މިއަހަރު ނިމެންވާއިރަށް އެސްޓީއޯއަށް 1 ބިލިއަން ރުފިޔާގެ ފައިދާވާނެ: ޝިމާދު
މިއަހަރު ނިމެންވާއިރަށް އެސްޓީއޯއަށް 1 ބިލިއަން ރުފިޔާގެ ފައިދާވާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝިމާދު މިހެން ވިދާޅުވެފައިވަނީ، ޕީއެސްއެމްގެ ހަފުތާ 156 ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ޝިމަދު ވިދާޅުވި ގޮތުގައި، އެސްޓީއޯގެ އާމްދަނީ، ޖުމްލަ ފައިދާ އާއި ސާފު ފައިދާވެސް ދަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންނެވެ. އެގޮތުން، މިދިޔަ އަހަރު ނިންމާލީ 650 މިލިއަން ރުފިޔާގެ ސާފު ފައިދާ އާ އެއްކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑުމެން 2024،25،26 އަދި 23 އިން ފެށިގެންވެސް އަހަރަކަށްވުރެ އަހަރެއް މިދަނީ އަޅުގަނޑުމެންގެ އާމްދަނީވެސް ޖުމްލަ ފައިސާ ގްރޮސް ޕްރޮފިޓްވެސް އަދި ނެޓް ޕްރޮފިޓްވެސް އިތުރުވަމުން. އަޅުގަނޑުމެން މިދިޔަ އަހަރު ނިންމާލީ ގާތްގަނޑަކަށް 650 މިލިއަން ރުފިޔާގެ ސާފު ފައިދާ އާއެއްކޮށް.
މީގެ އިތުރުން ޝިމާދު ވިދާޅުވީ، މިއަހަރު ނިމެންވާއިރަށް އެ ކުންފުންޏަށް 1 ބިލިއަން ރުފިޔާގެ ފައިދާވާނެ ކަމަށެވެ. އެގޮތުން، އެއީ ވިޔަފާރީގެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
އޭނާ ވިދާޅުވީ، އެސްޓީއޯގެ އަމާޒަކީ 2030 އާ ހަމައަށް ދާއިރު، އާމްދަނީގެ ގޮތުން 20 ބިލިއަން ރުފިޔާ، ސާފު ފައިދާގެ ގޮތުން 1 ބިލިއަން ރުފިޔާ ލިބޭ ކުންފުންޏަކަށްވުމެެވެ. އެގޮތުން، މި ލަނޑުދަނޑި ހާސިލުކުރާނީ ވިއްކާ މިންވަރު އިތުރުކޮށްގެން ކަމަށް ޝިމާދު ފާހަގަކުރިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް