ޕޫރީއާއި އޭނާގެ އަންހެނުން-
ޕޫރީއާއި އޭނާގެ އަންހެނުން-
ދުނިޔެ 27 Nov 2026 | 14:31

އެންވީޑިއާގެ އިސްވެރިޔަކާއި ޗައިނާ އަންހެނެއްގެ ލޯބީގެ ގުޅުމުގެ މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ

ޓެކްނޮލޮޖީގެ ދާއިރާގެ މަޝްހޫރު ކުންފުނި އެންވީޑިއާ (Nvidia) ގެ ގްލޯބަލް ސޭލްސްގެ އިސްވެރިޔާ ޖޭ ޕޫރީ އާއި ސުޕަރ މައިކްރޯ ކޮމްޕިއުޓަރގެ ކުރީގެ އިސްވެރިއެއް ކަމަށްވާ ސެންލީ ޗެންގެ ލޯބީގެ ގުޅުމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ ފެންމަތިވެފައި މިވަނީ އެންވީޑިއާގެ އަގުބޮޑު ޗިޕްތަކެއް އެމެރިކާގެ ގަވާއިދުތަކާ ޚިލާފަށް ޗައިނާއަށް ފޮނުވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ބަލަމުންދާ ދަނޑިވަޅެއްގައެވެ.

ރެކޯޑުތަކުން ދައްކާ ގޮތުގައި، އެތައް އަހަރެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު ޖޭ ޕޫރީ އަދި ސެންލީ ޗެން ކައިވެނިކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ 7 ވަނަ ދުވަހުއެވެ. ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއު.އެސް.ޖޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސުޕަރ މައިކްރޯގެ ޗީފް ގްރޯތު އޮފިސަރުގެ މަގާމުގައި ޗެން ހުރިއިރު، އެ ކުންފުނީގެ ކަސްޓަމަރުންނަށް އެންވީޑިއާގެ ޗިޕްތައް ހޯދުމުގެ މަސައްކަތުގައި ޕޫރީއާ ގަވާއިދުން މުއާމަލާތްކޮށްފައިވެއެވެ. މީގެއިތުރުން، ސުޕަރ މައިކްރޯގެ ސީއީއޯ ޗާލްސް ލިއާންގް އާއެކު އެންވީޑިއާގެ އޮފީހަށް ގޮސް އެ ކުންފުންޏަށް ޗިޕް ފޯރުކޮށްދިނުމަށް އެދި ކުރި މަޝްވަރާތަކުގައި ވެސް ޗެން ބައިވެރިވެފައިވެއެވެ.

އެންވީޑިއާގައި 2005 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން އަންނަ ޕޫރީ އަކީ ކަސްޓަމަރުންނަށް ޗިޕްތައް ބަހާނެ ގޮތް ނިންމާ ޓީމުގެ އެންމެ އިސްވެރިޔާއެވެ. އޭނާ މިދިޔަ ޖުލައި މަހު ސޭލްސް ހެޑްގެ މަގާމުން ވަކިވި ނަމަވެސް، އަދިވެސް ހުންނެވީ ސީނިއާ އެޑްވައިޒަރެއްގެ ގޮތުގައެވެ. ނަމަވެސް، ޗެން ވަނީ އޭނާގެ ޒާތީ ގުޅުމުގެ ސަބަބުން ޕްރޮފެޝަނަލް ނިންމުންތަކަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ބުނެފައެވެ. އަދި ސުޕަރ މައިކްރޯ އިން ވެސް ބުނެފައިވަނީ އެންވީޑިއާއާ އޮންނަ މުއާމަލާތްތަކަކީ އެތައް ޓީމެއް އެކުލެވިގެން ހިނގާ ކަމެއް ކަމަށާއި، އެއީ ޗެން އެކަނި ބެލެހެއްޓި ކަމެއް ނޫން ކަމަށެވެ.

މި ގުޅުމަށް ޚާއްސަ ސަމާލުކަމެއް ލިބިގެންދިޔައީ، އެންވީޑިއާގެ ޗިޕްތައް އެކުލެވޭ ސުޕަރ މައިކްރޯގެ ސާވަރުތަކެއް ގަވާއިދާ ޚިލާފަށް ޗައިނާއަށް އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ސުޕަރ މައިކްރޯގެ ކޯ-ފައުންޑަރ ޔީ-ޝިޔާން "ވޮލީ" ލިއާއު ހިމެނޭހެން ތިން މީހެއްގެ މައްޗަށް 500 މިލިއަން ޑޮލަރަށް ވުރެ ގިނަ އަގުހުރި ސާމާނު ޗައިނާއަށް ސްމަގްލް ކުރަން އުޅުނު ކަމުގެ ދައުވާ އުފުލައިފައެވެ. ނަމަވެސް މި މައްސަލައިގައި ސުޕަރ މައިކްރޯ ކުންފުނީގެ މައްޗަށާއި، ސެންލީ ޗެންގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ. ލިއާއު ވަނީ ކުށަށް އިންކާރުކޮށް ބޯޑުން އިސްތިއުފާ ދީފައެވެ.

ސުޕަރ މައިކްރޯ ދޫކޮށް މިހާރު ކްރޮނޯސްކޭލް (ChronoScale) ގެ ސީއީއޯގެ މަގާމުގައި ހުރި ޗެން އާއި ޕޫރީގެ މި ގުޅުމުގެ ސަބަބުން މަސްލަހަތު ފުށުއެރުންތަކެއް ހުރި ކަމަށް ފެންނަން އޮތް ނަމަވެސް، އެންވީޑިއާ އިން ވަކި ޚާއްސަ އިނާޔަތްތަކެއް ސުޕަރ މައިކްރޯއަށް ދީފައިވާކަން އެނގިފައި ނުވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މީގެއިތުރުން، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާންގް، ޗައިނާއަށް ޗިޕް އެތެރެކުރުމުގެ ތުހުމަތު އޮތް އެހެން ކުންފުންޏެއް ކަމަށްވާ މެގަސްޕީޑް އިންޓަނޭޝަނަލްގެ އިސްވެރިއެއް ކަމަށްވާ އެލިސް ހުއާންގްއާ އެކު ބޭއްވި ލޯބީގެ ގުޅުމެއްގެ މައްސަލަ ވެސް ފަޅާއަރާފައިވާއިރު، މިފަދަ ގުޅުންތަކުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އެއް ޗިޕް އުފައްދާ ކުންފުނީގެ އެތެރޭގެ ހިންގުމަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާ ކަނޑުގެ ސަރަހައްދަކީ ގައުމުތައް ވަކިކޮށްދޭ ސަރަހައްދަކަށް ވެގެން ނުވާނެ: އަޖިތު ޑޮވާލް
26 Nov 2026 ދުނިޔެ

އިންޑިއާ ކަނޑުގެ ސަރަހައްދަކީ ގައުމުތައް ވަކިކޮށްދޭ ސަރަހައްދަކަށް ވެގެން ނުވާނެ: އަޖިތު ޑޮވާލް

މިހާރު ހިނގަމުންދާ ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ) ގެ ބައްދަލަވުމުގައި ވާހަކަދައްކަވަމުން އަޖިތު ޑޮވާލް ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަރަހައްދަކީ ގައުމުތައް ވަކިކޮށްދޭ ސަރަހައްދަކަށް ވެގެން ނުވާނެ ކަމަށާއި، އިންޑިއާ ކަނޑަކީ ގައުމުތައް ގުޅުވައިދޭ ވަސީލަތަކަށް ވާންޖެހޭނެ ކަމަށެވެ. މި ބައްދަލުވުމަކީ ރާއްޖެ ހިމެނޭހެން ސަރަހައްދީ ގައުމުތަކުގެ މެދުގައި ސަލާމަތީ ގުޅުން ބަދަހިކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ 36 އިންސައްތަ ބޮޑުކޮށްފި
26 Nov 2026 ދުނިޔެ

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ 36 އިންސައްތަ ބޮޑުކޮށްފި

މި ބަދަލާއެކު، އެ މަސައްކަތްތެރިންގެ އެންމެ ކުޑަ މުސާރަ ވަނީ 12،500 ޓަކާއިން (ގާތްގަނޑަކަށް 100 އެމެރިކާ ޑޮލަރު) 17،500 ޓަކާއަށް (ގާތްގަނޑަކަށް 136 އެމެރިކާ ޑޮލަރު) އިތުރުކުރެވިފައެވެ.

ކިމް އަށް ގުޅަން ޓްރަމްޕް މަސައްކަތްކުރި، އެކަމަކު ކިމް އަޅާނުލީ: ރިޕޯޓް
23 Nov 2026 ދުނިޔެ

ކިމް އަށް ގުޅަން ޓްރަމްޕް މަސައްކަތްކުރި، އެކަމަކު ކިމް އަޅާނުލީ: ރިޕޯޓް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ ގުޅަން ކުރޮ މަސައްކަތްތަކަށް ކިމް އެއްވެސް އިޖާބައެއް ނުދީ، އެ ގައުމުގެ ނިއުކްލިއާ ހަތިޔާރު އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް "ދަ ވޯލް ސްޓްރީޓް ޖާނަލް" (ޑަބްލިއުއެސްޖޭ) ގެ ރިޕޯޓެއްގައި ބުނެފިއެވެ.

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން، ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
21 Nov 2026 ދުނިޔެ

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން، ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި، އީރާނުގެ ބައެއް ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައެވެ.

އެފްބީއައި އިން ހޯދަމުންދިޔަ މެކްސިކޯގެ މަސްތުވާތަކެތީގެ ބޮޑު ލީޑަރު ހައްޔަރުކޮށްފި
21 Nov 2026 ދުނިޔެ

އެފްބީއައި އިން ހޯދަމުންދިޔަ މެކްސިކޯގެ މަސްތުވާތަކެތީގެ ބޮޑު ލީޑަރު ހައްޔަރުކޮށްފި

އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން އެންމެ ހޯދަން ބޭނުންވާ 10 މީހުންގެ ލިސްޓުގައި ހިމެނޭ މެކްސިކޯގެ މަޝްހޫރު ޑްރަގް ލޯޑް، ފައުސްޓޯ އިސިދްރޯ މެޒާ ފްލޯރެސް، އަސްކަރިއްޔާއިން ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފި އެވެ.

ޗައިނާގައި އިލެކްޓްރިކް ކާރެއް މުޅިރޭ ހުއްޓުމެއްނެތި 868 ފަހަރު ޕާކުކުރަން މަސައްކަތްކޮށްފި
21 Nov 2026 ދުނިޔެ

ޗައިނާގައި އިލެކްޓްރިކް ކާރެއް މުޅިރޭ ހުއްޓުމެއްނެތި 868 ފަހަރު ޕާކުކުރަން މަސައްކަތްކޮށްފި

އެ އިމާރާތުގެ ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި، އެ ކާރު ވަނީ މުޅިރޭ އެއްކޮށް ކުރިއަށާއި ފަހަތައް ޖެހި، ޕާކިންގް ޖާގައަށް އެންމެ ފުރިހަމައަށް ކާރު ވެއްދުމަށްޓަކައި ތަކުރާރުކޮށް މަސައްކަތް ކޮށްފައެވެ.

ޓްރަމްޕް ޗައިނާއިން ފުރައިފި، ކިމް ޖޮންގް އުންއާ ބައްދަލުކޮށްފައެއް ނުވޭ
19 Nov 2026 ދުނިޔެ

ޓްރަމްޕް ޗައިނާއިން ފުރައިފި، ކިމް ޖޮންގް އުންއާ ބައްދަލުކޮށްފައެއް ނުވޭ

އެގޮތުން، ޗައިނާގެ ޝެންޒެންގައި ޓްރަމްޕް އަދި ކިމް ބައްދަލުކުރާނެ ކަމުގެ އުއްމީދު ޓްރަމްޕް ހިމެނޭހެން ގިނަ ބަޔަކު ކުރިއެވެ.

ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ބޮޑަށް ބިނާވެފައިވަނީ ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ މައްޗަށް: ޕުޓިން
19 Nov 2026 ދުނިޔެ

ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ބޮޑަށް ބިނާވެފައިވަނީ ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ މައްޗަށް: ޕުޓިން

ޕުޓިން މިހެން ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އޮތް ގުޅުންތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.