މިދިޔަ ހަފްތާގައި ކޯސްޓްގާޑުން އެންމެ ގިނަ ދަތުރުތައް ބަލިމީހުން އުފުލުމަށް
މިދިޔަ ހަފްތާގައި ކޯސްޓްގާޑުގެ އެންމެ ގިނަ ދަތުރުތައް ކޮށްފައިވަނީ ބަލިމީހުން އުފުލުމަށްކަމަށް އެ އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކޯސްޓްގާޑުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓުގައި ވާގޮތުން ކުރީ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ނިމިގެންދިޔަ އަންގާރަ ދުވަހާ ހަމައަށް އެމްއެންޑީއެފް ކޯސްޓުގާޑުގެ އުޅަނދުތަކުން ވަނީ ބަލިމީހުން އުފުލުމަށް 50 ދަތުރެއް ކޮށްފައެވެ.
އެމްއެންޑީއެފުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ދަތުރު ހިންގީ ސްކޮޑްރަން އެކެކުންނެވެ. އެ ސްކޮޑްރަނުން 29 ދަތުރެއް ކޮށްފައިވާއިރު، ސްކޮޑްރަން ތިނަކުން ނުވަ ދަތުރެއް، ސްކޮޑްރަން ދެއަކުން ހަތް ދަތުރެއް، އަދި ސްކޮޑްރަން ހަތަރަކުން ފަސް ދަތުރެއް ކޮށްފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ސީ އެމްބިއުލާންސް މެދުވެރިކޮށް ދަތުރެއް ކޮށްފައެއް ނުވެއެވެ.
އޮކްޓޯބަރުމަހު ކޯސްޓްގާޑުގެ އުޅަނދުތަކުން 250 ހަށްވުރެ ގިނަ ދަތުރުތައް ކޮށްފައިވައިރު އެމަހުގެ ފުރަތަމަ ކޮޅު އެކަނިވެސް ވަނީ 100 ދަތުރުކޮށްފައެވެ.
މިދިޔަ ހަފްތާގައި ކޯސްޓްގާޑުން ކުރި ގިނަ ދަތުރުތައް ބަލިމީހުން އުފުލުމަށް ކުރިއިރު، އެދުވަސްތަކަކީ މޫސުން ގޯސް ދުވަސްތަކެއްކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް