އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ގެންދަން މުހުލަތެއް, ނޫނީ ނައްތާލާނެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ނުގެންދާނަމަ ނައްތާލަން ނިންމައިފި އެވެ.
އެ އިދާރާއިން މިއަދު ބުނީ އެސްޓީއޯ ސާވިސް ސެންޓަރަށް 31 އޮގަސްޓްގެ ނިޔަލަށް ކަސްޓަމަރުން މަރާމާތު ކުރަން ގެނެސް، އެތަކެއްޗާ ހަވާލުނުވެ ތަނުގައި ބެހެއްޓިފައިވާ ތަކެތި އޭގެ ވެރިފަރާތުން 19 އޮކްޓޫބަރ ވާ ހޯމަ ދުވަހުގެ ކުރިން ހަވާލުވާން އެދޭ ކަމަށެވެ.
އަދި ބުނީ މި ތާރީހުގެ ފަހުން ނުގެންގޮސް ހުންނަ ތަކެތި ހަމަޖެހިފައިވާ އުސޫލުގެ މަތިން ނައްތައިލާނެ ކަމަށެވެ.
ތަކެއްޗާއި ހަވާލުވުމަށް އަންނައިރު އެސްޓީއޯ ސާވިސް ސެންޓަރުން ދޫކޮށްފައިވާ ސާވިސް މެމޯ / ސްލިޕްކޮޅު ގެނައުމަށް ވަނީ އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް