އިލްމުވެރިންގެ ގުޅުމުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުނެއް
އިލްމުވެރިންގެ ގުޅުމުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުނެއް
ހަބަރު 19 Nov 2026 | 10:51

ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއަށް ދިނުން ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް: ޢިލްމުވެރިންގެ ގުޅުން

ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ތަރައްޤީކުރުމަށް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ކުރިއަށް ނުގެންގޮސް، ފައިނަލް އެއްބަސްވުމުގައި ސޮއިނުކޮށް އެ މަޝްރޫޢު މިހާރުން މިހާރަށް ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް ކަމަށް ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ.

އެ ޖަމްޢިއްޔާއިން މިހެން ބުނެފައިވަނީ، ދިވެހި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެގްރީމަންޓާ ގުޅޭގޮތުން އެ ޖަމްޢިއްޔާގެ ޢިލްމީ ދިރާސާތަކާއި ބަޙުޘްތަކާ ބެހޭ ކޮމިޓީން އެކުލަވައިލި 98 ޞަފްޙާގެ ދިރާސާ ރިޕޯޓަކަށް ފަހު ނެރުނު ޚާއްޞަ ބަޔާނެއްގައެވެ. ޢިލްމުވެރިންގެ ގުޅުމުން ފާހަގަކުރި ގޮތުގައި، މި ދިރާސާ ކޮށްފައިވަނީ ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކާއި، ޤާނޫނުތަކާއި، އަދި އިސްލާމީ ޝަރީޢަތުގެ އަޞްލުތަކުގެ މައްޗަށް ބިނާކޮށެވެ.

އެ ބަޔާނުގައި ޢިލްމުވެރިންގެ ގުޅުމުން ވަނީ މި މަޝްރޫޢު ހުއްޓާލަން ޖެހޭ މައިގަނޑު ފަސް ސަބަބެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި:

  • ކޮންމެ ވިއްކުމަކާއި ވާރުތަވުމަކާއެކު ލީސްގެ މުއްދަތު އަލުން 99 އަހަރަށް ފެށޭގޮތަށް އޮތުމުން، ބިން ދުވަހަކުވެސް ދައުލަތަށް އަނބުރާ ނުލިބުމުގެ ފުރުޞަތު އޮތުން.

  • ޕްރޮޕަޓީ ގަތުމާއި ރެޒިޑެންޓް ވިސާ ގުޅުވައިގެން ބިދޭސީންނަށް މާކެޓުކުރުމުގެ ފުރުޞަތު އޮތުމާއެކު، ރާއްޖޭގައި ޣައިރު މުސްލިމުންގެ ދާއިމީ އާބާދީއެއް އުފެދުމުގެ ބިރު އޮތުން.

  • ރިސޯޓުތަކުގައި ހިނގާ އުޞޫލުތައް ވެރިރަށާ ކައިރީގައި އޮތް ދާއިމީ ރަށްވެހި ސަރަޙައްދަކަށް ގެނައުމުގެ ދޮރު ހުޅުވިފައި އޮތުން.

  • ދައުލަތުގެ އަގުބޮޑު ބިމެއް ދޫކޮށްލާއިރު ބިމުގެ އަގެއް، ކުއްޔެއް ނުވަތަ އެކަށީގެންވާ ޙިއްސާއެއް ދައުލަތަށް ލިބޭ ގޮތަށް ހަމަޖެހިފައި ނެތުން.

  • އެއްބަސްވުމުގެ ތަފްޞީލުތައް ހާމަނުކޮށް އަދި ވާދަވެރި ބީލަމަކަށް ހުޅުވާލުމެއް ނެތި މިކަން ކުރުން.

ޢިލްމުވެރިންގެ ގުޅުމުގެ ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވާހިނދު، ޤާނޫނުއަސާސީގެ 9 ވަނަ އަދި 10 ވަނަ މާއްދާގެ ދަށުން ޣައިރު މުސްލިމުން ރާއްޖޭގައި ވަޒަންވެރިކުރުވުމަކީ އެއްވެސް ޝަރުޠެއްގެ މަތިން ތާއީދުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި އީގަލް ހިލްސްގެ ޗެއަރމަނާ އިސްރާއީލާ އޮތް ގުޅުންތަކަށް ރިޢާޔަތްކޮށް، އިސްރާއީލީންނަށް ރާއްޖޭގެ އެއްވެސް ބިމަކުން ޙައްޤުތައް ދިނުމަކީ ޖިނާއީ ކުށެއް ކަމުގައި ޤާނޫނުން ކަނޑައަޅަންޖެހޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" ގައި ރަލާއި، އޫރުމަހާއި، ޖުވާ މަނާކުރުމާއި، މިސްކިތްތައް ބެހެއްޓުމާއި، އަދި އިސްރާއީލީންނަށް ވިއްކުން މަނާކުރުން ފަދަ ޙިމާޔަތްތައް ހިމަނާފައިވާތީ އެކަމަށް ޢިލްމުވެރިންގެ ގުޅުމުން މަރުޙަބާ ކިޔާފައިވެއެވެ. ނަމަވެސް، އެ ބިލުގައި ގަންނަ ފަރާތުގެ ދީނީ ޝަރުޠެއް ނެތުމުން، ޣައިރު މުސްލިމުންނަށް ގެދޮރު ގަނެގެން ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުޞަތު އޮތް ކަމަށް އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.

އެހެންކަމުން، މި ބިލަށް ގެންނަންޖެހޭ އެންމެ މުހިންމު އިޞްލާޙެއްގެ ގޮތުގައި ޢިލްމުވެރިންގެ ގުޅުމުން ހުށަހަޅާފައިވަނީ، ދިރިއުޅުމަށް ތަރައްޤީކުރާ ޕްރޮޕަޓީއެއް މިލްކުކުރެވޭނީ ނުވަތަ ލީސްކުރެވޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަށާއި، ދިވެހި ރައްޔިތަކަށް ވުމުގެ ޝަރުޠު ފުރިހަމަވާ މުސްލިމުންނަށް އެކަނި ކަމަށް ޤާނޫނުގައި ސާފުކޮށް ލިޔުމަށެވެ.

އަދި 99 އަހަރުގެ ލީސް މުއްދަތު ގުނަންވާނީ ދައުލަތުން ފުރަތަމަ ދޫކުރި ތާރީޚުން ފެށިގެން ކަމަށާއި، ކޮންމެ ވިއްކުމަކާއެކު އެ މުއްދަތު އަލުން ނުފެށޭނެ ގޮތް ހެދުމަށް ވެސް ވަނީ ގޮވާލާފައެވެ.

ބަޔާން ނިންމާލަމުން ޢިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ، މިއީ ސިޔާސީ ބަޔާނެއް ނޫން ކަމަށާއި އަދި ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުރަސްއެޅުމެއް ވެސް ނޫން ކަމަށެވެ. އަދި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން މި އެއްބަސްވުންތަކުގެ ތަފްޞީލު ހާމަކޮށް، ރައްޔިތުންގެ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ފުޅާ މަޝްވަރާއާއެކު ޤައުމާއި ދީނުގެ މަޞްލަޙަތު އިސްކުރުމަށް އެ ޖަމްޢިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖެއާ ފްރާންސުން އެލްއޯއައިއެއްގައި ސޮއިކޮށްފި
18 Nov 2026 ހަބަރު

ރާއްޖެއާ ފްރާންސުން އެލްއޯއައިއެއްގައި ސޮއިކޮށްފި

ދިވެހި ސަރުކާރާއި ފަރަންސޭސިވިލާތު ސަރުކާރާ ދެމެދު "ލެޓަރ އޮފް އިންޓެންޓް އޮން ދަ އެސްޓެބްލިޝްމެންޓް އޮފް ޕޮލިޓިކަލް ކޮންސަލްޓޭޝަންސް" ގައި މިއަދު ސޮއިކޮށްފި އެވެ. 

ތިން މަނީޗޭންޖަރެއް ޖޫރިމަނާކޮށް ލައިސަންސް ބާތިލްކޮށްފި
18 Nov 2026 ހަބަރު

ތިން މަނީޗޭންޖަރެއް ޖޫރިމަނާކޮށް ލައިސަންސް ބާތިލްކޮށްފި

ލައިސަންސް ބާތިލްކުރީ އެލް.ވީ.އާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑުގެ ކަމަށް އެ އިދާރާގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ހުޅުމާލެ ސަރަހައްދުގެ ޓޯ ކެޕޭސިޓީ އިތުރުކުރަން ފުލުހުން ފޯކް ލިފްޓެއް ހޯދަނީ
18 Nov 2026 ހަބަރު

ހުޅުމާލެ ސަރަހައްދުގެ ޓޯ ކެޕޭސިޓީ އިތުރުކުރަން ފުލުހުން ފޯކް ލިފްޓެއް ހޯދަނީ

ހުޅުމާލޭގައި ފުލުހުން ޓޯ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާފައިމިވަނީ މަގުތައްމަތީގައި ނުގަވައިދުން ޕާކްކުރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެ، ރައްޔިތުންގެ ޝަކުވާވެސް ބޮޑުވެފައި ވަނިކޮށެވެ.

ބާކީ އޮތީ 200 ހެކްޓަރު، ރަސްމާލޭން 800 ހެކްޓަރުގެ ބިން ހިއްކައިފި
17 Nov 2026 ހަބަރު

ބާކީ އޮތީ 200 ހެކްޓަރު، ރަސްމާލޭން 800 ހެކްޓަރުގެ ބިން ހިއްކައިފި

ސަރުކާރުގެ އަމާޒަކީ ރަަސްމާލޭގެ 1009 ހެކްޓަރުގެ ބިން މި އަހަރުގެ ނިޔަލަށް ހިއްކާ ނިންމުމެވެ.

ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށް ފުލުހުން އަންގައިފި
13 Nov 2026 ހަބަރު

ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށް ފުލުހުން އަންގައިފި

ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށާއި، ގާނޫނީ އިމުގެ ތެރޭގައި އެއްވުންތައް ބޭއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގައިފިއެވެ.

ވ. ފޮއްތެޔޮއިން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ރަސްމާލެ ފަރަށް އަރައިފި
11 Nov 2026 ހަބަރު

ވ. ފޮއްތެޔޮއިން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ރަސްމާލެ ފަރަށް އަރައިފި

އެމްއެންޑީއެފްއިން ބުނި ގޮތުގައި، އެ ދޯނި ރަސްމާލެ ފަރަށް އެރިކަމުގެ މައުލޫމާތު ރޭ 23:51 ހާއިރު އެ އިދާރާއަށް ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސޮކްޑްރަންއިން ވަނީ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ދަތުރުކޮށްފައެވެ.

ރިއަލް އެސްޓޭޓް މަޝްރޫޢުތައް އަމާޒުކުރަންވާނީ ބޭރު މީހުން ދިގު މުއްދަތަށް ވަޒަންވެރިވުމުގެ ބަދަލުގައި "ހޮލިޑޭ ހޯމްސް" އަށް: އަދާލަތު ޕާޓީ
11 Nov 2026 ހަބަރު

ރިއަލް އެސްޓޭޓް މަޝްރޫޢުތައް އަމާޒުކުރަންވާނީ ބޭރު މީހުން ދިގު މުއްދަތަށް ވަޒަންވެރިވުމުގެ ބަދަލުގައި "ހޮލިޑޭ ހޯމްސް" އަށް: އަދާލަތު ޕާޓީ

ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތައް ދިގު މުއްދަތަކަށް ދިރިއުޅޭ ވަކި ޚާއްޞަ ސަރަޙައްދުތަކެއް އުފެއްދުމުގެ ބަދަލުގައި، އިންޓަރނޭޝަނަލް ރިއަލް އެސްޓޭޓް މަޝްރޫޢުތައް އަމާޒުކުރަންވާނީ ޗުއްޓީ ހޭދަކުރުމަށް ބޭނުންކުރާ "ހޮލިޑޭ ހޯމްސް" ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށް ކަމަށް ޢަދާލަތު ޕާޓީން ބުނެފިއެވެ.

ރަސްމާލޭގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ
10 Nov 2026 ހަބަރު

ރަސްމާލޭގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ޓީއޯއާރްގައި ބަޔާންކޮށްފައިވާ ގޮތުން، ހައުސިންގ މިނިސްޓްރީއިން ހޯދަނީ ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި، އިގުތިސާދީ ވަރުގަދަކަމާއި، އިޖުތިމާއީ ޝާމިލުވުން ކަށަވަރުކޮށްދޭ، އަދި މޫސުމީ ނުރައްކާތަކަށް ތައްޔާރުވެފައިވާކަން ކަށަވަރުކޮށްދޭ މާސްޓަރ ޕްލޭނެކެވެ. މީގެ އިތުރުން، މާސްޓަރ ޕްލޭންގައި ރަށުގެ ހާލަތާ ގުޅޭގޮތުން، އިއާދަކުރަނިވި ހަކަތައާއި، ދެމެހެއްޓެނިވި އުމްރާނީ ވަސީލަތްތައް އެކުލެވޭ ތަރައްގީގެ ފްރޭމްވޯކެއް ކޮންސަލްޓެންސީގެ ހިދުމަތްދޭ ފަރާތުން ފޯރުކޮށްދޭންޖެހޭނެއެވެ.