އިނޮވޭޝަން ސަމިޓް ފޮ ހެލްތަށް މެޑަމް ސާޖިދާ، ގަތަރަށް
އިނޮވޭޝަން ސަމިޓް ފޮ ހެލްތަށް މެޑަމް ސާޖިދާ، ގަތަރަށް
ހަބަރު 28 Nov 2026 | 22:37

އިނޮވޭޝަން ސަމިޓް ފޮ ހެލްތަށް މެޑަމް ސާޖިދާ، ގަތަރަށް

ދޯހާގައި ބާއްވާ ވޯލްޑް އިނޮވޭޝަން ސަމިޓް ފޮރ ހެލްތު ގެ 8 ވަނަ ބައްދަލުވުން (ވިޝް) ގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު މިއަދު ޤަޠަރަށް ފުރާވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ، ޤަޠަރު ފައުންޑޭޝަންގެ ޗެއަރޕާސަން ޝައިޚާ މޫޒާ ބިންތު ނާޞިރުގެ ރަސްމީ ދަޢުވަތަކަށެވެ.

މި ސަމިޓުގެ ތެރެއިން، "ގްލޯބަލް ހެލްތު ބިޔޯންޑް 2030: އިމާޖިންގ ހެލްތު ޗެލެންޖަސް، ކޯޕަރޭޝަން، އެންޑް ދަ ރޯލް އޮފް މިޑްލް ޕަވަރސް" ގެ ނަމުގައި ބާއްވާ މަތީ ފަންތީގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން، ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ އިއްޒަތްތެރިންނާ އެކަމަނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޤަޠަރު ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ވިޝް ސަމިޓަކީ، ދުނިޔޭގެ ޞިއްޙީ ދާއިރާގެ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، އައު އީޖާދުތައް ކުރާ ފަރާތްތަކާއި، ޢިލްމުވެރިންނާއި، އިސްވެރިން އެއްތަނަކުން ބައްދަލުކުރައްވައި، ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށާއި، ޢަމަލީގޮތުން ތަންފީޛުކުރެވޭނެ ސިޔާސަތުތައް އެކުލަވާލުމަށް ބާއްވާ ސަމިޓެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިއަދުގެ ބައި-އިލެކްޝަންތައް: ތިނަދޫ ގޮނޑި އެމްޑީޕީއަށް، ހުޅުދޫ ގޮނޑި ޕީއެންސީއަށް
28 Nov 2026 ހަބަރު

މިއަދުގެ ބައި-އިލެކްޝަންތައް: ތިނަދޫ ގޮނޑި އެމްޑީޕީއަށް، ހުޅުދޫ ގޮނޑި ޕީއެންސީއަށް

މިއަދު އޮތް ބައި އިލެކްޝަންތަކުގައި އެއްގޮނޑި އެމްޑީޕީއަށް އަދި އެއްގޮނޑި ޕީއެންސީއަށް ލިބިއްޖެ އެވެ.

ރައީސްގެ ބޭބެ އިޤްބާލް، މުލިއާގެ ޗީފްގެ މަގާމުން ވަކިކުރައްވައިފި
28 Nov 2026 ހަބަރު

ރައީސްގެ ބޭބެ އިޤްބާލް، މުލިއާގެ ޗީފްގެ މަގާމުން ވަކިކުރައްވައިފި

މިނިސްޓާ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސްގެ މަގާމަށް، ގަލޮޅު ވަށަފަރު އިޤްބާލް އާދަމް އައްޔަނު ކުރެއްވީ ނޮވެންބަރު 2023، 19 ގައެވެ.

އެންމެ ގިނަ ވޯޓާއެކު އެމްޑީޕީގެ ގައުމީ މަޖިލީހަށް އީވާއާ މާރިޔާ
28 Nov 2026 ހަބަރު

އެންމެ ގިނަ ވޯޓާއެކު އެމްޑީޕީގެ ގައުމީ މަޖިލީހަށް އީވާއާ މާރިޔާ

އިއްޔެ އޮތް އިންތިހާބުގައި އީވާ ވަނީ 1،931 ވޯޓް ހޯއްދަވާފަ އެވެ. މާރިޔާ ވަނީ 1،830 ވޯޓް ހޯއްދަވާފަ އެވެ.

ވަގުތީ ނަތީޖާ ނުލިބެނީސް ވަކި ކެންޑިޑޭޓަކު މޮޅުވެއްޖެ ކަމަށް އިއުލާނުކުރުމުން ކަންބޮޑުވުން ފާޅުކޮށްފި
28 Nov 2026 ހަބަރު

ވަގުތީ ނަތީޖާ ނުލިބެނީސް ވަކި ކެންޑިޑޭޓަކު މޮޅުވެއްޖެ ކަމަށް އިއުލާނުކުރުމުން ކަންބޮޑުވުން ފާޅުކޮށްފި

"އަޅުގަނޑުމެންގެ އިންތިހާބީ ހައްގު ތަކަށް އުނިކަން ލިބޭ ގޮތަށް ހަބަރު ފަތުރާ އެކި ވަސީލަތްތަކުން އިއްޔެގެ އިންތިހާބުގެ ނަތީޖާއާއި ބެހޭގޮތުން އެކި ހަބަރު ފެތުރުމަކީ ކަންބޮޑުވާކަމެއް،" އަރުޝަމް ލިޔެފައިވެ އެވެ.

އެމްޑީޕީ ޤައުމީ މަޖިލީހުގެ އަޣުލަބިއްޔަތު، ބޮޑު ބަދަލު ޓީމަށް
28 Nov 2026 ހަބަރު

އެމްޑީޕީ ޤައުމީ މަޖިލީހުގެ އަޣުލަބިއްޔަތު، ބޮޑު ބަދަލު ޓީމަށް

ހުކުރު ދުވަހު ބޭއްވުނު މި އިންތިހާބުގެ ނަތީޖާއާއެކު ޕާޓީގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

އެމްޑަބްލިއުއެސްސީގެ އީ-ޕޯޓަލް، އީފާހާ ގުޅުވައި އަޕްގްރޭޑްކޮށްފި
28 Nov 2026 ހަބަރު

އެމްޑަބްލިއުއެސްސީގެ އީ-ޕޯޓަލް، އީފާހާ ގުޅުވައި އަޕްގްރޭޑްކޮށްފި

އައު ޕޯޓަލަށް ވަނުމަށް ކަސްޓަމަރުން އީފާސް އެކައުންޓެއް ބޭނުންކުރަންޖެހޭ ގޮތަށް ހަމަޖެހިފައިވާއިރު، އެ ނިޒާމުގެ ތެރެއިން ޕްރޮފައިލެއް ހެދުމަށްފަހު ކުންފުނީގެ ތަފާތު ޚިދުމަތްތަކަށް ހުށަހެޅޭނެއެވެ.

އިއްތިހާދު އެއާވޭސްގެ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ދެން ދަތުރު ކުރެވޭނެ
28 Nov 2026 ހަބަރު

އިއްތިހާދު އެއާވޭސްގެ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ދެން ދަތުރު ކުރެވޭނެ

މިއީ މިއަހަރުގެ ކުރީކޮޅު ބޭއްވި އަރަބިއަން ޓްރެވަލް މާކެޓްގައި ދެ އެއާލައިނުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ފެށި ހިދުމަތެކެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި
28 Nov 2026 ހަބަރު

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި

ބާ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން، އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީވުމުގެ ފުރުސަތު އޮންނާނެއެވެ. މި އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުގެ 9 ވާ ހޯމަ ދުވަހުއެވެ.