ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި.. ފޮޓޯ: ކަސްތަމްސް
ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި.. ފޮޓޯ: ކަސްތަމްސް
ހަބަރު 19 Nov 2026 | 17:12

ތިން އަހަރުތެރޭގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވުނު: ދާހިލީ ވުޒާރާ

ވޭތުވެދިޔަ ތިން އަހަރުތެރޭގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަަކެތި އަތުލައިގެންފައިވާ ކަމަށް ދާހިލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދާހިލީ ވުޒާރާއިން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދިވެހިރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލައާއި ގުޅޭގޮތުން ކަންބޮޑުވާފަދަ އަދަދުތަކެއް ހިއްސާކޮށްފައިވެއެވެ.

އެގޮތުން، ވޭތުވެދިޔަ ތިން އަހަރުތެރޭގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމާބެހޭ ފަރާތްތަކުން އަތުލައިގެންފައިވާއިރު، 16،852 ބަނގުރާ ފުޅި އާއި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ 11 ތަނެއް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން، މަސްތުވާތަކެއްޗާއި ދެކޮޅަށް 508 އޮޕަރޭޝަން އާއި މަސްތުވާތަކެއްޗާއި ގުޅުންހުރި މާލީ ކުށްތަކާއި މަނީ ލޯންޑަރިންގ ގެ ތަހުގީގުތައްވެސް ކަމާބެހޭ ފަރާތްތަކުން ކުރިއަށް ގެންގޮސްފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ތިން އަހަރުތެރޭގައި އަތުލައިގެން މަސްތުވާތަކެތީގެ ބަރުދަން 1.32 ޓަނަށް އަރައެވެ.

މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ މަސްތުވާތަކެތި ގަނެވިއްކާ ފަރާތްތައް ހުއްޓުވުމުގެ ގޮތުން ގިނަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ. ހަމައެއާއެކު، ސަރުކާރުން ވަނީ މަސްތުވާތަކެއްޗާއި ގުޅޭ ކުށްތަކަށް ދެވޭ އަދަބުތައް އިތުރަށް ހަރުކަށި ކުރުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދޭ ތަންތަން ބަންދުކުރުމުގެ ބާރު ފުލުހުންނާއި ކޯޓުތަކަށް ލިބިދޭ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެނައި އިޞްލާހުތަކަށް 7 މާރިޗު 2026 އިން ފެށިގެން އަމަލުކުރަން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ގެނެވުނު އިޞްލާޙުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ޝައްކުކުރެވޭ ތަންތަން 24 ގަޑިއިރުގެ މުއްދަތަށް ބަންދުކުރުމުގެ ނޯޓިސް ދިނުމުގެ އިޚްތިޔާރު ފުލުހުންނަށް ވަނީ ދީފައެވެ. އަދި އެފަދަ ތަންތަން ގިނަވެގެން ތިން މަސް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމުގެ އަމުރު ނެރުމުގެ ޤާނޫނީ ބާރު ކޯޓުތަކަށް މިހާރު ވަނީ ލިބިދީފައެވެ.

ޤާނޫނުގައިވާ ގޮތުން މަސްތުވާތަކެތި ބޭނުންކުރުމަށް ތަނެއް ދެއްކުމާއި އެފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ. އެފަދަ ކުށެއް ސާބިތުވެއްޖެނަމަ 5 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އައުމާއެކު، 100,000 (އެއްލައްކަ) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. މީގެއިތުރުން، އެ ތަނަކީ މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ ތަނެއްކަން އެނގިހުރެ އެކަމަށް ހުއްދަދިނުމާއި އެކަން ހުއްޓުވަން މަސައްކަތް ނުކުރުމަކީ ވެސް، އެ ތަނެއްގެ ވެރިފަރާތާއި، ކުއްޔަށް ހިފާފައިވާ ފަރާތް ނުވަތަ އެ ތަނެއް ބެލެހެއްޓުމާ ޙަވާލުވެހުރި ފަރާތަކުން ކުރާ ޤާނޫނީ ކުށެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ.

ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުންނަ މުއްދަތުގައި، އެއްވެސް ހުއްދައަކާ ނުލައި އެފަދަ ތަންތަނަށް ވަދެނިކުމެ ހެދުމަކީ މަނާކަމެކެވެ. އަދި ބަންދުކޮށްފައިވާ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކަށާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާ ދެކޮޅަށް ޤާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމްއެންޔޫ އާއި ޕާކިސްތާން ހައިކޮމިޝަން ގުޅިގެން ހާއްސަ ބަހުސް މުބާރާތެއް ބާއްވައިފި
19 Nov 2026 ހަބަރު

އެމްއެންޔޫ އާއި ޕާކިސްތާން ހައިކޮމިޝަން ގުޅިގެން ހާއްސަ ބަހުސް މުބާރާތެއް ބާއްވައިފި

މިމަހުގެ 18 ވަނަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ދަރިވަރުންނާއި، އިލްމީ ދާއިރާގެ ބޭފުޅުންނާއި، ޑިޕްލޮމެޓުންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންނާއި ދައުވަތު އެރުވުނު ގިނަ އަދަދެއްގެ މެހެމާނުން ބައިވެރިވިއެވެ.

ކެބިނެޓް ބައްދަލްވުމުގައި ތިއްބަވާ ތަރުތީބު ބަދަލުކުރެއްވުން: ޑިމޮކްރެސީގެ ރަމްޒެއް
19 Nov 2026 ހަބަރު

ކެބިނެޓް ބައްދަލްވުމުގައި ތިއްބަވާ ތަރުތީބު ބަދަލުކުރެއްވުން: ޑިމޮކްރެސީގެ ރަމްޒެއް

މިބަދަލު ގެންނަވާފައިވަނީ މި ހިނގާ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވުނު ކެބިނެޓް ބައްދަލުވުމާއެކު އެވެ.

ޓަކާ ޓަކާ ގޮވައިގެން އާންމުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވުމަކީ ހީލަތްތެރި ކަމެއް: ރައީސް ނަޝީދު
19 Nov 2026 ހަބަރު

ޓަކާ ޓަކާ ގޮވައިގެން އާންމުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވުމަކީ ހީލަތްތެރި ކަމެއް: ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ތަރައްޤީކުރުމަށް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން އަޑުއުފުލަމުންދާތީ، އެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ބީއެމްއެލްއިން އަޅާ 182 ހައުސިން ޔުނިޓްގެ ކޮންކްރީޓް މަސައްކަތް ފަށައިފި
19 Nov 2026 ހަބަރު

ހުޅުމާލޭގައި ބީއެމްއެލްއިން އަޅާ 182 ހައުސިން ޔުނިޓްގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހުޅުމާލެ ފޭސް 1 ގައި ތަރައްޤީކުރާ 182 ހައުސިންގ ޔުނިޓްގެ ފައުންޑޭޝަން ތައްޔާރުކޮށް، ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދެ ޒުވާނުން ހައްޔަރުކޮށްފި
19 Nov 2026 ހަބަރު

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދެ ޒުވާނުން ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނޫރާނީވިލާ / އދ. ދިއްދޫ، ޙުސައިން ޒަޔާން (21އ) އާއި ގ. ސިނަމާލެ 022-13 / މާލެ، މުޙައްމަދު އިޔާޒް ޢަބްދުالله (21އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 17 ވަނަ ދުވަހުއެވެ.

ވޭތުވެދިޔަ 3 އަހަރު ތެރޭގައި އެމްޓީސީސީން 93 މަޝްރޫއެއް ނިންމައިފި
19 Nov 2026 ހަބަރު

ވޭތުވެދިޔަ 3 އަހަރު ތެރޭގައި އެމްޓީސީސީން 93 މަޝްރޫއެއް ނިންމައިފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 93 މަޝްރޫއެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، އަންނަ އަހަރުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި
19 Nov 2026 ހަބަރު

ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، އަންނަ އަހަރުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުވުމަށް އެމްއެންޔޫއިން ޚާއްޞަ ސެޝަނެއް ބާއްވައިފި
19 Nov 2026 ހަބަރު

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުވުމަށް އެމްއެންޔޫއިން ޚާއްޞަ ސެޝަނެއް ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) ގުޅިގެން، ޔުނިވަރސިޓީގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.