ޖުމްހޫޜީދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ..
ޖުމްހޫޜީދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ..
ހަބަރު 19 Nov 2026 | 22:46

ޤައުމަށް ތަރައްޤީގެ އެންމެ ފައިދާހުރި ގޮތް ހޯދުމުގައި ދިވެހިންނަކީ ނަމޫނާ ބައެއް: ރައީސް

ޤައުމަށް ތަރައްޤީގެ އެންމެ ފައިދާހުރި އަދި އެންމެ ލާބަހުރި ގޮތްތައް ހޯދައި، އެ މަގުން ކުރިއަށް ދިއުމުގައި ދިވެހި ރައްޔިތުންނަކީ އަބަދުވެސް ލާމަސީލު ނަމޫނާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބު ކުރައްވައި ރައީސް ޑރ.މުއިއްޒު ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވީ، ދިވެހިންގެ ތާރީޚުގައި ދީނީ، ސިޔާސީ އަދި އިޤްތިޞާދީ ގޮތުން ނިންމާފައިވާ މުހިންމު ނިންމުންތަކުން ދައްކުވައިދެނީ ދިވެހިންނަކީ ޒަމާނީ ކުރިއެރުމާއި ހޭލުންތެރިކަމަށް އަބަދުވެސް ލޯބިކުރާ ބައެއް ކަމަށެވެ.

އެގޮތުން، ދުނިޔެއަށް އިސްލާމްދީން ފެތުރިގެން ދިޔައިރު، ވަށައިގެންވާ މާޙައުލަށް ބެލުމެއް ނެތި ދިވެހިން އިސްލާމްދީން ޚިޔާރުކުރީ އެއީ ޙައްޤު ދީން ކަމުގައި ވާތީ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިޔާސީ ގޮތުން ބަލާއިރު މި ސަރަޙައްދުގައި އެންމެ ފުރަތަމަ ލިޔެވިފައިވާ ޤާނޫނު އަސާސީއެއް އެކުލަވާލައި، ރަސްކަމަކުން އިންތިޚާބީ ރަސްކަމަކަށް، އަދި ޖުމްހޫރިއްޔަތަކުން ޒަމާނީ ޑިމޮކްރަސީއަށް ދިވެހިން ކުރި ދަތުރަކީ ވެސް ޤައުމަށް އެންމެ ފައިދާހުރި މަގު އިޚްތިޔާރުކުރުމުގެ ހެއްކެއް ކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ރާއްޖޭގެ ތަރައްޤީގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ ކުރީގެ ވެރިން ގެންނެވި ބަދަލުތަކުގެ މިސާލު ދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަންހެން ކުދިންނަށް ތަޢުލީމު ދެއްވުމަށާއި، ރަށްރަށުގައި ފުޅާ މަގުތައް ހެއްދެވުމަށް ފެއްޓެވި މަސައްކަތްޕުޅަށް ބައެއް ފަރާތްތަކުން ދެކޮޅުހެދި ނަމަވެސް، ރައްޔިތުން އެކަން ބަލައިގަނެ ޤައުމަށް ފައިދާހުރި ނަތީޖާ ނެރެދިންކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ދެވަނަ ރައީސް ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރުގެ ޒައާމަތުގައި މަސްދޯނިފަހަރުގައި އިންޖީނު އެޅުމަށް ބަޔަކު ދެކޮޅުހެދި ނަމަވެސް، ވިސްނުންތެރި އޮޑިވެރިން އެކަން ބަލައިގަތުމާއި، ރާއްޖޭގައި ފަތުރުވެރިކަން ނުހިންގޭނެ ކަމަށް ބޭރުގެ މާހިރުން ނިންމާފައި ވަނިކޮށް ދިވެހިން ނުކުމެ އެ ސިނާޢަތް ކާމިޔާބުކޮށް، މިއަދު އިޤްތިޞާދުގެ މައި ތަނބަކަށް ހަދާފައިވާކަން ވެސް ރައީސް ހަނދާންކޮށްދެއްވިއެވެ.

މި ޙާދިސާތަކަށް ބަލާއިރު ވެސް ދިވެހި ރައްޔިތުން ކުރެ ގިނަ ބޭފުޅުން އަބަދުވެސް ކުރިއެރުމާ ޒަމާނީ ތަރައްޤީ އަށް މަރުޙަބާ ވިދާޅުވާ ކަން އެނގޭ. އިސްކުރައްވަނީ ޤައުމީ ވިސްނުންކަން ސާފުވޭ. އެހެނީ ދިވެހި ރައްޔިތުން އެވަނީ ހޭލުންތެރި ކަމަށް މަދަނީ ތަރައްޤީ އަށް ބޮޑު ތަރުޙީބެއް ދެއްވާފަ. ދިވެހި ރައްޔިތުން ބޭނުންވަނީ ހޭލުންތެރި ދިވެހި ޤައުމެއް.

ރައީސް ޑރ.މުއިއްޒު

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ ތަރައްޤީގެ ސިޔާސަތު ބިނާވެފައިވަނީ އިސްލާމްދީނުގެ މަތީގައިވާ އިންސާނީ ތަރައްޤީއާއި، ޒަމާނީ ޢުމްރާނީ ތަރައްޤީގެ މައްޗަށް ކަމަށެވެ. އަދި އަމާޒަކީ ދިވެހި ޤައުމިއްޔަތާއި އިސްލާމީ ބިންގަލުގެ މަތީގައި ސިޔާދަތާއި މިނިވަންކަން ދަމަހައްޓައި، އީޖާދީ އިޤްތިޞާދަކާއި ތަޢުލީމީ، ހުނަރުވެރި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކޮށް، ދުނިޔެއަށް ލޯހުޅުވިފައިވާ ތަހުޒީބީ ޤައުމަކަށް ދިވެހިރާއްޖެ ހެއްދެވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތާރީޚީ ކާމިޔާބެއް: ޕީއެންސީގެ މެންބަރުންގެ އަދަދު 100،000 އަށް
19 Nov 2026 ހަބަރު

ތާރީޚީ ކާމިޔާބެއް: ޕީއެންސީގެ މެންބަރުންގެ އަދަދު 100،000 އަށް

މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއެއްގައި 100،000 މެންބަރުން ހަމަވި ފުރަތަމަ ފަހަރެވެ.

ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ޢައްބާސް އިބްރާހިމަށް އަރުވައިފި
19 Nov 2026 ހަބަރު

ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ޢައްބާސް އިބްރާހިމަށް އަރުވައިފި

ޢައްބާސް އިބްރާހިމަކީ ދިވެހި ބަހާއި އަދަބިއްޔާތަށް 67 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ދީނުގެ ރޮނގުން ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމަށް އަރުވައިފި
19 Nov 2026 ހަބަރު

ދީނުގެ ރޮނގުން ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމަށް އަރުވައިފި

ޑރ. މުޙައްމަދު ރަޝީދު އިބްރާހިމަކީ ވަރަށް ބޮޑު ޢިލްމުވެރި އެކެވެ. ދިވެހީންގެ ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ވަރަށް ގިނަގުނަ މަސައްކަތްޕުޅު ކުރައްވާފައިވެ އެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބް ކުރުމުގައި އޮނަރަބަލް ލަގަބް ބޭނުންކުރަން ނިންމައިފި
19 Nov 2026 ހަބަރު

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބް ކުރުމުގައި އޮނަރަބަލް ލަގަބް ބޭނުންކުރަން ނިންމައިފި

އައު އުސޫލްގައިވާގޮތުން އުއްތަމަ ފަނޑިޔާރާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބު ކުރުމުގައި ލިބިފައިވާ މަގާމުގެ ނަމުގެ ކުރިއަށް އޮނަރަބަލް ލަގަބް ބޭނުންކުރަން ޖެހެއެވެ.

ސުނާމީއެއްގެ އިންޒާރު ދީފައެއް ނުވާނެ، ދައުރުވަމުން ދަނީ ދޮގު މެސެޖެއް: އެންޑީއެމްއޭ
19 Nov 2026 ހަބަރު

ސުނާމީއެއްގެ އިންޒާރު ދީފައެއް ނުވާނެ، ދައުރުވަމުން ދަނީ ދޮގު މެސެޖެއް: އެންޑީއެމްއޭ

އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އައިސް، އޭގެ ސަބަބުން ރާއްޖެއަށް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު އެންޑީއެމްއޭއިން ދީފައިވާ ކަމަށް ބުނެ، މިއަދުގެ ވަގުތެއްގައި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މެސެޖެއް ވަނީ ދައުރުވާން ފަށައިފައެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދިފައި ވަނިކޮށް، އެންޑީއެމްއޭ އިން ވަނީ އެ މައުލޫމާތުތައް ދޮގުކޮށްފައެވެ.

އުދަރެސްގެ 2 ވަނަ ޓަވަރުން ކަރަންޓު ކެނޑުނު ޔުނިޓްތަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި
19 Nov 2026 ހަބަރު

އުދަރެސްގެ 2 ވަނަ ޓަވަރުން ކަރަންޓު ކެނޑުނު ޔުނިޓްތަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި

އެފްޑީސީން ކުރިއަށްގެންދިޔަ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ކަރަންޓު ކެނޑެން މެދުވެރިވި ސަބަބަކީ އާތިންގ ނަރުތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އަދި މި މައްސަލައިގެ ސަބަބުން ގިނަ އަދަދެއްގެ އީއެލްސީބީ ތަކަށް ވަނީ ގެއްލުން ލިބިފައެވެ.

ރިއަލް އެސްޓޭޓް ބިލަށް، އާންމުންގެ ހިޔާލަށް ހުޅުވާލައިފި
19 Nov 2026 ހަބަރު

ރިއަލް އެސްޓޭޓް ބިލަށް، އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ބިލުގެ 98 ވަނަ މާއްދާގައިވާ ގޮތުން، ޖުވާ ކުޅުން ފަދަ ޝަރީޢަތުގައި ޙަރާމްކުރައްވާފައިވާ ކަންކަމަށް މަގުފަހިވާ އެއްވެސް ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް މި ޒޯންތަކުގައި ނުހިންގޭނެއެވެ. މި ބިލަށް ހިޔާލު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޑިސެމްބަރުމަހުގެ ދެވަނަ ދުވަހެވެ

ތިން އަހަރުތެރޭގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވުނު: ދާހިލީ ވުޒާރާ
19 Nov 2026 ހަބަރު

ތިން އަހަރުތެރޭގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވުނު: ދާހިލީ ވުޒާރާ

ދާހިލީ ވުޒާރާއިން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދިވެހިރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލައާއި ގުޅޭގޮތުން ކަންބޮޑުވާފަދަ އަދަދުތަކެއް ހިއްސާކޮށްފައިވެއެވެ.