ކެބިނެޓް ބައްދަލްވުން: ތަރުތީބަށް ވަނީ ބަދަލު ގެންނަވާފައި
ކެބިނެޓް ބައްދަލްވުން: ތަރުތީބަށް ވަނީ ބަދަލު ގެންނަވާފައި
ހަބަރު 19 Nov 2026 | 15:43

ކެބިނެޓް ބައްދަލްވުމުގައި ތިއްބަވާ ތަރުތީބު ބަދަލުކުރެއްވުން: ޑިމޮކްރެސީގެ ރަމްޒެއް

ދިވެހިރާއްޖޭގެ ސަރުކާރު ކެބިނެޓް ބައްދަލުވުންތައް ބާއްވަމުން އައި ގޮތަށް ބޮޑު ބަދަލެއް ގެނެސް، ރައީސުލްޖުމްހޫރިއްޔާ މޭޒުކޮޅުގެ ފެށޭހަމައިގައި އިށީނދެވަޑައިގެން އިންނަވާ ގޮތަށް އޮންނަ ގޮތުން ބަދަލުކުރައްވާ، މޭޒުކޮޅުގެ މެދާއި ހަމައިން ރައީސް އިށީނދެވަޑައިގެން، ނައިބު ރައީސް ކުރިމަތިފުޅުގައި އަދި ދެ ފަރާތުގައި މިނިސްޓަރުން ތިއްބަވާ ގޮތަށް ބަދަލުކުރައްވާ އެގޮތަށް އަމަލު ކުރަން ފައްޓަވައިފި އެވެ.

މިބަދަލު ގެންނަވާފައިވަނީ މި ހިނގާ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވުނު ކެބިނެޓް ބައްދަލުވުމާއެކު އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ފޮޓޯތަކުން އެ ބަދަލު ފެނެ އެވެ. މިއީ ދުނިޔޭގެ ޑިމޮކްރެޓިކް ޤައުމުތަކުގައި ވެސް ކެބިނެޓް ބައްދަލްވުމުގެ ކަންކަން ތަރުތީބު ކުރެވިފައިވާގޮތްވެސްމެ އެވެ.

ރައީސް ކެބިނެޓް ބައްދަލްވުމުގައި
ރައީސް ކެބިނެޓް ބައްދަލްވުމުގައި

އާންމު ޤާއިދާއެއްގެ ގޮތުގައި ބެލެވެނީ، ވެރިކަމުގެ ބާރު އެކެއްގެ އަތުގައި ބަނދެވިފައި އޮންނަ ގޮތަށް ވެރިކަން ހިނގާ ޤައުމުތަކުގައި އެ ޤައުމުތަކުގެ ވެރީން ކެބިނެޓް ބައްދަލްވުންތަކުގައި މޭޒުގެ ކޮޅުގައި އިށީނދެވަޑައިގަންނަވާ ކަމުގަ އެވެ. ނަމަވެސް އިނގިރޭސިވިލާތާއި އެމެރިކާ ޤައުމުތަކުގައި އެ ޤައުމުތަކުގެ ވެރީން އިށީނދެވަޑައިގަންނަވަނީ ބިސްބުރު ކެބިނެޓް މޭޒުގެ މެދުގަ އެވެ. އެއީ ގުޅިގެން މަސައްކަތްކުރުމުގެ ރޫޙެއް ދެއްކެވުމުގެ ގޮތުންނެވެ.

ކެބިނެޓް ބައްދަލްވުމެއް
ކެބިނެޓް ބައްދަލްވުމެއް

އެމެރިކާގެ ވައިޓް ހައުސްގެ ކެބިނެޓް ރޫމުގައި ރައީސް އަބަދުވެސް އިށީނދެވަޑައިގަންނަވަނީ ބިސްބުރު މޭޒުގެ މެދުގައެވެ. ނައިބު ރައީސް އިންނަވަނީ ރައީސްގެ ކުރިފުޅުމައްޗަށް ވާ ގޮތަށެވެ. ކެބިނެޓް މެންބަރުން ތިބޭ ތަރުތީބު ކަނޑައެޅެނީ އެ ބޭފުޅެއްގެ ވުޒާރާ އުފެދުނު ތާރީޚީ ތަރުތީބުންނެވެ.

ހަމަ އެހެންމެ އިނގިރޭސިވިލާތުގެ 10 ޑައުނިން ސްޓްރީޓުގައި ވެސް ބޮޑުވަޒީރުގެ ގޮނޑިކޮޅު ހުންނަނީ މޭޒުގެ މެދުގައެވެ.

ކެބިނެޓް ބައްދަލްވުމެއް
ކެބިނެޓް ބައްދަލްވުމެއް

ރާއްޖޭގައި މިހާރު މި ގެނައި ބަދަލުގައި ވެސް ރައީސުލްޖުމްހުރިއްޔާ، ކެބިނެޓް މޭޒުކޮޅުގެ މެދުގައި އަދި ނައިބު ރައީސް އެމަނިކުފާނުގެ ކުރިފުޅުމައްޗަށް ވާ ގޮތަށް އަދި ދެ ފަރާތުގައި މިނިސްޓަރުން ތިއްބަވާ ގޮތަށް ހަމަޖެއްސެވުމަކީ ޑިމޮކްރެޓިކް ތަރުތީބެވެ. މި ބަދަލުން ދައްކުވައިދެނީ ވެރިޔާއަކީ ހައިރާކީގެ އެންމެ މަތީން ވަކީން ވެރިކަން ކުރައްވާ ބޭފުޅެއް ނޫން ކަމެވެ. އަދި ކެބިނެޓާ އެކު ގުޅިގެން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓަކާ ޓަކާ ގޮވައިގެން އާންމުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވުމަކީ ހީލަތްތެރި ކަމެއް: ރައީސް ނަޝީދު
19 Nov 2026 ހަބަރު

ޓަކާ ޓަކާ ގޮވައިގެން އާންމުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވުމަކީ ހީލަތްތެރި ކަމެއް: ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ތަރައްޤީކުރުމަށް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން އަޑުއުފުލަމުންދާތީ، އެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ބީއެމްއެލްއިން އަޅާ 182 ހައުސިން ޔުނިޓްގެ ކޮންކްރީޓް މަސައްކަތް ފަށައިފި
19 Nov 2026 ހަބަރު

ހުޅުމާލޭގައި ބީއެމްއެލްއިން އަޅާ 182 ހައުސިން ޔުނިޓްގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހުޅުމާލެ ފޭސް 1 ގައި ތަރައްޤީކުރާ 182 ހައުސިންގ ޔުނިޓްގެ ފައުންޑޭޝަން ތައްޔާރުކޮށް، ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދެ ޒުވާނުން ހައްޔަރުކޮށްފި
19 Nov 2026 ހަބަރު

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދެ ޒުވާނުން ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނޫރާނީވިލާ / އދ. ދިއްދޫ، ޙުސައިން ޒަޔާން (21އ) އާއި ގ. ސިނަމާލެ 022-13 / މާލެ، މުޙައްމަދު އިޔާޒް ޢަބްދުالله (21އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 17 ވަނަ ދުވަހުއެވެ.

ވޭތުވެދިޔަ 3 އަހަރު ތެރޭގައި އެމްޓީސީސީން 93 މަޝްރޫއެއް ނިންމައިފި
19 Nov 2026 ހަބަރު

ވޭތުވެދިޔަ 3 އަހަރު ތެރޭގައި އެމްޓީސީސީން 93 މަޝްރޫއެއް ނިންމައިފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 93 މަޝްރޫއެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، އަންނަ އަހަރުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި
19 Nov 2026 ހަބަރު

ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، އަންނަ އަހަރުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުވުމަށް އެމްއެންޔޫއިން ޚާއްޞަ ސެޝަނެއް ބާއްވައިފި
19 Nov 2026 ހަބަރު

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުވުމަށް އެމްއެންޔޫއިން ޚާއްޞަ ސެޝަނެއް ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) ގުޅިގެން، ޔުނިވަރސިޓީގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

2022 ވަނަ އަހަރު ލޯންޗެއް ބަންޑުން ޖަހާލައިގެން ގެއްލުނު މިންހާޖުގެ ކަށުނަމާދު މާދަމާ ބާއްވަނީ
19 Nov 2026 ހަބަރު

2022 ވަނަ އަހަރު ލޯންޗެއް ބަންޑުން ޖަހާލައިގެން ގެއްލުނު މިންހާޖުގެ ކަށުނަމާދު މާދަމާ ބާއްވަނީ

އއ. މާޅޮހު ކައިރިއަށް 2022 ވަނަ އަހަރު ބަންޑުން ޖަހާލި ލޯންޗަކުން ގެއްލުނު ސ. ހިތަދޫ، މިންހާ، މުޙައްމަދު މިންހާޖުގެ ޣައިބަށް ކުރާ ކަށުނަމާދު މާދަމާ މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.

ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއަށް ދިނުން ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް: ޢިލްމުވެރިންގެ ގުޅުން
19 Nov 2026 ހަބަރު

ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއަށް ދިނުން ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް: ޢިލްމުވެރިންގެ ގުޅުން

ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ތަރައްޤީކުރުމަށް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ކުރިއަށް ނުގެންގޮސް، ފައިނަލް އެއްބަސްވުމުގައި ސޮއިނުކޮށް އެ މަޝްރޫޢު މިހާރުން މިހާރަށް ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް ކަމަށް ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ.