ޤައުމީ ތަރައްޤީއާ ބެހޭ ކޮމިޓީ.. ފޮޓޯ: މަޖިލިސް
ޤައުމީ ތަރައްޤީއާ ބެހޭ ކޮމިޓީ.. ފޮޓޯ: މަޖިލިސް
ހަބަރު 19 Nov 2026 | 18:15

ރިއަލް އެސްޓޭޓް ބިލަށް، އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އިސްޓޭޓް ބިލަށް އާންމުންގެ ހިޔާލަށް އެދި މިއަދު ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާނެވެ. މި ބިލް މިހާރު އޮތީ ދިރާސާކުރުމުގެ މަރުހަލާގައި މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީގައެވެ. މި ބިލް ކޮމިޓީއަށް ފޮނުވާފައިވަނީ އިއްޔެއެވެ.

ސަރުކާރުން މި ބިލް ހުށަހެޅުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމާއި، ހާމަކަންބޮޑު އަދި ޖަވާބުދާރީވަނިވި ނިޒާމެއްގެ ތެރެއިން މި ވިޔަފާރި ހިންގޭނެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުން ހިމެނެއެވެ. މީގެ އިތުރުން، މި ދާއިރާގައި މަސައްކަތްކުރާ ޑިވެލޮޕަރުން ރަޖިސްޓަރީކުރުމާއި، އެ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުމާއި، ޕްރޮޕަޓީ ގަންނަ ފަރާތްތަކުގެ މަޞްލަޙަތު ރައްކާތެރިކުރުމުގެ އިތުރުން މުޅި ނިޒާމު މޮނިޓަރކުރެވޭނެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުންވެސް މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ސަރުކާރުން ރަސްމާލޭގެ ބިމުގެ ބައެއް ތަރައްޤީކޮށް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސްއަށް ދިނުމަށް މަސައްކަތްކުރަމުންދަނިކޮށް ރިއަލް އެސްޓޭޓް ބިލް އާންމުންގެ ހިޔާލަށް ހުޅުވާލާފައިވާއިރު، އެފަދަ މަޝްރޫޢުއާ ގުޅުންހުރި ބައެއް ކަންކަން މި ބިލްގައި ހިމެނޭކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ބޭރުގެ އެއްވެސް ޕާޓިއަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި މަޝްރުޢުއެއް ކުރިއަށްގެންދެވޭނީ އިސްލާމީ ޝަރިއަތާ ހިލާފް ނުވާ ގޮތުގެ މަތިންނެވެ. އެގޮތުން ބިލުގެ 77 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ، މިފަދަ ޒޯންތަކުގައި ތަރައްޤީކުރާ ތަންތަނަށް އަދި އެތަނުގައި ހިންގާ ވިޔަފާރިތަކަށް ނުވަތަ ދިރިއުޅޭ ފަރާތްތަކަށް ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި އޫރުމަހުން އުފައްދާ ތަކެތި އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުމަކީ މުޅިން މަނާކަމެއް ކަމަށެވެ.

އަދި ބިލުގެ 98 ވަނަ މާއްދާގައިވާ ގޮތުން، ޖުވާ ކުޅުން ފަދަ ޝަރީޢަތުގައި ޙަރާމްކުރައްވާފައިވާ ކަންކަމަށް މަގުފަހިވާ އެއްވެސް ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް މި ޒޯންތަކުގައި ނުހިންގޭނެއެވެ. މި ބިލަށް ހިޔާލު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޑިސެމްބަރުމަހުގެ ދެވަނަ ދުވަހެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޤައުމަށް ތަރައްޤީގެ އެންމެ ފައިދާހުރި ގޮތް ހޯދުމުގައި ދިވެހިންނަކީ ނަމޫނާ ބައެއް: ރައީސް
19 Nov 2026 ހަބަރު

ޤައުމަށް ތަރައްޤީގެ އެންމެ ފައިދާހުރި ގޮތް ހޯދުމުގައި ދިވެހިންނަކީ ނަމޫނާ ބައެއް: ރައީސް

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބު ކުރައްވައި ރައީސް ޑރ.މުއިއްޒު ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވީ، ދިވެހިންގެ ތާރީޚުގައި ދީނީ، ސިޔާސީ އަދި އިޤްތިޞާދީ ގޮތުން ނިންމާފައިވާ މުހިންމު ނިންމުންތަކުން ދައްކުވައިދެނީ ދިވެހިންނަކީ ޒަމާނީ ކުރިއެރުމާއި ހޭލުންތެރިކަމަށް އަބަދުވެސް ލޯބިކުރާ ބައެއް ކަމަށެވެ

ތާރީޚީ ކާމިޔާބެއް: ޕީއެންސީގެ މެންބަރުންގެ އަދަދު 100،000 އަށް
19 Nov 2026 ހަބަރު

ތާރީޚީ ކާމިޔާބެއް: ޕީއެންސީގެ މެންބަރުންގެ އަދަދު 100،000 އަށް

މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއެއްގައި 100،000 މެންބަރުން ހަމަވި ފުރަތަމަ ފަހަރެވެ.

ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ޢައްބާސް އިބްރާހިމަށް އަރުވައިފި
19 Nov 2026 ހަބަރު

ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ޢައްބާސް އިބްރާހިމަށް އަރުވައިފި

ޢައްބާސް އިބްރާހިމަކީ ދިވެހި ބަހާއި އަދަބިއްޔާތަށް 67 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ދީނުގެ ރޮނގުން ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމަށް އަރުވައިފި
19 Nov 2026 ހަބަރު

ދީނުގެ ރޮނގުން ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމަށް އަރުވައިފި

ޑރ. މުޙައްމަދު ރަޝީދު އިބްރާހިމަކީ ވަރަށް ބޮޑު ޢިލްމުވެރި އެކެވެ. ދިވެހީންގެ ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ވަރަށް ގިނަގުނަ މަސައްކަތްޕުޅު ކުރައްވާފައިވެ އެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބް ކުރުމުގައި އޮނަރަބަލް ލަގަބް ބޭނުންކުރަން ނިންމައިފި
19 Nov 2026 ހަބަރު

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބް ކުރުމުގައި އޮނަރަބަލް ލަގަބް ބޭނުންކުރަން ނިންމައިފި

އައު އުސޫލްގައިވާގޮތުން އުއްތަމަ ފަނޑިޔާރާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބު ކުރުމުގައި ލިބިފައިވާ މަގާމުގެ ނަމުގެ ކުރިއަށް އޮނަރަބަލް ލަގަބް ބޭނުންކުރަން ޖެހެއެވެ.

ސުނާމީއެއްގެ އިންޒާރު ދީފައެއް ނުވާނެ، ދައުރުވަމުން ދަނީ ދޮގު މެސެޖެއް: އެންޑީއެމްއޭ
19 Nov 2026 ހަބަރު

ސުނާމީއެއްގެ އިންޒާރު ދީފައެއް ނުވާނެ، ދައުރުވަމުން ދަނީ ދޮގު މެސެޖެއް: އެންޑީއެމްއޭ

އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އައިސް، އޭގެ ސަބަބުން ރާއްޖެއަށް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު އެންޑީއެމްއޭއިން ދީފައިވާ ކަމަށް ބުނެ، މިއަދުގެ ވަގުތެއްގައި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މެސެޖެއް ވަނީ ދައުރުވާން ފަށައިފައެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދިފައި ވަނިކޮށް، އެންޑީއެމްއޭ އިން ވަނީ އެ މައުލޫމާތުތައް ދޮގުކޮށްފައެވެ.

އުދަރެސްގެ 2 ވަނަ ޓަވަރުން ކަރަންޓު ކެނޑުނު ޔުނިޓްތަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި
19 Nov 2026 ހަބަރު

އުދަރެސްގެ 2 ވަނަ ޓަވަރުން ކަރަންޓު ކެނޑުނު ޔުނިޓްތަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި

އެފްޑީސީން ކުރިއަށްގެންދިޔަ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ކަރަންޓު ކެނޑެން މެދުވެރިވި ސަބަބަކީ އާތިންގ ނަރުތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އަދި މި މައްސަލައިގެ ސަބަބުން ގިނަ އަދަދެއްގެ އީއެލްސީބީ ތަކަށް ވަނީ ގެއްލުން ލިބިފައެވެ.

ތިން އަހަރުތެރޭގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވުނު: ދާހިލީ ވުޒާރާ
19 Nov 2026 ހަބަރު

ތިން އަހަރުތެރޭގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވުނު: ދާހިލީ ވުޒާރާ

ދާހިލީ ވުޒާރާއިން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދިވެހިރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލައާއި ގުޅޭގޮތުން ކަންބޮޑުވާފަދަ އަދަދުތަކެއް ހިއްސާކޮށްފައިވެއެވެ.