ދައުރުވަމުންދާ މެސެޖް
ދައުރުވަމުންދާ މެސެޖް
ހަބަރު 19 Nov 2026 | 19:11

ސުނާމީއެއްގެ އިންޒާރު ދީފައެއް ނުވާނެ، ދައުރުވަމުން ދަނީ ދޮގު މެސެޖެއް: އެންޑީއެމްއޭ

ރާއްޖެއަށް ސުނާމީއެއް އަރާނެކަމަށް ބުނެ އެއްވެސް އިންޒާރެއް ނެރެފައި ނުވާނެ ކަމަށާއި، މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.

އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އައިސް، އޭގެ ސަބަބުން ރާއްޖެއަށް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު އެންޑީއެމްއޭއިން ދީފައިވާ ކަމަށް ބުނެ، މިއަދުގެ ވަގުތެއްގައި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މެސެޖެއް ވަނީ ދައުރުވާން ފަށައިފައެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދިފައި ވަނިކޮށް، އެންޑީއެމްއޭ އިން ވަނީ އެ މައުލޫމާތުތައް ދޮގުކޮށްފައެވެ.

އެންޑީއެމްއޭ އިން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މެސެޖަކީ ކަނޑައެޅިގެން ދޮގު މައުލޫމާތެއްގެ މައްޗަށް އެކުލަވާލައިގެން އާންމުކޮށްފައިވާ ލިޔުމެއް ކަމަށެވެ. އަދި އެ ސަރަހައްދަށް އެފަދަ ބިންހެލުމެއް އައިސް ސުނާމީއެއްގެ އިންޒާރެއް އެ އިދާރާއަށް ލިބިފައިނުވާ ކަމަށާއި، އަދި އެ އިދާރާއިން ވެސް އެފަދަ އެއްވެސް އިންޒާރެއް ނުވަތަ އެންގުމެއް ނެރެފައި ނުވާނެ ކަމަށް ވަނީ ޔަގީންކޮށްދީފައެވެ.

މިކަމާ ގުޅިގެން އެންޑީއެމްއޭ އިން ނެރުނު ބަޔާނުގައި ވިދާޅުވީ، އެ އޮތޯރިޓީގެ ނަމުގައި ދައުރުވަމުން އަންނަ އެ މެސެޖަކީ އެއްވެސް އަސްލެއް ނެތް މެސެޖެއް ކަމަށެވެ. އަދި ކާރިސާތަކާ ގުޅޭ އެންމެހައި މައުލޫމާތާއި އިރުޝާދުތައް އާންމުންނާ ހިއްސާކުރަމުން ގެންދާނީ އެ އޮތޯރިޓީގެ ރަސްމީ މަންސަތަކުން އެކަނި ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

"މި އޮތޯރިޓީގެ ނަމުގައި ދައުރުވަމުން އަންނަ މި މެސެޖަކީ ހަޤީގީ މެސެޖެއް ނޫންކަމުގައި ދަންނަވަމެވެ. މި އޮތޯރިޓީއިން ޢާއްމުންނާ ޙިއްސާކުރާ މަޢުލޫމާތާއި އިރުޝާދު ދެމުންގެންދާނީ މި އޮތޯރިޓީގެ ރަސްމީ މަންސަތަކުންނެވެ. މިކަން ހުރިހާ ފަރާތްތަކުންވެސް ކަށަވަރުކުރުމަށް އެދެމެވެ،" އެންޑީއެމްއޭގެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން، ގުދުރަތީ ކާރިސާތައް ފަދަ އާންމު ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ހައްސާސް މައުލޫއުތަކުގައި، ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށާއި، ކަންކަމުގެ މައުލޫމާތު ފެތުރުމުގައި ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު އަމަލުކުރުމަށް އެންޑީއެމްއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޤައުމަށް ތަރައްޤީގެ އެންމެ ފައިދާހުރި ގޮތް ހޯދުމުގައި ދިވެހިންނަކީ ނަމޫނާ ބައެއް: ރައީސް
19 Nov 2026 ހަބަރު

ޤައުމަށް ތަރައްޤީގެ އެންމެ ފައިދާހުރި ގޮތް ހޯދުމުގައި ދިވެހިންނަކީ ނަމޫނާ ބައެއް: ރައީސް

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބު ކުރައްވައި ރައީސް ޑރ.މުއިއްޒު ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވީ، ދިވެހިންގެ ތާރީޚުގައި ދީނީ، ސިޔާސީ އަދި އިޤްތިޞާދީ ގޮތުން ނިންމާފައިވާ މުހިންމު ނިންމުންތަކުން ދައްކުވައިދެނީ ދިވެހިންނަކީ ޒަމާނީ ކުރިއެރުމާއި ހޭލުންތެރިކަމަށް އަބަދުވެސް ލޯބިކުރާ ބައެއް ކަމަށެވެ

ތާރީޚީ ކާމިޔާބެއް: ޕީއެންސީގެ މެންބަރުންގެ އަދަދު 100،000 އަށް
19 Nov 2026 ހަބަރު

ތާރީޚީ ކާމިޔާބެއް: ޕީއެންސީގެ މެންބަރުންގެ އަދަދު 100،000 އަށް

މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއެއްގައި 100،000 މެންބަރުން ހަމަވި ފުރަތަމަ ފަހަރެވެ.

ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ޢައްބާސް އިބްރާހިމަށް އަރުވައިފި
19 Nov 2026 ހަބަރު

ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ޢައްބާސް އިބްރާހިމަށް އަރުވައިފި

ޢައްބާސް އިބްރާހިމަކީ ދިވެހި ބަހާއި އަދަބިއްޔާތަށް 67 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ދީނުގެ ރޮނގުން ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމަށް އަރުވައިފި
19 Nov 2026 ހަބަރު

ދީނުގެ ރޮނގުން ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމަށް އަރުވައިފި

ޑރ. މުޙައްމަދު ރަޝީދު އިބްރާހިމަކީ ވަރަށް ބޮޑު ޢިލްމުވެރި އެކެވެ. ދިވެހީންގެ ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ވަރަށް ގިނަގުނަ މަސައްކަތްޕުޅު ކުރައްވާފައިވެ އެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބް ކުރުމުގައި އޮނަރަބަލް ލަގަބް ބޭނުންކުރަން ނިންމައިފި
19 Nov 2026 ހަބަރު

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބް ކުރުމުގައި އޮނަރަބަލް ލަގަބް ބޭނުންކުރަން ނިންމައިފި

އައު އުސޫލްގައިވާގޮތުން އުއްތަމަ ފަނޑިޔާރާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބު ކުރުމުގައި ލިބިފައިވާ މަގާމުގެ ނަމުގެ ކުރިއަށް އޮނަރަބަލް ލަގަބް ބޭނުންކުރަން ޖެހެއެވެ.

އުދަރެސްގެ 2 ވަނަ ޓަވަރުން ކަރަންޓު ކެނޑުނު ޔުނިޓްތަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި
19 Nov 2026 ހަބަރު

އުދަރެސްގެ 2 ވަނަ ޓަވަރުން ކަރަންޓު ކެނޑުނު ޔުނިޓްތަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި

އެފްޑީސީން ކުރިއަށްގެންދިޔަ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ކަރަންޓު ކެނޑެން މެދުވެރިވި ސަބަބަކީ އާތިންގ ނަރުތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އަދި މި މައްސަލައިގެ ސަބަބުން ގިނަ އަދަދެއްގެ އީއެލްސީބީ ތަކަށް ވަނީ ގެއްލުން ލިބިފައެވެ.

ރިއަލް އެސްޓޭޓް ބިލަށް، އާންމުންގެ ހިޔާލަށް ހުޅުވާލައިފި
19 Nov 2026 ހަބަރު

ރިއަލް އެސްޓޭޓް ބިލަށް، އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ބިލުގެ 98 ވަނަ މާއްދާގައިވާ ގޮތުން، ޖުވާ ކުޅުން ފަދަ ޝަރީޢަތުގައި ޙަރާމްކުރައްވާފައިވާ ކަންކަމަށް މަގުފަހިވާ އެއްވެސް ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް މި ޒޯންތަކުގައި ނުހިންގޭނެއެވެ. މި ބިލަށް ހިޔާލު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޑިސެމްބަރުމަހުގެ ދެވަނަ ދުވަހެވެ

ތިން އަހަރުތެރޭގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވުނު: ދާހިލީ ވުޒާރާ
19 Nov 2026 ހަބަރު

ތިން އަހަރުތެރޭގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވުނު: ދާހިލީ ވުޒާރާ

ދާހިލީ ވުޒާރާއިން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދިވެހިރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލައާއި ގުޅޭގޮތުން ކަންބޮޑުވާފަދަ އަދަދުތަކެއް ހިއްސާކޮށްފައިވެއެވެ.