އީއާރްސީޕީ ޕްރޮސީޖާ ކުރިއަށް ގެންދަނީ- ފޮޓޯ/ އައިޖީއެމްއެޗް
އީއާރްސީޕީ ޕްރޮސީޖާ ކުރިއަށް ގެންދަނީ- ފޮޓޯ/ އައިޖީއެމްއެޗް
ހަބަރު 29 Nov 2026 | 09:10

އައިޖީއެމްއެޗްގެ ދިވެހި ޑޮކްޓަރުންގެ ޓީމުން ތާރީޚީ ކާމިޔާބީއެއް: ކާމިޔާބުކަމާއެކު އީއާރުސީޕީ ޕްރޮސީޖަރއެއް ނިންމާލައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ މެޑިކަލް ގެސްޓްރޯއެންޓްރޮލޮޖީ ޑިޕާޓްމަންޓުން ކާމިޔާބުކަމާއެކު އީއާރުސީޕީ ޕްރޮސީޖަރއެއް ނިންމައި ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.

މިއީ އެ ހޮސްޕިޓަލުގެ މުޅިން ދިވެހި ޑޮކްޓަރުންގެ ޓީމަކުން މިފަދަ ނާޒުކު އަދި މުހިންމު ޕްރޮސީޖަރއެއް ކާމިޔާބުކަމާއެކު ފުރިހަމަކުރި ފުރަތަމަ ފަހަރެވެ.

އައިޖީއެމްއެޗުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި އޮޕަރޭޝަނަކީ ފުރަމޭގެ މަގުތަކުގައި ހިލައުފެދި، އިންފެކްޝަން އުފެދުމުގެ ސަބަބުން ހާލު ދެރަވި ބަލިމީހަކަށް ކުއްލި ފަރުވާގެ ގޮތުގައި ކުރިއަށްގެންދިޔަ "އެންޑޮސްކޮޕިކް ރެޓްރޯގްރޭޑް ކޮލަންޖިއޯޕެންކްރިއޭޓޯގްރަފީ" (އީއާރުސީޕީ)އެއް ކަމަށެވެ.

މި ޕްރޮސީޖަރގެ ތެރެއިން އެންޑޮސްކޮޕިކް ސްފިންކްޓެރޮޓޮމީ ހަދައި، ބައިލިއަރީ ސްޓެންޓެއް ވަނީ ކާމިޔާބުކަމާއެކު ލައްވާފައެވެ.

މި ޕްރޮސީޖާ ކުރިއަށް ގެންގޮސްފައިވަނީ އައިޖީއެމްއެޗްގެ މެޑިކަލް ގެސްޓްރޯއެންޓްރޮލޮޖީ އަދި އެންޑޮސްކޮޕީ ޔުނިޓުގެ ޓީމުތަކާއި، ސަރޖަރީ އަދި އެނެސްތީސިއާ ޓީމުތައް ގުޅިގެންނެވެ.

މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއްކަން ފާހަގަކުރަމުން އައިޖީއެމްއެޗުން ބުނީ، މި ކާމިޔާބީން ދައްކުވައިދެނީ ދިވެހި ސްޕެޝަލިސްޓުންގެ ފަންނީ ޤާބިލުކަން އިތުރުވަމުން އަންނަ މިންވަރާއި، އެކި ދާއިރާތަކުގެ ޑޮކްޓަރުން ގުޅިގެން މަސައްކަތްކުރުމުގެ ނަތީޖާގެ ފުރިހަމަކަން ކަމަށެވެ.

އަދި މީގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖެއިން ބޭރަށް ނުގޮސް، މިފަދަ ޚާއްޞަ ފަރުވާތައް ރާއްޖޭގެ ފަސްގަނޑުގައި ތިބެގެން ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

މި މުހިންމު ލަނޑުދަނޑި ހާސިލުކުރުމުގައި ބައިވެރިވި ހުރިހާ ޓީމުތަކަށާއި ޑޮކްޓަރުންނަށް އައިޖީއެމްއެޗްގެ މެނޭޖްމަންޓުން ވަނީ ވަރަށް ޚާއްޞަ ޝުކުރަކާއި މަރުޙަބާއެއް އަރިސްކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފި
29 Nov 2026 ހަބަރު

ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.

އަލަވޭސް އަތުން ބަލިވެ، ރެއާލް މެޑްރިޑް ތާވަލްގެ ދެވަނައަށް
29 Nov 2026 ހަބަރު

އަލަވޭސް އަތުން ބަލިވެ، ރެއާލް މެޑްރިޑް ތާވަލްގެ ދެވަނައަށް

މިމެޗްގެ 88 ވަނަ މިނެޓް ތެރޭގައި ބެލިންހަމްއަށް ރަތްކާޑު ދެއްކުމާ ގުޅިގެން މެޗްގެ ފަހުބައި ރެއާލުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ރައީސްގެ ބޭބެ، މުޙައްމަދު ވަހީދު ހިލާލީގޭގެ ޗީފް އޮފް ސްޓާފްގެ މަގާމުން ވަކިކުރައްވައިފި
29 Nov 2026 ހަބަރު

ރައީސްގެ ބޭބެ، މުޙައްމަދު ވަހީދު ހިލާލީގޭގެ ޗީފް އޮފް ސްޓާފްގެ މަގާމުން ވަކިކުރައްވައިފި

ހިލާލީގޭގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި މުހައްމަދު ވަހީދު ވެސް މަގާމުން ވަކިކުރައްވައިފި އެވެ.

ރައީސްގެ އާއިލީ ބޭފުޅެއް ކަމަށްވާ ހަނީފް، އެމްޓީޑީސީގެ ޑީއެމްޑީ މަގާމުން ވަކިކުރައްވައިފި
28 Nov 2026 ހަބަރު

ރައީސްގެ އާއިލީ ބޭފުޅެއް ކަމަށްވާ ހަނީފް، އެމްޓީޑީސީގެ ޑީއެމްޑީ މަގާމުން ވަކިކުރައްވައިފި

ކުއްލި ގޮތަކަށް ހަނީފް މަގާމުން ވަކިކުރެެއްވީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

އިނޮވޭޝަން ސަމިޓް ފޮ ހެލްތަށް މެޑަމް ސާޖިދާ، ގަތަރަށް
28 Nov 2026 ހަބަރު

އިނޮވޭޝަން ސަމިޓް ފޮ ހެލްތަށް މެޑަމް ސާޖިދާ، ގަތަރަށް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ، ޤަޠަރު ފައުންޑޭޝަންގެ ޗެއަރޕާސަން ޝައިޚާ މޫޒާ ބިންތު ނާޞިރުގެ ރަސްމީ ދަޢުވަތަކަށެވެ.

މިއަދުގެ ބައި-އިލެކްޝަންތައް: ތިނަދޫ ގޮނޑި އެމްޑީޕީއަށް، ހުޅުދޫ ގޮނޑި ޕީއެންސީއަށް
28 Nov 2026 ހަބަރު

މިއަދުގެ ބައި-އިލެކްޝަންތައް: ތިނަދޫ ގޮނޑި އެމްޑީޕީއަށް، ހުޅުދޫ ގޮނޑި ޕީއެންސީއަށް

މިއަދު އޮތް ބައި އިލެކްޝަންތަކުގައި އެއްގޮނޑި އެމްޑީޕީއަށް އަދި އެއްގޮނޑި ޕީއެންސީއަށް ލިބިއްޖެ އެވެ.

ރައީސްގެ ބޭބެ އިޤްބާލް، މުލިއާގެ ޗީފްގެ މަގާމުން ވަކިކުރައްވައިފި
28 Nov 2026 ހަބަރު

ރައީސްގެ ބޭބެ އިޤްބާލް، މުލިއާގެ ޗީފްގެ މަގާމުން ވަކިކުރައްވައިފި

މިނިސްޓާ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސްގެ މަގާމަށް، ގަލޮޅު ވަށަފަރު އިޤްބާލް އާދަމް އައްޔަނު ކުރެއްވީ ނޮވެންބަރު 2023، 19 ގައެވެ.

އެންމެ ގިނަ ވޯޓާއެކު އެމްޑީޕީގެ ގައުމީ މަޖިލީހަށް އީވާއާ މާރިޔާ
28 Nov 2026 ހަބަރު

އެންމެ ގިނަ ވޯޓާއެކު އެމްޑީޕީގެ ގައުމީ މަޖިލީހަށް އީވާއާ މާރިޔާ

އިއްޔެ އޮތް އިންތިހާބުގައި އީވާ ވަނީ 1،931 ވޯޓް ހޯއްދަވާފަ އެވެ. މާރިޔާ ވަނީ 1،830 ވޯޓް ހޯއްދަވާފަ އެވެ.