އިރުތިޝާމް މޯދީއާ ބައްދަލުކުރައްވަނީ- ފޮޓޯ/ ޚާރިޖީ ވުޒާރާ
އިރުތިޝާމް މޯދީއާ ބައްދަލުކުރައްވަނީ- ފޮޓޯ/ ޚާރިޖީ ވުޒާރާ
ހަބަރު 29 Nov 2026 | 12:28

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ރާއްޖެއާއި އިންޑިއާއަށް އެކުގައި ޙާޞިލުކުރެވޭނެ ކަންކަމުގެ ފުރިހަމަ މިސާލެއް: އިރުތިޝާމް

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ދެ ޤައުމު ގުޅިގެން ކަންކަން ޙާޞިލުކުރެވިދާނެ ކަމުގެ ރަނގަޅު މިސާލެއް ކަމަށާއި، މިއީ ރައްޔިތުންނަށް ފެންނަން ހުރި ހަޤީޤީ މަންފާތަކެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ މަޝްރޫޢެއް ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އިރުތިޝާމް މިފަދައިން ވިދާޅުވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމަށްފަހު، އިރުތިޝާމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ގޮސްފައިވަނީ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރްއޭ) ގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ވަފުދުތަކުގެ ވެރިން، ބޮޑުވަޒީރު މޯދީގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

އިރުތިޝާމް ވިދާޅުވީ، ބޮޑުވަޒީރު މޯދީއާ ބައްދަލުކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ އިޙްތިރާމާއި، އިތުބާރާއި، ދޭދޭ ދެބަސްވުންތަކުން އެއްކިބާވެ އޮންނަ އަވަށްޓެރިކަމުގެ ގުޅުމުގެ މައްޗަށް ބިނާކޮށް، ރާއްޖެއަކީ އަބަދުވެސް އިޚްލާޞްތެރި އެކުވެރިއެއް އަދި ޒިންމާދާރު ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ދެއްވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، އިންޑިއާއިން ދިވެހިރާއްޖެއަށް ޒަމާނުއްސުރެ ވެދެމުންދާ އެހީތެރިކަމާއި އެކުވެރިކަމުގެ ގުޅުމަށް ޝުކުރު އަދާކުރައްވަމުން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޮޑުވަޒީރު މޯދީ ގެންގުޅުއްވާ ޚާއްޞަ އިސްނެންގެވުން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އަދި ދެ ޤައުމުގެ އިސްތިޤްލާލީ ހަމަހަމަކަމާއި އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމުގެ އަގު ރާއްޖެއިން ވަރަށް ބޮޑަށް ވަޒަންކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ގެދޮރު ބިނާކުރުމަށް އެހީ ދޭ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
29 Nov 2026 ހަބަރު

ގެދޮރު ބިނާކުރުމަށް އެހީ ދޭ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މި ސްކީމަކީ 18 އަހަރުން މަތީގެ، ގެދޮރު އިމާރާތްކުރަން ބޭނުންވާ ދިވެހި ރައްޔިތުންނަށް ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ފައިނޭންސިންގ ފެސިލިޓީއަށް ވާސިލުވުން ފަހިކޮށްދިނުމުގެ ގޮތުން ތައާރަފުކޮށްފައިވާ ސްކީމެކެވެ.

ތުހުމަތެެއްގައި އިމިގްރޭޝަންގެ މުވައްޒިފަކު ހައްޔަރުކޮށްފި
29 Nov 2026 ހަބަރު

ތުހުމަތެެއްގައި އިމިގްރޭޝަންގެ މުވައްޒިފަކު ހައްޔަރުކޮށްފި

ބައެއް ރިޕޯޓްތައް ބުނާގޮތުން އޭނާއަށް އޮތީ ރާއްޖެއިން ޑީޕޯޓްކުރި މީހަކު ރާއްޖެ އެތެރެކުރުމުގެ ތުހުމަތެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާ މެދު ބޮޑެތި ޝައްކުތަކެއް އުފެދި، ގިނަ ތުހުމަތުތަކެއް
29 Nov 2026 ހަބަރު

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާ މެދު ބޮޑެތި ޝައްކުތަކެއް އުފެދި، ގިނަ ތުހުމަތުތަކެއް

މި އިންތިހާބުގައި ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވަނީ އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން ވަރަށް ބޮޑު ތުހުމަތުތަކެއް ކުރައްވާފައެވެ.

އިލެކްޓްރޮލައިޓްސް ފަދަ ބުއިންތައް ޑޮކްޓަރުންގެ އިރުޝާދެއް ނެތި ބޭނުންނުކުރޭ؛ ސިއްހީ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް: އެމްއެފްޑީއޭ
29 Nov 2026 ހަބަރު

އިލެކްޓްރޮލައިޓްސް ފަދަ ބުއިންތައް ޑޮކްޓަރުންގެ އިރުޝާދެއް ނެތި ބޭނުންނުކުރޭ؛ ސިއްހީ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް: އެމްއެފްޑީއޭ

އިލެކްޓްރޮލައިޓްސް، ވިޓަމިންސް އަދި މިނަރަލްސް ފަދަ މާއްދާތައް ގިނަ މިންވަރަކަށް އެކުލެވޭ ބުއިންތައް، ސިއްހީ ހިދުމަތްތެރިންގެ ލަފަޔާއި އިރުޝާދެއް ނެތި ބޭނުންކުރުމަކީ އޭގެ ސަބަބުން ނޭދެވޭ ސިއްހީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމެއް ކަމަށް ބުނެ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިންޒާރު ދީފިއެވެ

އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ވުރެ 2 ބިލިއަން ރުފިޔާ އިތުރަށް ދިފާއީ ދާއިރާއަށް
29 Nov 2026 ހަބަރު

އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ވުރެ 2 ބިލިއަން ރުފިޔާ އިތުރަށް ދިފާއީ ދާއިރާއަށް

ފިނޭންސް މިނިސްޓްރީގެ ބަޖެޓު ޕޯޓަލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދެ ދައިރާގެ ހަރަދުތަކުގެ ދެމެދުގައި 2.04 ބިލިއަން ރުފިޔާގެ ބޮޑު ފަރަގެއް އެބަހުއްޓެވެ. އެގޮތުން، ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓުން ބޮޑު ބައެއް ދާނީ ހިލޭ ޑިގްރީ ޕްރޮގްރާމާއި، މަތީ ތައުލީމުގެ ލޯނު ސްކީމްތަކާއި، ސްކޮލަރޝިޕްތަކުގެ އިތުރުން ދަރިވަރުންނަށް ދެވޭ އެހެނިހެން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ރަސްމާލެ އަލައްބާރަށް ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖުކުރުމަށް ދައުލަތުގެ އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި
29 Nov 2026 ހަބަރު

ރަސްމާލެ އަލައްބާރަށް ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖުކުރުމަށް ދައުލަތުގެ އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

ދައުލަތުގެ މަތިވެރި އިއްޒަތުގެ ޝަރަފު އަރުވާފައިވާ ހުރިހާ ބޭފުޅުން، ރަސްމާލޭގެ ބިން ޔޫއޭއީގެ ވިޔަފާރިވެރިޔާ މުހައްމަދު އަލައްބާރުގެ ކުންފުންޏަށް ކުއްޔަށްދިނުމާ ދެކޮޅުހައްދަވައި އިހުތިޖާޖުކޮށްދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ފަލަސްޠީނާ އެކީގައި ވާކަން ބަހާއި ޢަމަލުން ދައްކަންޖެހޭ: ރައީސް ޑރ. މުޢިއްޒު
29 Nov 2026 ހަބަރު

ފަލަސްޠީނާ އެކީގައި ވާކަން ބަހާއި ޢަމަލުން ދައްކަންޖެހޭ: ރައީސް ޑރ. މުޢިއްޒު

ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް އެއްބާރުލުމަކީ ހަމައެކަނި ދައްކާ ވާހަކަތަކަކަށް ވެގެން ނުވާނެ ކަމަށާއި، އެކަން އަމަލީ ގޮތުން ދައްކަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގެ ދިވެހި ޑޮކްޓަރުންގެ ޓީމުން ތާރީޚީ ކާމިޔާބީއެއް: ކާމިޔާބުކަމާއެކު އީއާރުސީޕީ ޕްރޮސީޖަރއެއް ނިންމާލައިފި
29 Nov 2026 ހަބަރު

އައިޖީއެމްއެޗްގެ ދިވެހި ޑޮކްޓަރުންގެ ޓީމުން ތާރީޚީ ކާމިޔާބީއެއް: ކާމިޔާބުކަމާއެކު އީއާރުސީޕީ ޕްރޮސީޖަރއެއް ނިންމާލައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ މެޑިކަލް ގެސްޓްރޯއެންޓްރޮލޮޖީ ޑިޕާޓްމަންޓުން ކާމިޔާބުކަމާއެކު އީއާރުސީޕީ ޕްރޮސީޖަރއެއް ނިންމައި ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.