ޓްރަމްޕް ފުރަނީ؛ ފޮޓޯ / ސައުތް ޗައިނާ މޯނިންގ ޕޯސްޓް
ޓްރަމްޕް ފުރަނީ؛ ފޮޓޯ / ސައުތް ޗައިނާ މޯނިންގ ޕޯސްޓް
ދުނިޔެ 19 Nov 2026 | 20:15

ޓްރަމްޕް ޗައިނާއިން ފުރައިފި، ކިމް ޖޮންގް އުންއާ ބައްދަލުކޮށްފައެއް ނުވޭ

އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް އުތުރު ކޮރެއާގެ ރައީސް، ކިމް ޖޮންގް އުންއާ ޗައިނާ ދަތުރުގައި ބައްދަލުކުރާނެ ކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް ޓްރަމްޕް ޗައިނާއިން ފުރައިފިއެވެ.

ޗައިނާގެ ޝެންޒެންގައި ޓްރަމްޕް އަދި ކިމް ބައްދަލުކުރާނެ ކަމުގެ އުއްމީދު ޓްރަމްޕް ހިމެނޭހެން ގިނަ ބަޔަކު ކުރިއެވެ.

ޝެންޒެންގައި ކުރިއަށްދިޔަ ބައިނަލްއަޤްވާމީ ސަމިޓްގެ ހަވާސާގައި ޓްރަމްޕް ވަނީ ރަޝިޔާ އަދި ޗައިނާގެ ލީޑަރުންނާ ބައްދަލުކޮށްފައެވެ. މި ދަތުރުގެ ތެރެއިން އުތުރު ކޮރެއާގެ ލީޑަރާވެސް ބައްދަލުކުރުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ވަނީ ތަކުރާރުކޮށް ބުނެ، އެކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައެވެ. ނަމަވެސް މީޑިއާތަކުން ވަނީ ޓްރަމްޕް ކިމް އާ ބައްދަލުނުކުރާކަމަށް ރިޕޯޓްކޮށްފައެވެ.

ނަމަވެސް، ކިމް ޖޮންގް އުންގެ ފަރާތުން ނުވަތަ އުތުރު ކޮރެއާގެ ސަރުކާރުން މިފަދަ ބައްދަލުވުމެއް ބޭއްވުމާ ގުޅޭގޮތުން އެއްވެސް ރަސްމީ ޔަޤީންކަމެއް ދީފައެއް ނުވެއެވެ. އުތުރު ކޮރެއާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބި އޮއްވައި، ޓްރަމްޕްގެ ޝެންޒެން ދަތުރު ނިންމައިލުމާއެކު، ދެ ލީޑަރުންގެ ބައްދަލުވުމެއް ނުބޭއްވޭނެކަން ވަނީ ޔަޤީންވެފައެވެ.

މި ބައްދަލުވުން ހަމަޖެހިގެން ނުދިޔަ ނަމަވެސް، ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި ދެ ލީޑަރުންގެ މެދުގައި ވަނީ ތާރީހީ ބައްދަލުވުންތަކެއް ބާއްވާފައެވެ. އެގޮތުން، ދެ ކޮރެއާ ވަކިކުރާ ޑީމިލިޓަރައިޒްޑް ޒޯން (ޑީއެމްޒީ) ގެ 38 ވަނަ ޕެރަލަލް ހުރަސްކޮށް، އުތުރު ކޮރެއާ އަށް ވަން ފުރަތަމަ އެމެރިކާގެ ރައީސް ކަމުގެ ޝަރަފު ޓްރަމްޕް ވަނީ ހޯދާފައެވެ.

ޝެންޒެންގައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ލީޑަރުންނާއެކު ޓްރަމްޕް ވަނީ މުހިންމު މަޝްވަރާތަކެއް ކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް
19 Nov 2026 ދުނިޔެ

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމުމަށް ޗައިނާ ނުވަތަ ރަޝިޔާގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާ ކަމަށާއި، އީރާނުގެ އަސްކަރީ ބާރުތައް އެމެރިކާ ސިފައިން ވަނީ ބޮޑުތަނުން ބަލިކަށިކޮށްލާފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ތާރީހީ ބައްދަލުވުމަކަށް ޓްރަމްޕް ޗައިނާއަށް؛ ޝީ އާއި ޕުޓިންއާއެކު މަޝްވަރާތައް މާދަމާ ފަށަނީ
18 Nov 2026 ދުނިޔެ

ތާރީހީ ބައްދަލުވުމަކަށް ޓްރަމްޕް ޗައިނާއަށް؛ ޝީ އާއި ޕުޓިންއާއެކު މަޝްވަރާތައް މާދަމާ ފަށަނީ

ޓްރަމްޕް އަށް މަރުހަބާ ދެއްނެވުމުގެ ގޮތުން، ޗައިނާގެ ރައީސް ޝީ ވަނީ އެއާޕޯޓަށް ގޮސްފައެވެ. އެގޮތުން، މި ދަތުރުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޓްރެޝެރަރީޒް ސެކްރެޓަރީ ސްކޮޓް ބެސެންޓްގެ އިތުރުން ކޮމާސް ސެކްރެޓަރީ ހަވާޑް ލަޓްނިކް ވެސް ބައިވެރިވާނެއެވެ.

އެމެރިކާ އަސްކަރިއްޔާގެ ދެ މަތިންދާބޯޓު ވީއައިއޭއަށް ޖައްސައިފި
14 Nov 2026 ހަބަރު

އެމެރިކާ އަސްކަރިއްޔާގެ ދެ މަތިންދާބޯޓު ވީއައިއޭއަށް ޖައްސައިފި

ބެލް-ބޯއިންގް އެމް.ވީ-22ބީ އޮސްޕްރޭގެ މި ދެބޯޓަކީ، މައިގަނޑު ގޮތެއްގައި އެމެރިކާގެ މެރިން ކޯޕްސްއިން ހަމަލާތަކަށް އެހީތެރިވުމަށާއި، ސިފައިން އުފުލުމަށާއި، އަދި ހަނގުރާމައިގެ ލޮޖިސްޓިކްސްއަށް ބޭނުންކުރާ، މެދު ފަންތީގެ ލިފްޓު އުފުލާ ޓިލްޓްރޯޓަރ (ހެލިކޮޕްޓަރެއްގެ ސިފަ އެކުލެވިގެންވާ) ބޯޓެކެވެ.

އެއާ ޓްރެފިކް ނެޓްވޯކް ގަޑުބަޑުވެ، އެމެރިކާގެ ވައިގެ ދަތުރުފަތުރު ހުއްޓުމަކަށް
14 Nov 2026 ދުނިޔެ

އެއާ ޓްރެފިކް ނެޓްވޯކް ގަޑުބަޑުވެ، އެމެރިކާގެ ވައިގެ ދަތުރުފަތުރު ހުއްޓުމަކަށް

މި ހާދިސާއާ ގުޅޭގޮތުން އެމެރިކާގެ ޓްރޭންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ވިދާޅުވީ، މައްސަލަ ދިމާވީ އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ މުސްކުޅި ނިޒާމުގެ ރައުޓަރުތަކަށް ނުކަތާވަރަށް ޑޭޓާތައް މާ ގިނަވެ ބުރަބޮޑުވުމުންނެވެ.

 އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާމުގެ ވިޔަފާރި ދަށަށް
12 Nov 2026 ދުނިޔެ

އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާމުގެ ވިޔަފާރި ދަށަށް

އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާން އުފައްދާ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކަކާއި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އެމެރިކާއިން އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތަކަށް އައި ބަދަލުތަކާ ގުޅިގެން، އިންޑިއާގެ ފޭރާން އުފައްދާ ކުންފުނިތަކުން މިހާރު ދަނީ އެމެރިކާގެ ބާޒާރަށް ބަރޯސާވުން މަދުކޮށް، ޔޫރަޕާއި އިނގިރޭސިވިލާތުގެ ބާޒާރުތަކަށް އިސްކަންދޭން ފަށައިފައެވެ.

ރަޝިޔާއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުއްލި ގޮތަކަށް މަރުވެއްޖެ
12 Nov 2026 ދުނިޔެ

ރަޝިޔާއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުއްލި ގޮތަކަށް މަރުވެއްޖެ

ރަޝިޔާގެ ހާރިޖީ ވުޒާރާއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި އޭނާ ކުއްލި ގޮތަކަށް މަރުވިކަން ވަނީ ކަޝަވަރުކޮށްދީފައެވެ.