އެމްޓީސީސީގެ ޕްރޮޖެކްޓެއްގެ މަސައްކަތުގެ ތެރެއިން- ފޮޓޯ/ އެމްޓީސީސީ
އެމްޓީސީސީގެ ޕްރޮޖެކްޓެއްގެ މަސައްކަތުގެ ތެރެއިން- ފޮޓޯ/ އެމްޓީސީސީ
ހަބަރު 19 Nov 2026 | 13:36

ވޭތުވެދިޔަ 3 އަހަރު ތެރޭގައި އެމްޓީސީސީން 93 މަޝްރޫއެއް ނިންމައިފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 93 މަޝްރޫއެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން އެމްޓީސީސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވަނީ ޖުމްލަ 356 މަޝްރޫއެއްގެ ޢަމަލީ މަސައްކަތް ފަށައި ކުރިއަށް ގެންގޮސްފައެވެ.

އަދި މިހާރުވެސް ރާއްޖޭގެ އެކި އަތޮޅުތަކުގެ 149 ރަށެއްގައި އެ ކުންފުނިން އަންނަނީ ތަރައްޤީގެ އެކި މަސައްކަތްތައް ހުއްޓުމެއްނެތި ކުރަމުންނެވެ.

އެމްޓީސީސީން ކާމިޔާބުކަމާއެކު ނިންމާލި 93 މަޝްރޫޢުގެ ތެރޭގައި އެންމެ ގިނައީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްތަކެވެ. އެގޮތުން އެ ދާއިރާއިން 19 މަޝްރޫއެއް މުޅިން ނިންމާލާފައިވެއެވެ.

މީގެއިތުރުން، ބަނދަރު ހެދުމުގެ 14 މަޝްރޫއަކާއި، ޒުވާނުންނަށް ޚާއްޞަކޮށްގެން ފުޓުބޯޅަ ދަނޑު އެޅުމުގެ 7 މަޝްރޫއެއްގެ އިތުރުން ޕޮލިސް ޕޯސްޓް އިމާރާތް ކުރުމުގެ 6 މަޝްރޫއެއްވެސް ވަނީ ފުރިހަމަކޮށްފައެވެ. އަދި އައުޓްޑޯ ޖިމެއް ތަރައްޤީ ކުރުމުގެ މަޝްރޫއެއްވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.

އެމްޓީސީސީން ބުނި ގޮތުގައި، ގޮންޖެހުންތަކާ އެކުވެސް އެ ކުންފުނީގެ އަމާޒަކީ ޤައުމީ ތަރައްޤީއަށްޓަކައި ސަރުކާރުން ހިންގާ މަޝްރޫޢުތައް ފުރިހަމަކަމާއެކު ނިންމައި ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، އަންނަ އަހަރުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި
19 Nov 2026 ހަބަރު

ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، އަންނަ އަހަރުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުވުމަށް އެމްއެންޔޫއިން ޚާއްޞަ ސެޝަނެއް ބާއްވައިފި
19 Nov 2026 ހަބަރު

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުވުމަށް އެމްއެންޔޫއިން ޚާއްޞަ ސެޝަނެއް ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) ގުޅިގެން، ޔުނިވަރސިޓީގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

2022 ވަނަ އަހަރު ލޯންޗެއް ބަންޑުން ޖަހާލައިގެން ގެއްލުނު މިންހާޖުގެ ކަށުނަމާދު މާދަމާ ބާއްވަނީ
19 Nov 2026 ހަބަރު

2022 ވަނަ އަހަރު ލޯންޗެއް ބަންޑުން ޖަހާލައިގެން ގެއްލުނު މިންހާޖުގެ ކަށުނަމާދު މާދަމާ ބާއްވަނީ

އއ. މާޅޮހު ކައިރިއަށް 2022 ވަނަ އަހަރު ބަންޑުން ޖަހާލި ލޯންޗަކުން ގެއްލުނު ސ. ހިތަދޫ، މިންހާ، މުޙައްމަދު މިންހާޖުގެ ޣައިބަށް ކުރާ ކަށުނަމާދު މާދަމާ މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.

ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއަށް ދިނުން ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް: ޢިލްމުވެރިންގެ ގުޅުން
19 Nov 2026 ހަބަރު

ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއަށް ދިނުން ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް: ޢިލްމުވެރިންގެ ގުޅުން

ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ތަރައްޤީކުރުމަށް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ކުރިއަށް ނުގެންގޮސް، ފައިނަލް އެއްބަސްވުމުގައި ސޮއިނުކޮށް އެ މަޝްރޫޢު މިހާރުން މިހާރަށް ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް ކަމަށް ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ.