ނަތަންޔާހޫ އާއި އައިޒެންކޮޓް- ފޮޓޯ/ އަލްޖަޒީރު
ނަތަންޔާހޫ އާއި އައިޒެންކޮޓް- ފޮޓޯ/ އަލްޖަޒީރު
ދުނިޔެ 29 Nov 2026 | 10:57

ބޮޑުވަޒީރުކަން ދައުރުކުރާ ގޮތަށް އެކުގައި ވެރިކަން ކުރުމަށް ނަތަންޔާހޫ އައިޒެންކޮޓްއަށް ހުށަހަޅައިފި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އޭނާގެ ވާދަވެރި ގާދީ އައިޒެންކޮޓާ އެކު ބޮޑުވަޒީރުކަން ދައުރުވާ ގޮތަށް، ބަހާލައިގެން އެއްބައިވަންތަކަމުގެ ސަރުކާރެއް ހަދަން ހުށަހަޅައިފިއެވެ.

މި ހުށަހެޅުމާ ގުޅިގެން އިޒްރޭލުގެ ކުރީގެ އަސްކަރީ ވެރިޔާ އައިޒެންކޮޓް ބުނީ، ލިކުޑް ޕާޓީން ހަގީގީ އެއްބައިވަންތަކަމަކަށް ތައްޔާރު ކަމަށްވާނަމަ، އެކަމުގެ ސީރިއަސްކަން ބެލުމަށް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އަވަސް މަޝްވަރާތަކެއް ފަށަން ތައްޔާރަށް ހުރި ކަމަށެވެ. އަދި ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ނަތަންޔާހޫއަށް އޭނާ ވަނީ ދައުވަތު ދީފައެވެ.

އެކްސްގައި ލިޔުނު މެސެޖެއްގައި ނަތަންޔާހޫ ބުނީ، އެއްބަސްވުމެއްގެ ދަށުން ފުރަތަމަ ދައުރުގައި ބޮޑުވަޒީރުކަން އައިޒެންކޮޓަށް ދޭން ތައްޔާރަށް ހުރި ކަމަށެވެ. އަދި ޕާލިމަންޓުގެ އެންމެ ގިނަ ގޮނޑި ލިބުނީ އޭނާގެ ލިކުޑް ޕާޓީއަށް ކަމަށްވާތީ ސަރުކާރު އިސްވެ ހިންގަންޖެހޭނީ އެ ޕާޓީން ކަމަށްވެސް ބުންޏެވެ. ނަމަވެސް، މި ދަނޑިވަޅުގައި އޮތް ނުރައްކާތަކަށް ބަލައި އެ އުސޫލު ދޫކޮށްލަން ނިންމި ކަމަށް ނަތަންޔާހޫ ބުންޏެވެ.

ނަމަވެސް، އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ނަތަންޔާހޫ މަސައްކަތް ކުރަނީ އާ އިންތިހާބަކަށް މަގުފަހިކުރަން ކޯލިޝަން ހެދުމުގެ މަޝްވަރާތައް ލަސްކުރާށެވެ. އަލްޖަޒީރާގެ ރިޕޯޓަރު ނޫރު އޮދޭ ބުނި ގޮތުގައި، އައިޒެންކޮޓް ވަގުތުން މަޝްވަރާތަކަށް ގޮވާލީ ނަތަންޔާހޫގެ ވާހަކަތަކަކީ ވަގުތު ދުއްވާލަން ދައްކާ ވާހަކަތަކެއްތޯ ނުވަތަ ހަގީގަތެއްތޯ ބެލުމަށެވެ.

އޮކްޓޫބަރު 27 ގައި ބޭއްވި އިންތިހާބުގައި އެއްވެސް ފަރާތަކަށް 120 ގޮނޑީގެ ޕާލިމަންޓުން އަގުލަބިއްޔަތު ލިބިފައެއް ނުވެއެވެ. ނަތަންޔާހޫގެ އިއްތިހާދަށް 53 ގޮނޑި ލިބުނުއިރު، އައިޒެންކޮޓްގެ އިއްތިހާދަށް ލިބުނީ 48 ގޮނޑިއެވެ.

ނަތަންޔާހޫގެ މި ހުށަހެޅުމާ ގުޅިގެން އެހެން އިދިކޮޅު ލީޑަރުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. 'ދަ ޑިމޮކްރެޓްސް' ގްރޫޕުގެ ލީޑަރު ޔައިރް ގޯލާން ބުނީ މިއީ އޮޅުވާލުމެއް ކަމަށާއި އެ ހުށަހެޅުން ބަލައިނުގަންނާނެ ކަމަށެވެ. އަދި އަރަބި ޕާޓީތަކުގެ ކޯލިޝަން 'ޖޮއިންޓް ލިސްޓް' ގެ ލީޑަރު ޔޫސުފް ޖަބާރީން ބުނީ، މިއީ ސަރުކާރު ބަދަލުވިޔަ ނުދޭން ނަތަންޔާހޫ ހިންގާ އުކުޅެއް ކަމަށާއި، ރައްޔިތުން ބޭނުންވަނީ ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެންނަން ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މައްކާ އާއި މަދީނާ ދިފާއުކުރުމަށް ޕާކިސްތާނުން ސައުދީއަށް ސިފައިން ފޮނުވަނީ
29 Nov 2026 ދުނިޔެ

މައްކާ އާއި މަދީނާ ދިފާއުކުރުމަށް ޕާކިސްތާނުން ސައުދީއަށް ސިފައިން ފޮނުވަނީ

ޕާކިސްތާނު އަސްކަރިއްޔާގެ މީޑިއާ ވިންގުން ފޭސްބުކްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ސައުދީ އަރަބިއްޔާއަށް ފޮނުވާ ސިފައިންނަށް އަލްވަދާއު ކިޔުމުގެ ހާއްސަ ރަސްމިއްޔާތެއް ހޮނިހިރު ދުވަހު ބާއްވާފައިވާ ކަމަށެވެ.

އުމުރުން ދުވަސްވުމުން ހުޅުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރެވޭނެ އާ ގޮތެއް ސައިންސްވެރިން ހޯދައިފި
29 Nov 2026 ދުނިޔެ

އުމުރުން ދުވަސްވުމުން ހުޅުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރެވޭނެ އާ ގޮތެއް ސައިންސްވެރިން ހޯދައިފި

އުމުރުން ދުވަސްވުމުން ހުޅުތަކުގައި ރިއްސުމާއި، ހުޅުތަކުގެ ކާޓިލޭޖް (މަޑުކަށި) ހަލާކުވުމުގެ ސަބަބުން ދިމާވާ "އޮސްޓިއޯއާތުރައިޓިސް" ބައްޔަށް ފަރުވާ ހޯދުމަށް ކުރަމުންދާ ދިރާސާތަކުން އުއްމީދީ ކާމިޔާބީތަކެއް ފެންނަން ފަށައިފިއެވެ.

ނަމަކަށް މުޙައްމަދު ކިޔާތީ ސީރިއަސް އަނިޔާތަކެއްދީ ޒަޚަމްކޮށްލި އޫބާ ޑްރައިވަރު ނިޔާވެއްޖެ
29 Nov 2026 ދުނިޔެ

ނަމަކަށް މުޙައްމަދު ކިޔާތީ ސީރިއަސް އަނިޔާތަކެއްދީ ޒަޚަމްކޮށްލި އޫބާ ޑްރައިވަރު ނިޔާވެއްޖެ

އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ މިނިއަޕޮލިސްގައި، މަސައްކަތް ކުރާ އޫބާ ޑްރައިވަރެއްގެ ނަމަކީ "މުޙައްމަދު" ކަމަށް ބުނުމުން އޭނާއަށް ފަސިންޖަރަކު ދިން އަނިޔާތަކާ ގުޅިގެން ކޯމާއެއްގައި އޮތް ސޯމާލިއާގެ މުސްލިމް ޑްރައިވަރު ނިޔާވެއްޖެއެވެ.