ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ކުރިމަތިލި އަރުޝަމް ޢަބްދުﷲ
ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ކުރިމަތިލި އަރުޝަމް ޢަބްދުﷲ
ހަބަރު 28 Nov 2026 | 20:36

ވަގުތީ ނަތީޖާ ނުލިބެނީސް ވަކި ކެންޑިޑޭޓަކު މޮޅުވެއްޖެ ކަމަށް އިއުލާނުކުރުމުން ކަންބޮޑުވުން ފާޅުކޮށްފި

އިއްޔެ ކުރިއަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގެ ވަގުތީ ނަތީޖާ އާއި ބެހޭ ގޮތުން، ޕާޓީގެ ސެކްރެޓޭރިއަޓުން ރަސްމީ ހައިސިއްޔަތެއްގައި އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައި ނުވަނީސް، ވަކި ކެންޑިޑޭޓަކު މޮޅުވެއްޖެ ކަމަށް އިއުލާނުކުރުމުން އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ކުރިމަތިލި އަރުޝަމް ޢަބްދުﷲ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ބައެއް މީޑިއާތަކުން ވަނީ ލިބިފައިވާ ނަތީޖާތަކަށް ބިނާކޮށް އަރުޝަމްއާ ވާދަކުރި އައިކު އީސާ މޮޅުވިކަން އިއުލާނުކޮށްފަ އެވެ. އެކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އަރުޝަމް ވަނީ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގެ ވަގުތީ ނަތީޖާ އާއި ބެހޭ ގޮތުން، ޕާޓީގެ ސެކްރެޓޭރިއަޓުން ރަސްމީ ހައިސިއްޔަތެއްގައި އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައި ނުވަނީސް، ވަކި ކެންޑިޑޭޓަކު މޮޅުވެއްޖެ ކަމަށް އިއުލާނުކުރުމުން ކަންބޮޑުވާ ކަމަށް ވިދާޅުވެފަ ްެވެ.

"އަޅުގަނޑުމެންގެ އިންތިހާބީ ހައްގު ތަކަށް އުނިކަން ލިބޭ ގޮތަށް ހަބަރު ފަތުރާ އެކި ވަސީލަތްތަކުން އިއްޔެގެ އިންތިހާބުގެ ނަތީޖާއާއި ބެހޭގޮތުން އެކި ހަބަރު ފެތުރުމަކީ ކަންބޮޑުވާކަމެއް،" އަރުޝަމް ލިޔެފައިވެ އެވެ.

އޭނާގެ ޕޯސްޓްގައި ބައެއް ފޮށި ތަކުގެ ނަތީޖާ އަށް އަދީ ވީ ނުވީއެއް ނޭނގި ވަނިކޮށް، އާންމުންނަށް ހަގީގަތް އޮޅޭ ގޮތަށް މިފަދަ ހަބަރުތައް ދައުރު ކުރާއިރު، އެ ނަތީޖާ އެ ފަރާތްތަކަށް ލިބެމުން އެ ދާ ގޮތާއި މެދު ކަންބޮޑުވުން އެބަ ހުރި އަދި ސުވާލު އުފެއްދުމުގެ ޖާގަ އެބަ އޮތް ކަމުގައި ވެސް ފާހަގަކޮށްފައިވެ އެވެ. އަދި އެ ނަތީޖާ އެ ފަރާތްތަކަށް ލިބި، ބައެއް ކެނޑިޑޭޓުން އިންތިހާބު ކާމިޔާބު ކޮށްފި ކަމަށް އިއުލާނު ކުރަމުން ގެންދިއުމަކީ މި ކަމުގެ ހަގީގަތް ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅިގެންދާނެ ކަމެއް ކަމުގައި ގަބޫލުކުރާ ކަމަށް ވަނީ ބުނެފަ އެވެ.

މި އިންތިހާބުގައި އަރުޝަމް ވާދަކުރީ ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް ހިމެނޭ "ޓީމް އެމްޑީޕީ" ގެ ފަރާތުންނެވެ. އައިކު ވާދަކުރީ ރައީސް ނަޝީދާއި ފައްޔާޒްގެ "ބޮޑު ބަދަލު" ޓީމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމްޑީޕީ ޤައުމީ މަޖިލީހުގެ އަޣުލަބިއްޔަތު، ބޮޑު ބަދަލު ޓީމަށް
28 Nov 2026 ހަބަރު

އެމްޑީޕީ ޤައުމީ މަޖިލީހުގެ އަޣުލަބިއްޔަތު، ބޮޑު ބަދަލު ޓީމަށް

ހުކުރު ދުވަހު ބޭއްވުނު މި އިންތިހާބުގެ ނަތީޖާއާއެކު ޕާޓީގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

އެމްޑަބްލިއުއެސްސީގެ އީ-ޕޯޓަލް، އީފާހާ ގުޅުވައި އަޕްގްރޭޑްކޮށްފި
28 Nov 2026 ހަބަރު

އެމްޑަބްލިއުއެސްސީގެ އީ-ޕޯޓަލް، އީފާހާ ގުޅުވައި އަޕްގްރޭޑްކޮށްފި

އައު ޕޯޓަލަށް ވަނުމަށް ކަސްޓަމަރުން އީފާސް އެކައުންޓެއް ބޭނުންކުރަންޖެހޭ ގޮތަށް ހަމަޖެހިފައިވާއިރު، އެ ނިޒާމުގެ ތެރެއިން ޕްރޮފައިލެއް ހެދުމަށްފަހު ކުންފުނީގެ ތަފާތު ޚިދުމަތްތަކަށް ހުށަހެޅޭނެއެވެ.

އިއްތިހާދު އެއާވޭސްގެ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ދެން ދަތުރު ކުރެވޭނެ
28 Nov 2026 ހަބަރު

އިއްތިހާދު އެއާވޭސްގެ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ދެން ދަތުރު ކުރެވޭނެ

މިއީ މިއަހަރުގެ ކުރީކޮޅު ބޭއްވި އަރަބިއަން ޓްރެވަލް މާކެޓްގައި ދެ އެއާލައިނުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ފެށި ހިދުމަތެކެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި
28 Nov 2026 ހަބަރު

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި

ބާ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން، އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީވުމުގެ ފުރުސަތު އޮންނާނެއެވެ. މި އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުގެ 9 ވާ ހޯމަ ދުވަހުއެވެ.

މިއަދު ކުރިއަށްދާ ބައި-އިލެކްޝަންގައި ވޯޓުލާން އަންނަ މީހުންގެ އަދަދު ނިސްބަތުން ދަށް: އިލެކްޝަންސް
28 Nov 2026 ހަބަރު

މިއަދު ކުރިއަށްދާ ބައި-އިލެކްޝަންގައި ވޯޓުލާން އަންނަ މީހުންގެ އަދަދު ނިސްބަތުން ދަށް: އިލެކްޝަންސް

ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށާފައިވާއިރު، ވޯޓުލާ ވަގުތު ހަމަވާނީ މިއަދު ހަވީރު 4:00 ގައެވެ.

ވޯޓާ ސްޕޯޓްގެ ހަރަކާތްތައް ހިންގާ ސަރަހައްދުތަކާ އުޅަނދުތަކަށް ހާއްސަ ކުލަ ދިދަތަކެއް
28 Nov 2026 ހަބަރު

ވޯޓާ ސްޕޯޓްގެ ހަރަކާތްތައް ހިންގާ ސަރަހައްދުތަކާ އުޅަނދުތަކަށް ހާއްސަ ކުލަ ދިދަތަކެއް

ސަރުކާރުން އަލަށް ނެރުނު "ފަތުރުވެރީންނަށް، މޫދާ ގުޅުންހުރި ކުޅިވަރުތަކާއި ފެނުގައި ހިންގާ އެކިއެކި ކުޅިވަރުތަކާއި އެކްސްކަރޝަންގެ ހިދުމަތްތައް ދިނުމާބެހޭ ގަވާއިދު" ގެ ދަށުން ހިމެނޭ މި ކުލަ ދިދަތަކަކީ މޫސުމާ ގުޅުންހުރި ނުވަތަ މާހައުލުގެ ހާލަތު އަންގައިދޭ ހާއްސަ ދިދަތަކެކެވެ.

މިދިޔަ ހަފްތާގައި ކޯސްޓްގާޑުން އެންމެ ގިނަ ދަތުރުތައް ބަލިމީހުން އުފުލުމަށް
28 Nov 2026 ހަބަރު

މިދިޔަ ހަފްތާގައި ކޯސްޓްގާޑުން އެންމެ ގިނަ ދަތުރުތައް ބަލިމީހުން އުފުލުމަށް

އޮކްޓޯބަރުމަހު ކޯސްޓްގާޑުގެ އުޅަނދުތަކުން 250 ހަށްވުރެ ގިނަ ދަތުރުތައް ކޮށްފައި ވެއެވެ.

ކުރީގެ ކާނަލް، ބިލާލް އާދަމް މަނިކު އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
28 Nov 2026 ހަބަރު

ކުރީގެ ކާނަލް، ބިލާލް އާދަމް މަނިކު އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ރައީސް ތައުޒިޔާ ވިދާޅުވެފައިވަނީ، އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.