ޓްރަމްޕް، ޗައިނާ އާއި ރަޝިޔާގެ ރައީސްއާއެކު-
ޓްރަމްޕް، ޗައިނާ އާއި ރަޝިޔާގެ ރައީސްއާއެކު-
ދުނިޔެ 19 Nov 2026 | 07:39

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމުމަށް ޗައިނާ ނުވަތަ ރަޝިޔާގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާ ކަމަށާއި، އީރާނުގެ އަސްކަރީ ބާރުތައް އެމެރިކާ ސިފައިން ވަނީ ބޮޑުތަނުން ބަލިކަށިކޮށްލާފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނީ ޗައިނާގެ ޝެންޒެންގައި، އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގ އަދި ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިންއާއެކު ބޭއްވެވި ތިންފަރާތުގެ ބައްދަލުވުމުގެ ކުރިން ބުރާސްފަތި ދުވަހު ފޮކްސް ނިއުސްއަށް ދިން ބަސްދީގަތުމެއްގައެވެ.

"އަހަރެމެން އެއްވެސް އެހީއަކަށް ބޭނުމެއް ނުވޭ. އަހަރެމެން ވާނީ އެމީހުންގެ ކަނޑުގެ ސިފައިންނާއި، ވައިގެ ސިފައިންގެ އިތުރުން ވައިގެ ދިފާޢީ ނިޒާމުތައް ބަލިކޮށްލާފައި،" ޓްރަމްޕް ބުންޏެވެ.

އޭނާ އިތުރަށް ބުނީ، އީރާނުގެ މިސައިލް ސްޓޮކް މިހާރު ހުރީ ކުރިން ހުރި މިންވަރުގެ ގާތްގަނޑަކަށް 12 ނުވަތަ 13 އިންސައްތައިގައި ކަމަށެވެ. އަދި އީރާނުން އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށާއި، އެހެންކަމުން އެއްވެސް ފަރާތެއްގެ އެހީއެއް އެކަމަށް ބޭނުން ނުވާކަމަށެވެ.

މީގެއިތުރުން ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާގެ އަސްކަރިއްޔާއިން ނަގާފައިވާ ކަމަށާއި، ބެއިޖިންގ އަދި މޮސްކޯއިން އެމެރިކާއާމެދު އަމަލުކުރީ ވަރަށް ރަނގަޅަށް ކަމަށާއި އެ ސަރަޙައްދުގެ ނުތަނަވަސް ކަނޑުގެ ސަރަޙައްދުތަކަށް އެ ޤައުމުތަކުގެ ހަނގުރާމަމަތީ މަނަވަރުތައް ފޮނުވާފައި ނުވާކަން ޓްރަމްޕް ފާހަގަކުރިއެވެ.

ތެހެރާނާއެކު މަޝްވަރާކުރުމާ ގުޅޭގޮތުން ވާހަކަދައްކަމުން ޓްރަމްޕް ބުނީ، އީރާނުގެ ވެރިން އެއްބަސްވުމަކަށް އެދުނު ނަމަވެސް، އޭނާ ބޭނުންވަނީ ދެމެހެއްޓެނިވި ހައްލެއް ކަމަށެވެ.

"އަހަރެން މިއުޅެނީ ވަރަށް އަވަހަށް މީގެ ނިމުން ގެންނަން. ކޮންމެވެސް އެއްގޮތަކުން އަހަރެމެން މީގެ ނިމުން ގެންނާނަން،" ޓްރަމްޕް ބުންޏެވެ.

ޝީ އަދި ޕޫޓިންއާއެކު އެއްފަހަރާ ބައްދަލުކުރުމުގެ ފައިދާއަކީ ކޮބައިތޯ ސުވާލުކުރުމުން ޓްރަމްޕް ބުނީ، އެ ދެ ލީޑަރުންނަކީ ގުޅިގެން މަސައްކަތްކުރާ ދެބޭފުޅުން ކަމަށެވެ. އަދި ކުރީގެ ރައީސް ބަރަކް އޮބާމާގެ ސިޔާސަތުތަކުގެ ސަބަބުން ހަކަތައިގެ ބޭނުމަށްޓަކައި އެ ދެ ޤައުމު އެކުވި ކަމަށާއި، ޗައިނާއަށް ހަކަތަ ބޭނުންވާއިރު ރަޝިޔާގައި ހަކަތަ އެބަހުރި ކަމަށް ބުންޏެވެ. އަދި އެ ދެ ލީޑަރުންވެސް އޭނާއަށް އިހުތިރާމްކުރާ ކަމަށް ޓްރަމްޕް ބުންޏެވެ.

ވޮޝިންގޓަން ޑީސީއަށް އަމާޒުކޮށް އީރާނުން ޣައިރު ޤާނޫނީ ހަތިޔާރު ނުވަތަ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާއެއް ދޭން އުޅޭކަމަށް ލިބިފައިވާ ޖާސޫސީ ރިޕޯޓުތަކާ ގުޅިގެން ޓްރަމްޕް ބުނީ، އީރާނުން ވިހަ ގޭހާއި ބަޔޮލޮޖިކަލް ހަތިޔާރު ބޭނުންކުރުމަށް ވިސްނަމުންދާ ކަމުގެ އިޝާރާތްތަކެއް އެބަހުރި ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގައިފިނަމަ އެމެރިކާއިން އެމީހުން އެއްކޮށް ނައްތާލާނެ ކަމުގެ އިންޒާރުވެސް ދިނެވެ. ނަމަވެސް، އެމެރިކާގެ ކެބިނެޓް މެންބަރުން އަސްކަރީ މަރުކަޒުތަކުގައި ދިރިއުޅެނީ ތެހެރާންގެ މިފަދަ އިންޒާރުތަކާ ގުޅިގެން ކަމަށް ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ފެށި ހަނގުރާމައާ ގުޅިގެން، އީރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން އިސްރާއީލަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ޚަލީޖުގެ ޤައުމުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަނުޖެހުންތައް ހައްލުކުރުމަށް ޖޫން މަހު ފަހުމުނާމާއެއްގައި ސޮއިކުރެވުނު ނަމަވެސް، ހޮރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާމެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ އެ އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރެވިފައެއް ނުވެއެވެ. އަދި ޖުލައި މަހުން ފެށިގެން ދޭތެރެދޭތެރެއިން ދަނީ ކުރިމަތިލުންތައް ހިނގަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އޭޝިޔާ-ޕެސިފިކް ޤައުމުތަކަށް އެހީވުމަށް ޗައިނާއިން 20 މިލިއަން ޑޮލަރު ދޭން ނިންމައިފި
19 Nov 2026 ދުނިޔެ

އޭޝިޔާ-ޕެސިފިކް ޤައުމުތަކަށް އެހީވުމަށް ޗައިނާއިން 20 މިލިއަން ޑޮލަރު ދޭން ނިންމައިފި

އޭޝިޔާ-ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުމާއި ގުޅުން ބަދަހިކުރުމަށް އެހީތެރިވުމުގެ ގޮތުން، 20 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ޗައިނާއިން ނިންމައިފިއެވެ. މިކަން އިޢުލާނު ކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެވެ.

2035 ވަނަ އަހަރާ ހަމައަށްދާއިރު ދުނިޔޭގެ އެންމެ ބޮޑު ދީނަކަށް އިސްލާމްދީން ވާނެ: ދިރާސާ
19 Nov 2026 ދުނިޔެ

2035 ވަނަ އަހަރާ ހަމައަށްދާއިރު ދުނިޔޭގެ އެންމެ ބޮޑު ދީނަކަށް އިސްލާމްދީން ވާނެ: ދިރާސާ

2035 ވަނަ އަހަރާ ހަމައަށްދާއިރު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ އަދި އެންމެ ގިނަ މީހުން ތަބާވާ ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށް އެމެރިކާގެ މަޝްހޫރު ދިރާސާ ކުރާ އިދާރާއެއް ކަމަށްވާ ޕިއު ރިސާޗް ސެންޓަރުން ބުނެފިއެވެ.

ތާރީހީ ބައްދަލުވުމަކަށް ޓްރަމްޕް ޗައިނާއަށް؛ ޝީ އާއި ޕުޓިންއާއެކު މަޝްވަރާތައް މާދަމާ ފަށަނީ
18 Nov 2026 ދުނިޔެ

ތާރީހީ ބައްދަލުވުމަކަށް ޓްރަމްޕް ޗައިނާއަށް؛ ޝީ އާއި ޕުޓިންއާއެކު މަޝްވަރާތައް މާދަމާ ފަށަނީ

ޓްރަމްޕް އަށް މަރުހަބާ ދެއްނެވުމުގެ ގޮތުން، ޗައިނާގެ ރައީސް ޝީ ވަނީ އެއާޕޯޓަށް ގޮސްފައެވެ. އެގޮތުން، މި ދަތުރުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޓްރެޝެރަރީޒް ސެކްރެޓަރީ ސްކޮޓް ބެސެންޓްގެ އިތުރުން ކޮމާސް ސެކްރެޓަރީ ހަވާޑް ލަޓްނިކް ވެސް ބައިވެރިވާނެއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާއަށް 7،800 އަށްވުރެ ގިނަ މުދާ އެކްސްޕޯޓްކޮށްފި
18 Nov 2026 ވިޔަފާރި

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާއަށް 7،800 އަށްވުރެ ގިނަ މުދާ އެކްސްޕޯޓްކޮށްފި

މިކަން އެނގިފައިވަނީ، އިކޮނޮމިކް މިނިސްޓްރީއިން އިއްޔެ ނެރުނު ތަފާސްހިސާބުތަކުންނެވެ.

މާސްޓަރސްއަށް ކިޔެވުމަށް ޗައިނާއިން ދިވެހިންނަށް 200 ފުލް ސްކޮލާޝިޕްގެ ފުރުސަތު
16 Nov 2026 ހަބަރު

މާސްޓަރސްއަށް ކިޔެވުމަށް ޗައިނާއިން ދިވެހިންނަށް 200 ފުލް ސްކޮލާޝިޕްގެ ފުރުސަތު

މި ސްކޮލާޝިޕްތަކަކީ ޗައިނީޒް ސްކޮލާޝިޕް ކައުންސިލްގެ އެހީގައި ދިވެހިންނަށް ހުޅުވާލާފައިވާ ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމްތަކެކެވެ. މިއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ، ޕްރޮގްރާމްތަކެކެވެ

ޗައިނާއިން އުފެއްދި އިލެކްޓްރިކް ފުރަތަމަ މަތިންދާބޯޓުގެ ޓެސްޓް ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފި
15 Nov 2026 ދުނިޔެ

ޗައިނާއިން އުފެއްދި އިލެކްޓްރިކް ފުރަތަމަ މަތިންދާބޯޓުގެ ޓެސްޓް ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފި

ޗައިނާގެ ޝެންޑޮންގް ޕްރޮވިންސްގެ ބިންޒޫގައި މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްދިޔަ މި ތާރީޚީ ދަތުރަކީ، އެ ގައުމުން އަމިއްލައަށް ފަރުމާކޮށް އުފެއްދި ބޯޓެކެވެ.

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ދެ ތެޔޮ ޓޭންކަރެއް މައިންތަކެއްގައި ޖެހިއްޖެ
15 Nov 2026 ދުނިޔެ

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ދެ ތެޔޮ ޓޭންކަރެއް މައިންތަކެއްގައި ޖެހިއްޖެ

މި ހާދިސާ ހިނގާފައިވަނީ، ދަތުރުފަތުރުކުރުން ބަންދުކޮށްފައިވާ މަގަކުން އެ ދެ އުޅަނދު ހުރަސްކުރަން އުޅުމުގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.