ރާއްޖެއިން ފުރަތަމަ ފަހަރަށް ފެނުނު "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި: ފޮޓޯ/ ހުސައިން ޝުފްރާން
ރާއްޖެއިން ފުރަތަމަ ފަހަރަށް ފެނުނު "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި: ފޮޓޯ/ ހުސައިން ޝުފްރާން
ހަބަރު 22 Nov 2026 | 11:32

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން ޝާއިއުކުރި ރިޕޯޓެއްގައިވާގޮތުން، މި ދޫނި ފެނިފައިވަނީ ތިމާވެށީގެ ގޮތުން މުހިންމު އަދި ހިމާޔަތްކުރެވިދާނެ ސަރަހައްދުތައް ދެނެގަތުމަށްޓަކައި އީއާރްއޭ އިން މ. އަތޮޅުގައި ކުރިއަށްގެންދިޔަ ސާވޭއެއްގެ ތެރެއިން، 29 އޮކްޓޫބަރު 2024 ވީ އަންގާރަ ދުވަހުގެ ހެނދުނު މ. މުލީ ދަނޑުވެރިކަންކުރާ ސަރަހައްދަކުންނެވެ. އެ ދުވަހު މި ބާވަތުގެ ދެ ދޫނި ފެނިފައިވާއިރު، އޭގެ ތެރެއިން އެއް ދޫނި އިނީ ރުކެއްގެ ކުރީގައެވެ. އަދި ދެވަނަ ދޫނި ވަނީ ކައިރީގައި އޮތް ޖަންގަލީގެ ތެރެއަށެވެ. މީގެއިތުރުން، ޖެހިގެން އައި އޮކްޓޫބަރު 30 ވަނަ ދުވަހު ވެސް ހަމަ އެ ސަރަހައްދުން މި ދޫނި ފެނި، ފޮޓޯ ނަގާފައިވެއެވެ.

މި ދޫނި ފުރަތަމަ ފެނި ފޮޓޯ ނަގާފައިވަނީ އީއާރްއޭގެ ހުސައިން ޝުފްރާން އެވެ. އަދި މި ދޫނީގެ ބާވަތް ދެނެގަނެ، ކަށަވަރުކުރުމުގެ މަސައްކަތް ކޮށްފައިވަނީ މުހައްމަދު އައިމަން، ޔޫސުފް ރިޟްވާން އަދި އަހުމަދު ބަޝީރުގެ އެހީތެރިކަމާއެކުގައެވެ. މި ދޫނީގެ މަޢުލޫމާތާއި ފޮޓޯތައް މިހާރު ވަނީ ދޫނިތަކުގެ ބައިނަލްއަގުވާމީ ޑޭޓާބޭސްއެއް ކަމަށްވާ "އީބާޑް" އަށް ހުށަހަޅައި، ރެކޯޑު ކަށަވަރުކޮށްފައެވެ.

އާންމުގޮތެއްގައި ފަރުބަދަމަތީ ސަރަހައްދުތަކާއި ވިނަގަނޑުތަކުގައި އުޅޭ މި ދޫންޏަކީ ޔޫރަޕާއި މެދުތެރޭ އޭޝިއާގެ އިތުރުން އެފްރިކާގެ ބައެއް ހިސާބުތަކަށް ނިސްބަތްވާ ދޫންޏެކެވެ. ދިގުމިނުގައި ގާތްގަނޑަކަށް 17 އާއި 20 ސެންޓިމީޓަރު ހުންނަ މި ދޫނީގެ ފިރިހެން ދޫނީގެ ބޯ އަދި ކަރުދޮށް ހުންނަނީ ނޫ-އަޅި ކުލައެއްގައެވެ. އަދި ބުރަކަށި ހުދުވެފައި، ފިޔަގަނޑު ކަޅު އަދި ނިގުލާއި ބަނޑުދަށް ހުންނަނީ ރަތް-މުށި (ޗެސްޓްނަޓް) ކުލައެއްގައެވެ. މި ބާވަތުގެ އަންހެން ދޫނި އަދި ފިރިހެން ދޫނި ފިނިމޫސުމުގައި ފެންނަނީ މުށި ކުލައެއްގައެވެ.

ރާއްޖެއަކީ "ސެންޓްރަލް އޭޝިއަން ފްލައިވޭ" ގައި ހިމެނޭ، ފިނި މޫސުމަށް ހިޖުރަކުރާ ގިނަ އަދަދެއްގެ ދޫނިތައް މަޑުކުރާ މުހިންމު މަންޒިލަކަށް ވީނަމަވެސް، ފަރުބަދަމަތީގެ މާހައުލުތަކަށް ހާއްސަ މިފަދަ ދޫންޏެއް ރާއްޖެ ފަދަ ތިރި، ޖަޒީރާ ގައުމަކުން ފެނުމަކީ ތިމާވެށީގެ ސައިންސްވެރިންނަށް ލިބުނު ވަރަށް ބޮޑު ހައިރާންކަމެކެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުވަތަ މަގު އޮޅިގެން ނަމަވެސް، މިފަދަ ދޫނިތައް ދަތުރުކުރާ މަގުތައް ބަދަލުވަމުންދާކަން މި ހޯދުމުން ދޭހަވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މިއީ ރާއްޖެއިން މި ދޫނި ފެނުނު ފުރަތަމަ ފަހަރު ކަމަށްވާތީ، މި ދޫންޏަށް އަދި ދިވެހި ނަމެއް ކަނޑައަޅާފައެއް ނުވެއެވެ. އީއާރްއޭ އިން ބުނާ ގޮތުގައި، މި އާ ހޯދުމަކީ ރާއްޖޭގެ ދޫނިތަކުގެ ދިރުމާ ބެހޭ މައުލޫމާތު މުއްސަނދިކޮށް، ދޫނި ހިޖުރަކުރާ މޫސުމުގައި ރާއްޖޭގެ ސަރަހައްދުތައް މޮނިޓަރ ކުރުމުގެ މުހިންމުކަން ހާމަކޮށްދޭ އަގުހުރި ހޯދުމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލާގައި ހައްޔަރުކުރި އެކަކު ފިޔަވައި އެންމެން ދޫކޮށްލައިފި
22 Nov 2026 ހަބަރު

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލާގައި ހައްޔަރުކުރި އެކަކު ފިޔަވައި އެންމެން ދޫކޮށްލައިފި

ސިނަމާލެ ބްރިޖު ހައިވޭގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލަކުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި އެންމެން ބަންދުން ދޫކޮށްލައިފިއެވެ.

މ. މުއްޔަށް ޑްރަގް އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށް ބަންދު ޖަހައިފި
05 Nov 2026 ހަބަރު

މ. މުއްޔަށް ޑްރަގް އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށް ބަންދު ޖަހައިފި

މ. މުއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިދީފިއެވެ.