ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު --
ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު --
ހަބަރު 19 Nov 2026 | 22:03

ތާރީޚީ ކާމިޔާބެއް: ޕީއެންސީގެ މެންބަރުންގެ އަދަދު 100،000 އަށް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަދަދު 100،000 ވުރެ އިތުރުވެއްޖެ އެވެ. މިއީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ޕާޓީއެއްގައި މިހާ ގިނަ އަދަދަކަށް މެންބަރުން ހިމެނުނު ފުރަތަމަ ފަހަރެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން ސަރުކާރު ހިންގާ ޕީއެންސީގައި މިވަގުތު 100،083 މެންބަރުން އެބަ ތިއްބެވެ. އެ ޕާޓީން ވަނީ މި އަހަރުގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ އަދަދު 100،000 ގެންދިއުމަށް އަމާޒު ކޮށް މަސައްކަތް ކޮށްފަ އެވެ.

މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއެއްގައި 100،000 މެންބަރުން ހަމަވި ފުރަތަމަ ފަހަރެވެ.

ޕީއެންސީގެ އިތުރުން ދެން އެންމެ މެންބަރުން ގިނައީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގަ އެވެ. އެ ޕާޓީގައި 53،747މެންބަރުން އެބަ ތިއްބެވި އެވެ. މިއީ ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭ އަދަދަށް މެންބަރުން ހަމަވާ ހަމައެކަނި ދެ ޕާޓީ އެވެ. އެ ދެ ޕާޓީގައި ނޫނީ 10،000 މެންބަރުން ހަމައެއް ނުވެ އެވެ.

އަދި ބައެއް ޕާޓީތަކުގައި ގާނޫނީ އަދަދުވެސް ހަމަނުވެ އެވެ. އެގޮތުން ސިޔާސީ ޕާޓީއެއްގައި މެންބަރުން ތިބެން ޖެހޭ ގާނޫނީ އަދަދު ކަމުގައިވާ 3،000 ހަމަނުވާ ދެ ޕާޓީ އެބަ އޮތެވެ.

އެއީ ކުރީގެ ރައީސް ޔާމީން އިސްވެ އުފައްދާފައިވާ ޕީޕަލްސް ނެޝަނަލް ފްރަންޓާއި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ރައީސްކަން ކުރައްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ އެވެ. ޕީއެންއެފްގައި ތިބީ 2،536 މެންބަރުންނެވެ. އެމްއެންޕީގައި ތިބީ 2،809 މެންބަރުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޤައުމަށް ތަރައްޤީގެ އެންމެ ފައިދާހުރި ގޮތް ހޯދުމުގައި ދިވެހިންނަކީ ނަމޫނާ ބައެއް: ރައީސް
19 Nov 2026 ހަބަރު

ޤައުމަށް ތަރައްޤީގެ އެންމެ ފައިދާހުރި ގޮތް ހޯދުމުގައި ދިވެހިންނަކީ ނަމޫނާ ބައެއް: ރައީސް

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބު ކުރައްވައި ރައީސް ޑރ.މުއިއްޒު ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވީ، ދިވެހިންގެ ތާރީޚުގައި ދީނީ، ސިޔާސީ އަދި އިޤްތިޞާދީ ގޮތުން ނިންމާފައިވާ މުހިންމު ނިންމުންތަކުން ދައްކުވައިދެނީ ދިވެހިންނަކީ ޒަމާނީ ކުރިއެރުމާއި ހޭލުންތެރިކަމަށް އަބަދުވެސް ލޯބިކުރާ ބައެއް ކަމަށެވެ

ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ޢައްބާސް އިބްރާހިމަށް އަރުވައިފި
19 Nov 2026 ހަބަރު

ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ޢައްބާސް އިބްރާހިމަށް އަރުވައިފި

ޢައްބާސް އިބްރާހިމަކީ ދިވެހި ބަހާއި އަދަބިއްޔާތަށް 67 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ދީނުގެ ރޮނގުން ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމަށް އަރުވައިފި
19 Nov 2026 ހަބަރު

ދީނުގެ ރޮނގުން ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމަށް އަރުވައިފި

ޑރ. މުޙައްމަދު ރަޝީދު އިބްރާހިމަކީ ވަރަށް ބޮޑު ޢިލްމުވެރި އެކެވެ. ދިވެހީންގެ ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ވަރަށް ގިނަގުނަ މަސައްކަތްޕުޅު ކުރައްވާފައިވެ އެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބް ކުރުމުގައި އޮނަރަބަލް ލަގަބް ބޭނުންކުރަން ނިންމައިފި
19 Nov 2026 ހަބަރު

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބް ކުރުމުގައި އޮނަރަބަލް ލަގަބް ބޭނުންކުރަން ނިންމައިފި

އައު އުސޫލްގައިވާގޮތުން އުއްތަމަ ފަނޑިޔާރާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބު ކުރުމުގައި ލިބިފައިވާ މަގާމުގެ ނަމުގެ ކުރިއަށް އޮނަރަބަލް ލަގަބް ބޭނުންކުރަން ޖެހެއެވެ.

ސުނާމީއެއްގެ އިންޒާރު ދީފައެއް ނުވާނެ، ދައުރުވަމުން ދަނީ ދޮގު މެސެޖެއް: އެންޑީއެމްއޭ
19 Nov 2026 ހަބަރު

ސުނާމީއެއްގެ އިންޒާރު ދީފައެއް ނުވާނެ، ދައުރުވަމުން ދަނީ ދޮގު މެސެޖެއް: އެންޑީއެމްއޭ

އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އައިސް، އޭގެ ސަބަބުން ރާއްޖެއަށް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު އެންޑީއެމްއޭއިން ދީފައިވާ ކަމަށް ބުނެ، މިއަދުގެ ވަގުތެއްގައި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މެސެޖެއް ވަނީ ދައުރުވާން ފަށައިފައެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދިފައި ވަނިކޮށް، އެންޑީއެމްއޭ އިން ވަނީ އެ މައުލޫމާތުތައް ދޮގުކޮށްފައެވެ.

އުދަރެސްގެ 2 ވަނަ ޓަވަރުން ކަރަންޓު ކެނޑުނު ޔުނިޓްތަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި
19 Nov 2026 ހަބަރު

އުދަރެސްގެ 2 ވަނަ ޓަވަރުން ކަރަންޓު ކެނޑުނު ޔުނިޓްތަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި

އެފްޑީސީން ކުރިއަށްގެންދިޔަ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ކަރަންޓު ކެނޑެން މެދުވެރިވި ސަބަބަކީ އާތިންގ ނަރުތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އަދި މި މައްސަލައިގެ ސަބަބުން ގިނަ އަދަދެއްގެ އީއެލްސީބީ ތަކަށް ވަނީ ގެއްލުން ލިބިފައެވެ.

ރިއަލް އެސްޓޭޓް ބިލަށް، އާންމުންގެ ހިޔާލަށް ހުޅުވާލައިފި
19 Nov 2026 ހަބަރު

ރިއަލް އެސްޓޭޓް ބިލަށް، އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ބިލުގެ 98 ވަނަ މާއްދާގައިވާ ގޮތުން، ޖުވާ ކުޅުން ފަދަ ޝަރީޢަތުގައި ޙަރާމްކުރައްވާފައިވާ ކަންކަމަށް މަގުފަހިވާ އެއްވެސް ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް މި ޒޯންތަކުގައި ނުހިންގޭނެއެވެ. މި ބިލަށް ހިޔާލު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޑިސެމްބަރުމަހުގެ ދެވަނަ ދުވަހެވެ

ތިން އަހަރުތެރޭގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވުނު: ދާހިލީ ވުޒާރާ
19 Nov 2026 ހަބަރު

ތިން އަހަރުތެރޭގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވުނު: ދާހިލީ ވުޒާރާ

ދާހިލީ ވުޒާރާއިން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދިވެހިރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލައާއި ގުޅޭގޮތުން ކަންބޮޑުވާފަދަ އަދަދުތަކެއް ހިއްސާކޮށްފައިވެއެވެ.