އުދަރެސްގެ 2 ވަނަ ޓަވަރުން ކަރަންޓު ކެނޑުނު ޔުނިޓްތަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި
އަމާން އުދަރެސްގެ 2 ވަނަ ޓަވަރުން އިއްޔެ ކަރަންޓު ކެނޑުނު ޔުނިޓްތަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފިއެވެ.
އެފްޑީސީން ކުރިއަށްގެންދިޔަ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ކަރަންޓު ކެނޑެން މެދުވެރިވި ސަބަބަކީ އާތް ނަރުތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އަދި މި މައްސަލައިގެ ސަބަބުން ގިނަ އަދަދެއްގެ އީއެލްސީބީ ތަކަށް ވަނީ ގެއްލުން ލިބިފައެވެ.
މިކަމާ ގުޅިގެން ގެއްލުންވި އީއެލްސީބީތައް ވަގުތުން ބަދަލުކޮށްފައިވާ ކަމަށް އެފްޑީސީން ބުނެއެވެ. އަދި މިހާރު ކުރިއަށްދަނީ މައްސަލަ ޖެހިފައިވާ އާތް ނިޒާމު މަރާމާތުކޮށް އެކަން މުޅިން ބަދަލުކުރުމުގެ މުހިންމު މަސައްކަތްތަކެކެވެ.
މި މަރާމާތުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ކަރަންޓުގެ ހިދުމަތަށް އަލުން ބުރޫއެރުމުގެ ފުރުސަތު އޮތުމާއެކު، އެ ޓަވަރުގައި ދިރިއުޅުއްވާ އެންމެހައި ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްއެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އީއެލްސީބީ ތަކުގެ މައްސަލަތަކުގައި މެދުނުކެނޑި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެފްޑީސީ އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ ގުޅިގެން އިތުރު މަސައްކަތްތައް ކުރަމުންދާ ކަމަށް އެފްޑީސީން މައުލޫމާތުދެއެވެ. އަދި އެއްވެސް ޔުނިޓަކުން މިކަމާ ގުޅުންހުންހުރި އިތުރު މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، ވީއެންމެ އަވަހަކަށް އެ ކޯޕަރޭޝަނަށް އެ މައުލޫމާތެއް ހިއްސާކުރުމަށް އެދިފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް