އެކުވެހި ފުލެޓް- ފޮޓޯ/ އެޗްޑީސީ
އެކުވެހި ފުލެޓް- ފޮޓޯ/ އެޗްޑީސީ
ހަބަރު 27 Nov 2026 | 15:29

ދަރިވަރުންނަށް ޚާއްސަ ކޯ-ލިވިންގ ރެސިޑެންސް ”އެކުވެހި“ ވަރަ އެކްސްޕޯގައި ދައްކާލަނީ

ތައުލީމު ހާސިލުކުރަން ދަރިވަރުންނަށް ރައްކާތެރި، އަގުހެޔޮ އަދި ކިޔެވުމަށް ފަހި މާހައުލަކުން ބޯހިޔާވަހިކަން ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގައި ތަރައްގީކުރި ދަރިވަރުންގެ ކޯ-ލިވިންގ ރެސިޑެންސް "އެކުވެހި"، ވަރަ އެކްސްޕޯ 2026 ގެ ތެރެއިން ދައްކާލަން ނިންމައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓާ ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ މި މަޝްރޫއަކީ، ހަމައެކަނި ދިރިއުޅޭނެ ތަނެއްގެ ބަދަލުގައި، ދިވެހި ޒުވާނުންގެ ތައުލީމީ ކުރިމަގަށް އެޅޭ ވަރުގަދަ ގައުމީ ބިންގަލެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

"ވަރަ އެކްސްޕޯ 2026" ގެ ތެރެއިން "އެކުވެހި" އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތާއި، އެ ތަން ބަލައިލަން ޒިޔާރަތްކޮށްލުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

"އެކުވެހި" މި ނަން އުފެދިފައިވަނީ "އެކު" އަދި "ވެހި" މި ދެ ލަފުޒު ގުޅިގެން، އެކުވެރިކަމާއި، އަމިއްލަވަންތަކަމާއި، އެއްބައެއްވަންތަކަމުގެ މާނައަކާ އެކުގައެވެ.

އެޗްޑީސީން ބުނީ، މި ތަން ފަރުމާކޮށްފައިވަނީ ކިޔަވާ ކުދިންގެ ދިރިއުޅުމުގައި އަމިއްލަ މިނިވަންކަމާ އެކު ޒިންމާދާރުކަމާ އެކު އުޅެން ދަސްކުރުމާއި، ހަމައެއާއެކު އެހެން ދަރިވަރުންނާ އެކު އުފެދޭ އިޖުތިމާއީ ގުޅުންތައް އެއްހަމައެއްގައި ހިފެހެއްޓޭނެ ގޮތަށް ކަމަށެވެ.

މީގެ ސަބަބުން، ޚާއްސަކޮށް އަތޮޅުތަކުން ކިޔަވަން އަންނަ ދަރިވަރުންގެ ސަބަބުން މުޅި އާއިލާ މާލެއަށް ބަދަލުވާންޖެހޭ ހާލަތްތައް ނިމުމަކަށް ގެނެސް، އާއިލާތަކަށް އުފުލަންޖެހޭ ބޮޑު މާލީ އަދި އިޖުތިމާއީ ބުރައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީން ބުނީ "އެކުވެހި" ގައި ޖުމުލަ 178 ޓްވިން-ޝެއަރިންގ ކޮޓަރި ހިމެނޭއިރު، މިއީ 356 ދަރިވަރުންނަށް ޖާގަ ލިބޭނެ ޒަމާނީ ބިނާއެއް ކަމަށެވެ. އަދި މި ތަނުގައި ކޮންމެ ދަރިވަރަކަށް މަހަކު ދައްކަންޖެހެނީ 3,500 ރުފިޔާ ކަމަށެވެ.

އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީކޮށްފައިވާ ކޮންމެ ކޮޓަރިއެއްގައި ދެ ދަރިވަރުންނަށް ވަކި އެނދާއި، އަލަމާރި، ކިޔަވާ މޭޒާއި ގޮނޑި، އަދި ފާޚާނާ ހުންނާނެ ކަމަށާ، އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް އާއްމުކޮށް ބޭނުންކުރެވޭ ގޮތަށް ޕެންޓްރީ އަދި ލޯންޑްރީގެ ޚިދުމަތްތައް ވެސް ލިބެން ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ދަރިވަރުންގެ ކިޔެވުމާއި ދިރިއުޅުމުގެ ހުރިހާ ބޭނުންތަކެއް އެއް ފުރާޅެއްގެ ދަށުން ފުއްދައިދިނުމަށްޓަކައި، ގްރޫޕް ސްޓަޑީއަށް ޚާއްސަ މީޓިންގ ރޫމްތަކާއި، ރެސްޓޯރެންޓާ ގުޅިފައިވާ ކޯ-ވޯކިންގ ސްޕޭސްއަކާއި، އާންމު ލައުންޖެއްގެ އިތުރުން ޓެރަސްގައި އައުޓްޑޯ ޖިމެއް ވެސް ވަނީ އެތަނުގައި ގާއިމުކޮށްފައެވެ.

އަދި އިމާރާތުގެ ތިރީ ފްލޯތަކުގައި ބޭންކިންގ އަދި އޭޓީއެމްގެ ޚިދުމަތާއި، ކެފޭ، ޖިމް، ފިހާރަތައް އަދި ޕްރިންޓިންގ ސެންޓަރު ފަދަ ވިޔަފާރީގެ ޚިދުމަތްތައް ގާއިމުކުރާއިރު، ޖަމިއްޔާތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދީގެން 18 މިނީ-އޮފީސް ޔުނިޓް ވެސް ވަނީ ތަރައްގީކޮށްފައެވެ.

އެޗްޑީސީ ބުނީ، އެ ކޯޕަރޭޝަންގެ އުންމީދަކީ މިއީ ދަރިވަރުންގެ ދިރިއުޅުމާއި މުޖުތަމައުގެ ވިޔަފާރިތައް ގުޅުވައިދޭ ދިރުން ހުރި މާހައުލަކަށްވުން ކަމަށެވެ.

އެ ކޯޕަރޭޝަނުން އިތުރަށް ބުނިގޮތިގައި ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި "އެކުވެހި" ގައި 24 ގަޑިއިރުގެ ރިސެޕްޝަން ޚިދުމަތާއި އެޗްޑީސީގެ އެސްޓޭޓް ސެކިއުރިޓީގެ ބެލެހެއްޓުން ގާއިމުކުރެވޭނެއެވެ. އަދި ލިފްޓްތަކުގައި ފްލޯ-ރެސްޓްރިކްޓެޑް އެކްސެސް ކޮންޓްރޯލް ހަރުކޮށްފައިވާތީ ހުއްދަ އޮންނަ ފްލޯތަކަށް ނޫނީ ނޭރޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

މި ތަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ހަމަޖެހިފައިވަނީ 1 ޑިސެންބަރު 2026 ގައެވެ. އެ ފުރުސަތު ހުޅުވާލާނީ ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒެއްގައި ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ ޕްރޮގްރާމެއްގައި ކިޔަވަމުން އަންނަ، މަދުވެގެން އެއް އަހަރު ދުވަހުގެ ކިޔެވުން ބާކީ އޮތް، އުމުރުން 35 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށެވެ. އެޕްލިކޭޝަން ހުށަހެޅޭނީ އެޗްޑީސީގެ ޚާއްސަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މިއީ ކޮންމެ ސެމިސްޓަރއަކު ކިޔެވުން ކުރިއަށްދާކަން ކަށަވަރުކުރުމަށް ފަހު އެއްބަސްވުން އާކުރެވޭ ގޮތަށް އިންތިޒާމުކޮށްފައިވާ ފުރުސަތެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބޯކޮށް ވާރޭވެހި ހުޅުމާލޭ ސަހަރާގެ ކަށްވަޅުތަކުގައި ފެންބޮޑުވުމުން މައްޔިތުން ވަޅުލުން މާލެ އާސަހަރާއަށް ބަދަލުކޮށްފި
27 Nov 2026 ހަބަރު

ބޯކޮށް ވާރޭވެހި ހުޅުމާލޭ ސަހަރާގެ ކަށްވަޅުތަކުގައި ފެންބޮޑުވުމުން މައްޔިތުން ވަޅުލުން މާލެ އާސަހަރާއަށް ބަދަލުކޮށްފި

މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ހުޅުމާލޭ ސަހަރާގެ ކަށްވަޅުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މައްޔިތުން ވަޅުލުމުގެ އިންތިޒާމުތައް ވަގުތީ ގޮތުން މާލޭ އާސަހަރާއަށް ބަދަލުކޮށްފިއެވެ.

ނުރަނގަޅު ގެއެއްގެ ނަން ޖެހުމުން، ކަތިވަޅި ހިފައިގެން އުޅުނު ދެ މީހަކު ސަލާމަތްވި މައްސަލަ އިސްތިއުނާފް ކުރަނީ
27 Nov 2026 ހަބަރު

ނުރަނގަޅު ގެއެއްގެ ނަން ޖެހުމުން، ކަތިވަޅި ހިފައިގެން އުޅުނު ދެ މީހަކު ސަލާމަތްވި މައްސަލަ އިސްތިއުނާފް ކުރަނީ

ގއ. ނިލަންދޫ މަގުމަތީގައި ތޫނު ހަތިޔާރާއެކު އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކުރި ދެ މީހެއްގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުނުވާ ކަމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ނިންމި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ނިންމައިފިއެވެ.

ކިންގްސްޓަން ހޯލްޑިންގްސްގެ އެމްޑީ ޢާޠިފަށް 139 ދަޢުވާ؛ ސާބިތުވެއްޖެނަމަ 133 އަހަރުގެ ޖަލު ޙުކުމެއް!
27 Nov 2026 ހަބަރު

ކިންގްސްޓަން ހޯލްޑިންގްސްގެ އެމްޑީ ޢާޠިފަށް 139 ދަޢުވާ؛ ސާބިތުވެއްޖެނަމަ 133 އަހަރުގެ ޖަލު ޙުކުމެއް!

މީގެއިތުރުން، މި ދަޢުވާތަކާ ގުޅިގެން އަނިޔާލިބުނު ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 6،250،420.12ރ (ހަ މިލިއަން ދެ ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ވިހި ރުފިޔާ ބާރަ ލާރި)، އަޙްމަދު ޢާޠިފް ޙަސަންގެ އަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ނޭޕާލުން ހައްޔަރުކުރި ދިވެހި މީހާއަކީ ލަންކާގައި މަރުގެ އަދަބުން ސަލާމަތްވި މީހެއް
27 Nov 2026 ހަބަރު

ނޭޕާލުން ހައްޔަރުކުރި ދިވެހި މީހާއަކީ ލަންކާގައި މަރުގެ އަދަބުން ސަލާމަތްވި މީހެއް

ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުގެ ކަތުމަންޑޫއިން ހައްޔަރުކުރި ދިވެހި ފިރިހެނަކީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީލަންކާގައި އިއްވި މަރުގެ އަދަބުން މީގެ ކުރިން ސަލާމަތްވެފައިވާ މީހެއްކަން އެނގިއްޖެއެވެ.

ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުގެ ހޮޓަލަކުން ދިވެއްސަކާއި ނޭޕާލު އަންހެނަކު ހައްޔަރުކޮށްފި
27 Nov 2026 ހަބަރު

ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުގެ ހޮޓަލަކުން ދިވެއްސަކާއި ނޭޕާލު އަންހެނަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން މަނީ ލޯންޑަރިންގގެ ތުހުމަތު ކުރެވޭތީ، އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި އެ ދެ މީހުން ނޭޕާލުގެ ޑިޕާޓްމަންޓް އޮފް މަނީ ލޯންޑަރިންގ އިންވެސްޓިގޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ ކުރިން ރައްޔިތުންގާތު ނޭހުނީ ގޯހަކުން؛ މިއައީ އެ ތަޖުރިބާއާއެކު: ރައީސް ނަޝީދު
27 Nov 2026 ހަބަރު

ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ ކުރިން ރައްޔިތުންގާތު ނޭހުނީ ގޯހަކުން؛ މިއައީ އެ ތަޖުރިބާއާއެކު: ރައީސް ނަޝީދު

އެމްޑީޕީގެ ވެރިކަމުގައި ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމުގެ ކުރިން ރައްޔިތުން ގާތު ނޭހުނީ ހެދުނު ގޯހަކުން ކަމަށާއި، މިހާރު ވާހަކަދައްކަވަނީ އެ ތަޖުރިބާގެ އަލީގައި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނޮވެމްބަރު މަހު އޭޝިއާގެ އެންމެ ރަނގަޅު ކުރިއެރުމެއް ހޯދި ފައިސާއަށް އިންޑިއަން ރުޕީސް ވެއްޖެ
26 Nov 2026 ހަބަރު

ނޮވެމްބަރު މަހު އޭޝިއާގެ އެންމެ ރަނގަޅު ކުރިއެރުމެއް ހޯދި ފައިސާއަށް އިންޑިއަން ރުޕީސް ވެއްޖެ

އިންޑިއާގެ ފައިސާގެ އަގު މިހާ ބޮޑަށް އުފުލިގެން ގޮސްފައިވަނީ، އެ ގައުމަށް ބޭރުގެ އިންވެސްޓްމަންޓްތައް ވަންނަ މިންވަރު އިތުރުވުމާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާ ގުޅިގެންނެވެ.

އަޒޭ އާއި ރޯމަންގެ މައްސަލަ ޑްރަގް ކޯޓަށް، ޖުމާއަށް ދިނީ ނަސޭހަތް
26 Nov 2026 ހަބަރު

އަޒޭ އާއި ރޯމަންގެ މައްސަލަ ޑްރަގް ކޯޓަށް، ޖުމާއަށް ދިނީ ނަސޭހަތް

ޖުމާއާ މެދު ނިންމީ ތަފާތު ގޮތެކެވެ. މަސްތުވާތަކެތީގެ އިތުރު މައްސަލައެއް އޭނާގެ މައްޗަށް ހުށަހެޅިފައި ނެތުމުން، ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.