ރައީސް މުޢިއްޒުއާއި ފަލަސްތީނުގެ ރައީސް: ފޮޓޯ/ ރައީސް އޮފީސް
ރައީސް މުޢިއްޒުއާއި ފަލަސްތީނުގެ ރައީސް: ފޮޓޯ/ ރައީސް އޮފީސް
ހަބަރު 29 Nov 2026 | 10:20

ފަލަސްޠީނާ އެކީގައި ވާކަން ބަހާއި ޢަމަލުން ދައްކަންޖެހޭ: ރައީސް ޑރ. މުޢިއްޒު

ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް އެއްބާރުލުމަކީ ހަމައެކަނި ދައްކާ ވާހަކަތަކަކަށް ވެގެން ނުވާނެ ކަމަށާއި، އެކަން އަމަލީ ގޮތުން ދައްކަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނަކީ ރައްކާތެރިކަމާއި، އިންސާފާއި، އަދި އެބައިމީހުންގެ އަމިއްލަ ވަޒަނުގައި މިނިވަންކަމާއެކު ދިރިއުޅުމުގެ ޙައްޤު ލިބިގެންވާ ބައެއް ކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހު، ސުލްޙައާއި މިނިވަންކަން ހޯދުމަށް އެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު އެމީހުންގެ ފަހަތުގައި އޮންނާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މީގެއިތުރުން، ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ބޮޑެތި ވޭނާއި ދަތިތަކަކީ ޤަތުލް ޢާއްމު ހުއްޓުވައި، އިންސާނީ އެހީތެރިކަން އެއްވެސް ހުރަހެއްނެތި ފޯރުކޮށްދިނުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ނެގެހެއްޓުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، އދ. އަދި ބައިނަލްއަޤްވާމީ އެކި މައިދާންތަކުގައި ފަލަސްޠީނުގެ ޙައްޤުތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުންދާނެ ކަމަށެވެ. އެގޮތުން، ބައިނަލްއަޤްވާމީ ކޯޓު (އައިސީޖޭ) ގައި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަނުމާއި، އދ. ގެ ރިލީފް އެންޑް ވާކްސް އޭޖެންސީ (އުންރުވާ) އަށް ރާއްޖެއިން ދެމުންދާ އެއްބާރުލުން ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، އދ. ގެ ފުރިހަމަ މެންބަރު ޤައުމެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަނެ، އެ ޖަމްޢިއްޔާގެ ހުރިހާ ގުނަންތަކެއްގައި ފުރިހަމައަށް ބައިވެރިވުމާއި ހަމަހަމަ ޙައްޤުތައް ލިބިދޭންޖެހޭ ކަމަށް ދިވެހިރާއްޖެއިން ދެކޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ގެދޮރު ބިނާކުރުމަށް އެހީ ދޭ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
29 Nov 2026 ހަބަރު

ގެދޮރު ބިނާކުރުމަށް އެހީ ދޭ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މި ސްކީމަކީ 18 އަހަރުން މަތީގެ، ގެދޮރު އިމާރާތްކުރަން ބޭނުންވާ ދިވެހި ރައްޔިތުންނަށް ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ފައިނޭންސިންގ ފެސިލިޓީއަށް ވާސިލުވުން ފަހިކޮށްދިނުމުގެ ގޮތުން ތައާރަފުކޮށްފައިވާ ސްކީމެކެވެ.

ތުހުމަތެެއްގައި އިމިގްރޭޝަންގެ މުވައްޒިފަކު ހައްޔަރުކޮށްފި
29 Nov 2026 ހަބަރު

ތުހުމަތެެއްގައި އިމިގްރޭޝަންގެ މުވައްޒިފަކު ހައްޔަރުކޮށްފި

ބައެއް ރިޕޯޓްތައް ބުނާގޮތުން އޭނާއަށް އޮތީ ރާއްޖެއިން ޑީޕޯޓްކުރި މީހަކު ރާއްޖެ އެތެރެކުރުމުގެ ތުހުމަތެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާ މެދު ބޮޑެތި ޝައްކުތަކެއް އުފެދި، ގިނަ ތުހުމަތުތަކެއް
29 Nov 2026 ހަބަރު

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާ މެދު ބޮޑެތި ޝައްކުތަކެއް އުފެދި، ގިނަ ތުހުމަތުތަކެއް

މި އިންތިހާބުގައި ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވަނީ އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން ވަރަށް ބޮޑު ތުހުމަތުތަކެއް ކުރައްވާފައެވެ.

އިލެކްޓްރޮލައިޓްސް ފަދަ ބުއިންތައް ޑޮކްޓަރުންގެ އިރުޝާދެއް ނެތި ބޭނުންނުކުރޭ؛ ސިއްހީ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް: އެމްއެފްޑީއޭ
29 Nov 2026 ހަބަރު

އިލެކްޓްރޮލައިޓްސް ފަދަ ބުއިންތައް ޑޮކްޓަރުންގެ އިރުޝާދެއް ނެތި ބޭނުންނުކުރޭ؛ ސިއްހީ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް: އެމްއެފްޑީއޭ

އިލެކްޓްރޮލައިޓްސް، ވިޓަމިންސް އަދި މިނަރަލްސް ފަދަ މާއްދާތައް ގިނަ މިންވަރަކަށް އެކުލެވޭ ބުއިންތައް، ސިއްހީ ހިދުމަތްތެރިންގެ ލަފަޔާއި އިރުޝާދެއް ނެތި ބޭނުންކުރުމަކީ އޭގެ ސަބަބުން ނޭދެވޭ ސިއްހީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމެއް ކަމަށް ބުނެ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިންޒާރު ދީފިއެވެ

އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ވުރެ 2 ބިލިއަން ރުފިޔާ އިތުރަށް ދިފާއީ ދާއިރާއަށް
29 Nov 2026 ހަބަރު

އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ވުރެ 2 ބިލިއަން ރުފިޔާ އިތުރަށް ދިފާއީ ދާއިރާއަށް

ފިނޭންސް މިނިސްޓްރީގެ ބަޖެޓު ޕޯޓަލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދެ ދައިރާގެ ހަރަދުތަކުގެ ދެމެދުގައި 2.04 ބިލިއަން ރުފިޔާގެ ބޮޑު ފަރަގެއް އެބަހުއްޓެވެ. އެގޮތުން، ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓުން ބޮޑު ބައެއް ދާނީ ހިލޭ ޑިގްރީ ޕްރޮގްރާމާއި، މަތީ ތައުލީމުގެ ލޯނު ސްކީމްތަކާއި، ސްކޮލަރޝިޕްތަކުގެ އިތުރުން ދަރިވަރުންނަށް ދެވޭ އެހެނިހެން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ރަސްމާލެ އަލައްބާރަށް ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖުކުރުމަށް ދައުލަތުގެ އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި
29 Nov 2026 ހަބަރު

ރަސްމާލެ އަލައްބާރަށް ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖުކުރުމަށް ދައުލަތުގެ އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

ދައުލަތުގެ މަތިވެރި އިއްޒަތުގެ ޝަރަފު އަރުވާފައިވާ ހުރިހާ ބޭފުޅުން، ރަސްމާލޭގެ ބިން ޔޫއޭއީގެ ވިޔަފާރިވެރިޔާ މުހައްމަދު އަލައްބާރުގެ ކުންފުންޏަށް ކުއްޔަށްދިނުމާ ދެކޮޅުހައްދަވައި އިހުތިޖާޖުކޮށްދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ރާއްޖެއާއި އިންޑިއާއަށް އެކުގައި ޙާޞިލުކުރެވޭނެ ކަންކަމުގެ ފުރިހަމަ މިސާލެއް: އިރުތިޝާމް
29 Nov 2026 ހަބަރު

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ރާއްޖެއާއި އިންޑިއާއަށް އެކުގައި ޙާޞިލުކުރެވޭނެ ކަންކަމުގެ ފުރިހަމަ މިސާލެއް: އިރުތިޝާމް

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ދެ ޤައުމު ގުޅިގެން ކަންކަން ޙާޞިލުކުރެވިދާނެ ކަމުގެ ރަނގަޅު މިސާލެއް ކަމަށާއި، މިއީ ރައްޔިތުންނަށް ފެންނަން ހުރި ހަޤީޤީ މަންފާތަކެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ މަޝްރޫޢެއް ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގެ ދިވެހި ޑޮކްޓަރުންގެ ޓީމުން ތާރީޚީ ކާމިޔާބީއެއް: ކާމިޔާބުކަމާއެކު އީއާރުސީޕީ ޕްރޮސީޖަރއެއް ނިންމާލައިފި
29 Nov 2026 ހަބަރު

އައިޖީއެމްއެޗްގެ ދިވެހި ޑޮކްޓަރުންގެ ޓީމުން ތާރީޚީ ކާމިޔާބީއެއް: ކާމިޔާބުކަމާއެކު އީއާރުސީޕީ ޕްރޮސީޖަރއެއް ނިންމާލައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ މެޑިކަލް ގެސްޓްރޯއެންޓްރޮލޮޖީ ޑިޕާޓްމަންޓުން ކާމިޔާބުކަމާއެކު އީއާރުސީޕީ ޕްރޮސީޖަރއެއް ނިންމައި ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.