ކަށްވަޅުގައި ފެންބޮޑުވެފައި-
ކަށްވަޅުގައި ފެންބޮޑުވެފައި-
ހަބަރު 27 Nov 2026 | 15:00

ބޯކޮށް ވާރޭވެހި ހުޅުމާލޭ ސަހަރާގެ ކަށްވަޅުތަކުގައި ފެންބޮޑުވުމުން މައްޔިތުން ވަޅުލުން މާލެ އާސަހަރާއަށް ބަދަލުކޮށްފި

މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ހުޅުމާލޭ ސަހަރާގެ ކަށްވަޅުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މައްޔިތުން ވަޅުލުމުގެ އިންތިޒާމުތައް ވަގުތީ ގޮތުން މާލޭ އާސަހަރާއަށް ބަދަލުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، މިއަދުން ފެށިގެން ހުޅުމާލޭ ސަހަރާގައި މައްޔިތުން ވަޅުލުން ވަގުތީގޮތުން މެދުކަނޑާލީ ކަށްވަޅުތަކުގައި 6 އިންޗި އާއި 7 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހެދިފައި އޮތުމުން ކަމަށެވެ. އެހެންވެ، މައްޔިތުން ވަޅުލުމުގެ ކަންކަން މިހާރު ވަނީ މާލޭ އާސަހަރާއަށް ބަދަލުކޮށްފައެވެ.

ހެނދުނުން ފެށިގެން މާލެއާއި ހުޅުމާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުންދާތީ، ދެ ރަށުގެ ގިނަ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނި ގޮތުގައި، މިއަދު ހަވީރު 18:00އާ ހަމައަށް މެދުރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެއެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވި ނަމަވެސް، ދެކުނުގެ މޫސުން އާންމުކޮށް ރަނގަޅުވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

މީގެއިތުރުން، ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް މިއަދު 16:30އާ ހަމައަށް މެޓް އޮފީހުން ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދަރިވަރުންނަށް ޚާއްސަ ކޯ-ލިވިންގ ރެސިޑެންސް ”އެކުވެހި“ ވަރަ އެކްސްޕޯގައި ދައްކާލަނީ
27 Nov 2026 ހަބަރު

ދަރިވަރުންނަށް ޚާއްސަ ކޯ-ލިވިންގ ރެސިޑެންސް ”އެކުވެހި“ ވަރަ އެކްސްޕޯގައި ދައްކާލަނީ

ތައުލީމު ހާސިލުކުރަން ދަރިވަރުންނަށް ރައްކާތެރި، އަގުހެޔޮ އަދި ކިޔެވުމަށް ފަހި މާހައުލަކުން ބޯހިޔާވަހިކަން ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގައި ތަރައްގީކުރި ދަރިވަރުންގެ ކޯ-ލިވިންގ ރެސިޑެންސް "އެކުވެހި"، ވަރަ އެކްސްޕޯ 2026 ގެ ތެރެއިން ދައްކާލަން ނިންމައިފިއެވެ.

ނުރަނގަޅު ގެއެއްގެ ނަން ޖެހުމުން، ކަތިވަޅި ހިފައިގެން އުޅުނު ދެ މީހަކު ސަލާމަތްވި މައްސަލަ އިސްތިއުނާފް ކުރަނީ
27 Nov 2026 ހަބަރު

ނުރަނގަޅު ގެއެއްގެ ނަން ޖެހުމުން، ކަތިވަޅި ހިފައިގެން އުޅުނު ދެ މީހަކު ސަލާމަތްވި މައްސަލަ އިސްތިއުނާފް ކުރަނީ

ގއ. ނިލަންދޫ މަގުމަތީގައި ތޫނު ހަތިޔާރާއެކު އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކުރި ދެ މީހެއްގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުނުވާ ކަމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ނިންމި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ނިންމައިފިއެވެ.

ކިންގްސްޓަން ހޯލްޑިންގްސްގެ އެމްޑީ ޢާޠިފަށް 139 ދަޢުވާ؛ ސާބިތުވެއްޖެނަމަ 133 އަހަރުގެ ޖަލު ޙުކުމެއް!
27 Nov 2026 ހަބަރު

ކިންގްސްޓަން ހޯލްޑިންގްސްގެ އެމްޑީ ޢާޠިފަށް 139 ދަޢުވާ؛ ސާބިތުވެއްޖެނަމަ 133 އަހަރުގެ ޖަލު ޙުކުމެއް!

މީގެއިތުރުން، މި ދަޢުވާތަކާ ގުޅިގެން އަނިޔާލިބުނު ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 6،250،420.12ރ (ހަ މިލިއަން ދެ ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ވިހި ރުފިޔާ ބާރަ ލާރި)، އަޙްމަދު ޢާޠިފް ޙަސަންގެ އަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ނޭޕާލުން ހައްޔަރުކުރި ދިވެހި މީހާއަކީ ލަންކާގައި މަރުގެ އަދަބުން ސަލާމަތްވި މީހެއް
27 Nov 2026 ހަބަރު

ނޭޕާލުން ހައްޔަރުކުރި ދިވެހި މީހާއަކީ ލަންކާގައި މަރުގެ އަދަބުން ސަލާމަތްވި މީހެއް

ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުގެ ކަތުމަންޑޫއިން ހައްޔަރުކުރި ދިވެހި ފިރިހެނަކީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީލަންކާގައި އިއްވި މަރުގެ އަދަބުން މީގެ ކުރިން ސަލާމަތްވެފައިވާ މީހެއްކަން އެނގިއްޖެއެވެ.

ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުގެ ހޮޓަލަކުން ދިވެއްސަކާއި ނޭޕާލު އަންހެނަކު ހައްޔަރުކޮށްފި
27 Nov 2026 ހަބަރު

ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުގެ ހޮޓަލަކުން ދިވެއްސަކާއި ނޭޕާލު އަންހެނަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން މަނީ ލޯންޑަރިންގގެ ތުހުމަތު ކުރެވޭތީ، އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި އެ ދެ މީހުން ނޭޕާލުގެ ޑިޕާޓްމަންޓް އޮފް މަނީ ލޯންޑަރިންގ އިންވެސްޓިގޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ ކުރިން ރައްޔިތުންގާތު ނޭހުނީ ގޯހަކުން؛ މިއައީ އެ ތަޖުރިބާއާއެކު: ރައީސް ނަޝީދު
27 Nov 2026 ހަބަރު

ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ ކުރިން ރައްޔިތުންގާތު ނޭހުނީ ގޯހަކުން؛ މިއައީ އެ ތަޖުރިބާއާއެކު: ރައީސް ނަޝީދު

އެމްޑީޕީގެ ވެރިކަމުގައި ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމުގެ ކުރިން ރައްޔިތުން ގާތު ނޭހުނީ ހެދުނު ގޯހަކުން ކަމަށާއި، މިހާރު ވާހަކަދައްކަވަނީ އެ ތަޖުރިބާގެ އަލީގައި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނޮވެމްބަރު މަހު އޭޝިއާގެ އެންމެ ރަނގަޅު ކުރިއެރުމެއް ހޯދި ފައިސާއަށް އިންޑިއަން ރުޕީސް ވެއްޖެ
26 Nov 2026 ހަބަރު

ނޮވެމްބަރު މަހު އޭޝިއާގެ އެންމެ ރަނގަޅު ކުރިއެރުމެއް ހޯދި ފައިސާއަށް އިންޑިއަން ރުޕީސް ވެއްޖެ

އިންޑިއާގެ ފައިސާގެ އަގު މިހާ ބޮޑަށް އުފުލިގެން ގޮސްފައިވަނީ، އެ ގައުމަށް ބޭރުގެ އިންވެސްޓްމަންޓްތައް ވަންނަ މިންވަރު އިތުރުވުމާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާ ގުޅިގެންނެވެ.

އަޒޭ އާއި ރޯމަންގެ މައްސަލަ ޑްރަގް ކޯޓަށް، ޖުމާއަށް ދިނީ ނަސޭހަތް
26 Nov 2026 ހަބަރު

އަޒޭ އާއި ރޯމަންގެ މައްސަލަ ޑްރަގް ކޯޓަށް، ޖުމާއަށް ދިނީ ނަސޭހަތް

ޖުމާއާ މެދު ނިންމީ ތަފާތު ގޮތެކެވެ. މަސްތުވާތަކެތީގެ އިތުރު މައްސަލައެއް އޭނާގެ މައްޗަށް ހުށަހެޅިފައި ނެތުމުން، ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.