި؟

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ކޮމްޕިއުޓަރުތަކަށް އިންސާނުން ވިސްނާ ގޮތަށް ވިސްނުމުގެ ޤާބިލުކަން ދޭ ޓެކްނޮލޮޖީއެކެވެ. މިއަދު ޗައިނާ އާއި އެމެރިކާ ފަދަ ދުނިޔޭގެ ގިނަ ޤައުމުތަކުން އެ ޤައުމުތަކު...

ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު: ދިރާސާ
13 Sep 2026 ދުނިޔެ

ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު: ދިރާސާ

ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއ...

އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި މޭނުބައިކޮށް، ބޯއަނބުރާ މައްސަލައަށް އޮތް ހައްލެއް؟
07 Aug 2026 ލައިފްސްޓައިލް

އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި މޭނުބައިކޮށް، ބޯއަނބުރާ މައްސަލައަށް އޮތް ހައްލެއް؟

ނިއުޔޯކް ސިޓީގެ ކާރޫބާރޫ ބޮޑު ސަބްވޭތަކުން ދަތުރުކުރާ މީހުންނަށް، ގިނަ ބައެއްގެ ފޯނުތަކުން ފާހަގަަކުރެވޭ އާދަޔާޚިލާފު ކަމެއް އޮންނަ ކަމަށްވެއެވެ. އެއީ ފޯނުގެ ސްކްރީނުގެ އަރިމަތީގައި "ނަށަމުންދާ" ކުދިކ...

އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
07 Aug 2026 ދުނިޔެ

އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފ...

ޓެކްނޮލޮޖީގެ ސަބަބުން ތިމާގެ ހަށިގަނޑުގެ ބައްޓަމަށްވެސް ބަދަލުތައް އަންނަކަން އެނގޭތަ؟
27 Jul 2026 ލައިފްސްޓައިލް

ޓެކްނޮލޮޖީގެ ސަބަބުން ތިމާގެ ހަށިގަނޑުގެ ބައްޓަމަށްވެސް ބަދަލުތައް އަންނަކަން އެނގޭތަ؟

މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކުރަނީ ސްކްރީންތަކުގެ ކުރިމަތީގައެވެ. ގިނަ ފަހަރަށް އަޅުގަނޑުމެން ކަންބޮޑުވަނީ ފޯނާއި ކޮމްޕިއުޓަރުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކ...