ޕޭޕަލް ރާއްޖޭގައި؛ ފޮޓޯ / އުރީދޫ
ޕޭޕަލް ރާއްޖޭގައި؛ ފޮޓޯ / އުރީދޫ
ވިޔަފާރި 18 Nov 2026 | 18:19

ރާއްޖޭގައި ޕޭޕަލް ބޭނުންކުރާ މީހުންގެ އަދަދު 4،800 އަށްވުރެ މައްޗަށް އަރައިފި

ދިވެހިރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު 4،800 އަށްވުރެ މައްޗަށް އަރައިފިއެވެ.

މިކަން އެނގިފައިވަނީ، އިކޮނޮމިކް މިނިސްޓްރީއިން ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދު ހިއްސާކުރި ތަފާސްހިސާބުތަކުންނެވެ.

އެގޮތުން، މިމަހުގެ 1 ވަނަ ދުވަހާ ހަމައަށް ބޭރު ޤައުމުތަކުން ރާއްޖޭގެ ޕޭޕަލް އެކައުންޓްތަކަށް 100،000 އަށްވުރެ ގިނަ އެމެރިކާ ޑޮލަރު ޖަމާވެފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީއިން ނެރުނު ތަފާސްހިސާބުތަކުން ދައްކައެވެ.

ޕޭޕަލްގެ ސަބަބުން ކުރިން ރާއްޖެއިން ބައިނަލްއަޤްވާމީ ބާޒާރުން ފައިސާ ހޯދުމުގައި ދިމާވި ދަތިތަކަށް ނިމުމެއް އައިސް، ދިވެހި އުފެއްދުންތަކާއި ހިދުމަތްތައް ބޭރުގެ ފަރާތްތަކަށް ވިއްކުމަށް މިހާރު ވަނީ ފުރުސަތުތައް ހުޅުވިފައެވެ.

ޕޭޕަލްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮންލައިންކޮށް ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރުމަށް ބޭނުންކުރާ އެންމެ މަގުބޫލު އަދި އިތުބާރު ހިފޭ އެއް ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމެވެ. ދިވެހިރާއްޖޭގައި މި ހިދުމަތް ފޯރުކޮށްދެނީ އުރީދޫ ފިންޓެކްގެ ޑިޖިޓަލް ވޮލެޓް ކަމަށްވާ "އެމް-ފައިސާ" މެދުވެރިކޮށެވެ.

އެމް-ފައިސާ އެޕްލިކޭޝަންގައި ޕޭޕަލް އެކައުންޓް ލިންކުކޮށްލުމުން، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭރުގެ ފަރާތްތަކުން ފޮނުވާ ފައިސާ ފަސޭހަކަމާއެކު އެމް-ފައިސާ ވޮލެޓަށް ޖަމާކޮށް، އަދި ޕޭޕަލް މެދުވެރިކޮށް ބައިނަލްއަޤްވާމީ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގެ މަގު ވަނީ ފަހިވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިއަހަރު ނިމެންވާއިރަށް އެސްޓީއޯއަށް 1 ބިލިއަން ރުފިޔާގެ ފައިދާވާނެ: ޝިމާދު
18 Nov 2026 ވިޔަފާރި

މިއަހަރު ނިމެންވާއިރަށް އެސްޓީއޯއަށް 1 ބިލިއަން ރުފިޔާގެ ފައިދާވާނެ: ޝިމާދު

ޝިމަދު ވިދާޅުވި ގޮތުގައި، އެސްޓީއޯގެ އާމްދަނީ، ޖުމްލަ ފައިދާ އާއި ސާފު ފައިދާވެސް ދަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންނެވެ. އެގޮތުން، މިދިޔަ އަހަރު ނިންމާލީ 650 މިލިއަން ރުފިޔާގެ ސާފު ފައިދާ އާ އެއްކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭވިއޭޝަން ދާއިރާއާ ގުޅޭ ބައެއް ހިދުމަތްތައް "ޓްރޭޑިއަން" ޕްލެޓްފޯމް މެދުވެރިކޮށް ދޭން ފަށަނީ
18 Nov 2026 ވިޔަފާރި

އޭވިއޭޝަން ދާއިރާއާ ގުޅޭ ބައެއް ހިދުމަތްތައް "ޓްރޭޑިއަން" ޕްލެޓްފޯމް މެދުވެރިކޮށް ދޭން ފަށަނީ

ޓްރޭޑިއަން އަކީ، ދިވެހިރާއްޖޭގެ ބޯޑަރުގައި ފޯރުކޮށްދޭ އިމްޕޯޓާއި އެކްސްޕޯޓުގެ ހިދުމަތްތައް އަވަސްކުރުމަށް ގާއިމްކޮށްފައިވާ ގައުމީ ސިންގަލް ވިންޑޯ ޕްލެޓްފޯމެކެވެ. އެގޮތުން، އަންނަ އާދިއްތަ ދުވަހުން ފެށިގެން ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް މި ހިދުމަތްތައް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާއަށް 7،800 އަށްވުރެ ގިނަ މުދާ އެކްސްޕޯޓްކޮށްފި
18 Nov 2026 ވިޔަފާރި

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާއަށް 7،800 އަށްވުރެ ގިނަ މުދާ އެކްސްޕޯޓްކޮށްފި

މިކަން އެނގިފައިވަނީ، އިކޮނޮމިކް މިނިސްޓްރީއިން އިއްޔެ ނެރުނު ތަފާސްހިސާބުތަކުންނެވެ.

މިއައީ ހަމައެކަނި ކުޑަ ޓާމިނަލަކާއި ރިސޯޓެއް އަޅާފައި ނިންމާލާކަށް ނޫން؛ އެކުގައި ކުރިއަރައިދާން: ސާހް ގްރޫޕް
17 Nov 2026 ހަބަރު

މިއައީ ހަމައެކަނި ކުޑަ ޓާމިނަލަކާއި ރިސޯޓެއް އަޅާފައި ނިންމާލާކަށް ނޫން؛ އެކުގައި ކުރިއަރައިދާން: ސާހް ގްރޫޕް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސާހް ގްރޫޕުން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކަކީ ހަމައެކަނި ކުޑަ ޓާމިނަލަކާއި ރިސޯޓެއް އެޅުމަށްވުރެ މާ ފުޅާ، ދިގުމުއްދަތުގެ އިޤްތިޞާދީ ކުރިއެރުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢުތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އިހަވަންދިއްޕޮޅުގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
16 Nov 2026 ހަބަރު

އިހަވަންދިއްޕޮޅުގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދު ސިންދަފާތުކޮށް، ފަތުރުވެރިކަމުގެ އިތުރުން އެހެނިހެން ދާއިރާތަކުން ޤައުމަށް އާމްދަނީ އިތުރުކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މިއީ އެޅިގެންދިޔަ ވަރަށް މުހިއްމު ފިޔަވަޅެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސެޕްޓެމްބަރު މަހު ރާއްޖޭގެ އިޤްތިޞާދަށް 4 އިންސައްތައިގެ ކުރިއެރުމެއް
16 Nov 2026 ހަބަރު

ސެޕްޓެމްބަރު މަހު ރާއްޖޭގެ އިޤްތިޞާދަށް 4 އިންސައްތައިގެ ކުރިއެރުމެއް

ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހަކީ އެންމެ ބޮޑު އިޤްތިޞާދީ ކުރިއެރުމެއް ރެކޯޑުކުރެވުނު މަސްކަން މާލީ ވުޒާރާގެ ރިޕޯޓުން ހާމަވެއެވެ

އުރީދޫ މެދުވެރިކޮށް ގޫގުލް ޕިކްސެލް ފޯނުތަކަށް 5ޖީ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
15 Nov 2026 ވިޔަފާރި

އުރީދޫ މެދުވެރިކޮށް ގޫގުލް ޕިކްސެލް ފޯނުތަކަށް 5ޖީ ހިދުމަތް ފޯރުކޮށްދޭން ފަށައިފި

މިއާއެކު، ޕިކްސެލް ބޭނުންކުރާ ފަރާތްތަކަށް އުރީދޫގެ 5ޖީ ނެޓްވޯކް މެދުވެރިކޮށް އިންޓަނެޓްގެ ސްޕީޑް މަތިވެ، މޮބައިލް ބޭނުންކުރުމުގެ ތަޖުރިބާ ވަރަށް ބޮޑަށް ފުރިހަމަވެގެންދާނެއެވެ.