ގެ ނޭޅި އޮތް ގެވަޅެއް؛ ފޮޓޯ / ވޮއިސް
ގެ ނޭޅި އޮތް ގެވަޅެއް؛ ފޮޓޯ / ވޮއިސް
ހަބަރު 29 Nov 2026 | 17:07

ގެދޮރު ބިނާކުރުމަށް އެހީ ދޭ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން ހިންގާ 'ނެޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމު' ގެ ދަށުން ގެދޮރު ބިނާކުރުމަށް މާލީ އެހީ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވެއެވެ.

މި ސްކީމަކީ 18 އަހަރުން މަތީގެ، ގެދޮރު އިމާރާތްކުރަން ބޭނުންވާ ދިވެހި ރައްޔިތުންނަށް ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ފައިނޭންސިންގ ފެސިލިޓީއަށް ވާސިލުވުން ފަހިކޮށްދިނުމުގެ ގޮތުން ތައާރަފުކޮށްފައިވާ ސްކީމެކެވެ.

މި އެހީއަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ހާއްސަ ޕޯޓަލް ކަމަށްވާ hiyaavehi.housing.gov.mv މެދުވެރިކޮށް މިހާރު އެޕްލިކޭޝަންތައް ހުށަހެޅޭނެއެވެ. އަދި ޝަރުތު ފުރިހަމަވާ ފަރާތްތަކަށް މި މާލީ އެހީތެރިކަން ދޫކުރަމުންދާނީ ފައިނޭންސިންގ ފެސިލިޓީ ހަމަޖެހޭ ތަރުތީބަށް ބަލައިގެންނެވެ.

މި ސްކީމުގެ ދަށުން އަލަށް ގެ އިމާރާތްކުރުމަށާއި، މަސައްކަތް ފަށާފައި ނުނިމިހުރި އިމާރާތެއް ނުވަތަ އިމާރާތެއްގެ ބައެއް ނިންމުމަށް، އަދި ބައުވެފައިވާ އިމާރާތެއް އަލުން ބިނާކުރުމަށްވެސް މާލީ އެހީ ލިބިގެންދާނެއެވެ. މި އެހީ ދޫކުރުމުގައި ވަކި ހާއްސަ ސަރަހައްދުތަކަކަށް ބަލައި، އިސްކަންދޭ ރަށްތަކާއި އަދަދުތަކަށް ރިއާޔަތްކުރެވޭނެ ކަމަށް ވުޒާރާއިން ބަޔާންކޮށްފައިވެއެވެ.

އެގޮތުން، ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގައި ހިލޭ އެހީގެ ގޮތުގައި ކޮންމެ ގޯއްޗަކަށް 200,000 ރުފިޔާ ދޫކުރާނެއެވެ. އަދި މާލެއަށް 200,000 ރުފިޔާއިން ފެށިގެން 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކަށް އެހީ ލިބޭނެއެވެ. މާލޭގެ ގޯތިތަކަށް މި ފައިސާ ދޫކުރާއިރު، އެޕްލިކޭޝަން ހުށަހަޅާ ޝަރުތުހަމަވާ ކޮންމެ ވެރިއަކަށް 200,000 ރުފިޔާ ލިބޭގޮތަށް، ގިނަވެގެން ޖުމުލަ 5 މީހުންނަށް ނިސްބަތްވާ މިންވަރަށް މި އެހީ ހަމަޖެހިގެންދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތުހުމަތެެއްގައި އިމިގްރޭޝަންގެ މުވައްޒިފަކު ހައްޔަރުކޮށްފި
29 Nov 2026 ހަބަރު

ތުހުމަތެެއްގައި އިމިގްރޭޝަންގެ މުވައްޒިފަކު ހައްޔަރުކޮށްފި

ބައެއް ރިޕޯޓްތައް ބުނާގޮތުން އޭނާއަށް އޮތީ ރާއްޖެއިން ޑީޕޯޓްކުރި މީހަކު ރާއްޖެ އެތެރެކުރުމުގެ ތުހުމަތެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާ މެދު ބޮޑެތި ޝައްކުތަކެއް އުފެދި، ގިނަ ތުހުމަތުތަކެއް
29 Nov 2026 ހަބަރު

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާ މެދު ބޮޑެތި ޝައްކުތަކެއް އުފެދި، ގިނަ ތުހުމަތުތަކެއް

މި އިންތިހާބުގައި ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވަނީ އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން ވަރަށް ބޮޑު ތުހުމަތުތަކެއް ކުރައްވާފައެވެ.

އިލެކްޓްރޮލައިޓްސް ފަދަ ބުއިންތައް ޑޮކްޓަރުންގެ އިރުޝާދެއް ނެތި ބޭނުންނުކުރޭ؛ ސިއްހީ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް: އެމްއެފްޑީއޭ
29 Nov 2026 ހަބަރު

އިލެކްޓްރޮލައިޓްސް ފަދަ ބުއިންތައް ޑޮކްޓަރުންގެ އިރުޝާދެއް ނެތި ބޭނުންނުކުރޭ؛ ސިއްހީ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް: އެމްއެފްޑީއޭ

އިލެކްޓްރޮލައިޓްސް، ވިޓަމިންސް އަދި މިނަރަލްސް ފަދަ މާއްދާތައް ގިނަ މިންވަރަކަށް އެކުލެވޭ ބުއިންތައް، ސިއްހީ ހިދުމަތްތެރިންގެ ލަފަޔާއި އިރުޝާދެއް ނެތި ބޭނުންކުރުމަކީ އޭގެ ސަބަބުން ނޭދެވޭ ސިއްހީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމެއް ކަމަށް ބުނެ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިންޒާރު ދީފިއެވެ

އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ވުރެ 2 ބިލިއަން ރުފިޔާ އިތުރަށް ދިފާއީ ދާއިރާއަށް
29 Nov 2026 ހަބަރު

އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ވުރެ 2 ބިލިއަން ރުފިޔާ އިތުރަށް ދިފާއީ ދާއިރާއަށް

ފިނޭންސް މިނިސްޓްރީގެ ބަޖެޓު ޕޯޓަލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދެ ދައިރާގެ ހަރަދުތަކުގެ ދެމެދުގައި 2.04 ބިލިއަން ރުފިޔާގެ ބޮޑު ފަރަގެއް އެބަހުއްޓެވެ. އެގޮތުން، ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓުން ބޮޑު ބައެއް ދާނީ ހިލޭ ޑިގްރީ ޕްރޮގްރާމާއި، މަތީ ތައުލީމުގެ ލޯނު ސްކީމްތަކާއި، ސްކޮލަރޝިޕްތަކުގެ އިތުރުން ދަރިވަރުންނަށް ދެވޭ އެހެނިހެން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ރަސްމާލެ އަލައްބާރަށް ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖުކުރުމަށް ދައުލަތުގެ އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި
29 Nov 2026 ހަބަރު

ރަސްމާލެ އަލައްބާރަށް ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖުކުރުމަށް ދައުލަތުގެ އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

ދައުލަތުގެ މަތިވެރި އިއްޒަތުގެ ޝަރަފު އަރުވާފައިވާ ހުރިހާ ބޭފުޅުން، ރަސްމާލޭގެ ބިން ޔޫއޭއީގެ ވިޔަފާރިވެރިޔާ މުހައްމަދު އަލައްބާރުގެ ކުންފުންޏަށް ކުއްޔަށްދިނުމާ ދެކޮޅުހައްދަވައި އިހުތިޖާޖުކޮށްދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ރާއްޖެއާއި އިންޑިއާއަށް އެކުގައި ޙާޞިލުކުރެވޭނެ ކަންކަމުގެ ފުރިހަމަ މިސާލެއް: އިރުތިޝާމް
29 Nov 2026 ހަބަރު

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ރާއްޖެއާއި އިންޑިއާއަށް އެކުގައި ޙާޞިލުކުރެވޭނެ ކަންކަމުގެ ފުރިހަމަ މިސާލެއް: އިރުތިޝާމް

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ދެ ޤައުމު ގުޅިގެން ކަންކަން ޙާޞިލުކުރެވިދާނެ ކަމުގެ ރަނގަޅު މިސާލެއް ކަމަށާއި، މިއީ ރައްޔިތުންނަށް ފެންނަން ހުރި ހަޤީޤީ މަންފާތަކެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ މަޝްރޫޢެއް ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ފަލަސްޠީނާ އެކީގައި ވާކަން ބަހާއި ޢަމަލުން ދައްކަންޖެހޭ: ރައީސް ޑރ. މުޢިއްޒު
29 Nov 2026 ހަބަރު

ފަލަސްޠީނާ އެކީގައި ވާކަން ބަހާއި ޢަމަލުން ދައްކަންޖެހޭ: ރައީސް ޑރ. މުޢިއްޒު

ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް އެއްބާރުލުމަކީ ހަމައެކަނި ދައްކާ ވާހަކަތަކަކަށް ވެގެން ނުވާނެ ކަމަށާއި، އެކަން އަމަލީ ގޮތުން ދައްކަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގެ ދިވެހި ޑޮކްޓަރުންގެ ޓީމުން ތާރީޚީ ކާމިޔާބީއެއް: ކާމިޔާބުކަމާއެކު އީއާރުސީޕީ ޕްރޮސީޖަރއެއް ނިންމާލައިފި
29 Nov 2026 ހަބަރު

އައިޖީއެމްއެޗްގެ ދިވެހި ޑޮކްޓަރުންގެ ޓީމުން ތާރީޚީ ކާމިޔާބީއެއް: ކާމިޔާބުކަމާއެކު އީއާރުސީޕީ ޕްރޮސީޖަރއެއް ނިންމާލައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ މެޑިކަލް ގެސްޓްރޯއެންޓްރޮލޮޖީ ޑިޕާޓްމަންޓުން ކާމިޔާބުކަމާއެކު އީއާރުސީޕީ ޕްރޮސީޖަރއެއް ނިންމައި ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.