ސްޕްރީމްކޯޓް
ސްޕްރީމްކޯޓް
ހަބަރު 19 Nov 2026 | 21:43

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބް ކުރުމުގައި އޮނަރަބަލް ލަގަބް ބޭނުންކުރަން ނިންމައިފި

އުއްތަމަ ފަނޑިޔާރުގެ އިތުރުން ރާއްޖޭގެ އެންމެ މަތީ ކޯޓް، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރުމުގައި އޮނަރަބަލް ބޭނުންކުރާ ގޮތަށް ޖޭއެސްސީން ނިންމައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ ކޯޓްތަކުގެ ފަނޑިޔާރުންނާ މުހާތަބުކުރުމުގައި މީގެ ކުރިން އަމަލުކުރަމުން އައި އުސޫލް ބާތިލްކޮށް އައު އުސޫލެއް ނެރެފައެވެ. އައު އުސޫލްގައިވާގޮތުން އުއްތަމަ ފަނޑިޔާރާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބު ކުރުމުގައި ލިބިފައިވާ މަގާމުގެ ނަމުގެ ކުރިއަށް އޮނަރަބަލް ލަގަބް ބޭނުންކުރަން ޖެހެއެވެ.

މިއަދު ނެރުނު ސާކިއުލާގައި ވާގޮތުން އުއްތަމަ ފަނޑިޔާރާއި ސްޕްރީމް ކޯޓުގެ އިތުރުން ހައި ކޯޓާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް އަލްއުސްތާޛް/އަލްއުސްތާޛާ/ ނުވަތަ ޑޮކްޓަރުގެ ލަގަބް ލިބިފައިވާނަމަ އެ ލަގަބް ބޭނުންކުރަން ޖެހެއެވެ.

ޖޭއެސްސީން މީގެ ކުރިން ނެރެފައިވާ ސާކިއުލާގައި ވާގޮތުން މީގެ ކުރިން ފަނޑިޔާރުންނަށް ބޭނުންކުރަންޖެހެނީ މަގާމުގެ ނަމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޤައުމަށް ތަރައްޤީގެ އެންމެ ފައިދާހުރި ގޮތް ހޯދުމުގައި ދިވެހިންނަކީ ނަމޫނާ ބައެއް: ރައީސް
19 Nov 2026 ހަބަރު

ޤައުމަށް ތަރައްޤީގެ އެންމެ ފައިދާހުރި ގޮތް ހޯދުމުގައި ދިވެހިންނަކީ ނަމޫނާ ބައެއް: ރައީސް

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބު ކުރައްވައި ރައީސް ޑރ.މުއިއްޒު ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވީ، ދިވެހިންގެ ތާރީޚުގައި ދީނީ، ސިޔާސީ އަދި އިޤްތިޞާދީ ގޮތުން ނިންމާފައިވާ މުހިންމު ނިންމުންތަކުން ދައްކުވައިދެނީ ދިވެހިންނަކީ ޒަމާނީ ކުރިއެރުމާއި ހޭލުންތެރިކަމަށް އަބަދުވެސް ލޯބިކުރާ ބައެއް ކަމަށެވެ

ތާރީޚީ ކާމިޔާބެއް: ޕީއެންސީގެ މެންބަރުންގެ އަދަދު 100،000 އަށް
19 Nov 2026 ހަބަރު

ތާރީޚީ ކާމިޔާބެއް: ޕީއެންސީގެ މެންބަރުންގެ އަދަދު 100،000 އަށް

މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއެއްގައި 100،000 މެންބަރުން ހަމަވި ފުރަތަމަ ފަހަރެވެ.

ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ޢައްބާސް އިބްރާހިމަށް އަރުވައިފި
19 Nov 2026 ހަބަރު

ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ޢައްބާސް އިބްރާހިމަށް އަރުވައިފި

ޢައްބާސް އިބްރާހިމަކީ ދިވެހި ބަހާއި އަދަބިއްޔާތަށް 67 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ދީނުގެ ރޮނގުން ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމަށް އަރުވައިފި
19 Nov 2026 ހަބަރު

ދީނުގެ ރޮނގުން ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމަށް އަރުވައިފި

ޑރ. މުޙައްމަދު ރަޝީދު އިބްރާހިމަކީ ވަރަށް ބޮޑު ޢިލްމުވެރި އެކެވެ. ދިވެހީންގެ ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ވަރަށް ގިނަގުނަ މަސައްކަތްޕުޅު ކުރައްވާފައިވެ އެވެ.

ސުނާމީއެއްގެ އިންޒާރު ދީފައެއް ނުވާނެ، ދައުރުވަމުން ދަނީ ދޮގު މެސެޖެއް: އެންޑީއެމްއޭ
19 Nov 2026 ހަބަރު

ސުނާމީއެއްގެ އިންޒާރު ދީފައެއް ނުވާނެ، ދައުރުވަމުން ދަނީ ދޮގު މެސެޖެއް: އެންޑީއެމްއޭ

އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އައިސް، އޭގެ ސަބަބުން ރާއްޖެއަށް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު އެންޑީއެމްއޭއިން ދީފައިވާ ކަމަށް ބުނެ، މިއަދުގެ ވަގުތެއްގައި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މެސެޖެއް ވަނީ ދައުރުވާން ފަށައިފައެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދިފައި ވަނިކޮށް، އެންޑީއެމްއޭ އިން ވަނީ އެ މައުލޫމާތުތައް ދޮގުކޮށްފައެވެ.

އުދަރެސްގެ 2 ވަނަ ޓަވަރުން ކަރަންޓު ކެނޑުނު ޔުނިޓްތަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި
19 Nov 2026 ހަބަރު

އުދަރެސްގެ 2 ވަނަ ޓަވަރުން ކަރަންޓު ކެނޑުނު ޔުނިޓްތަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި

އެފްޑީސީން ކުރިއަށްގެންދިޔަ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ކަރަންޓު ކެނޑެން މެދުވެރިވި ސަބަބަކީ އާތިންގ ނަރުތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އަދި މި މައްސަލައިގެ ސަބަބުން ގިނަ އަދަދެއްގެ އީއެލްސީބީ ތަކަށް ވަނީ ގެއްލުން ލިބިފައެވެ.

ރިއަލް އެސްޓޭޓް ބިލަށް، އާންމުންގެ ހިޔާލަށް ހުޅުވާލައިފި
19 Nov 2026 ހަބަރު

ރިއަލް އެސްޓޭޓް ބިލަށް، އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ބިލުގެ 98 ވަނަ މާއްދާގައިވާ ގޮތުން، ޖުވާ ކުޅުން ފަދަ ޝަރީޢަތުގައި ޙަރާމްކުރައްވާފައިވާ ކަންކަމަށް މަގުފަހިވާ އެއްވެސް ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް މި ޒޯންތަކުގައި ނުހިންގޭނެއެވެ. މި ބިލަށް ހިޔާލު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޑިސެމްބަރުމަހުގެ ދެވަނަ ދުވަހެވެ

ތިން އަހަރުތެރޭގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވުނު: ދާހިލީ ވުޒާރާ
19 Nov 2026 ހަބަރު

ތިން އަހަރުތެރޭގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވުނު: ދާހިލީ ވުޒާރާ

ދާހިލީ ވުޒާރާއިން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދިވެހިރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލައާއި ގުޅޭގޮތުން ކަންބޮޑުވާފަދަ އަދަދުތަކެއް ހިއްސާކޮށްފައިވެއެވެ.