ތިން ގައުމުގެ ލީޑަރުން ތާރީހުގައި ފުރަތަމަ ފަހަރަށް އެއް ތަނަކުން ބައްދަލުކުރަނީ؛ ފޮޓޯ / ބީބީސީ ނިއުސް
ތިން ގައުމުގެ ލީޑަރުން ތާރީހުގައި ފުރަތަމަ ފަހަރަށް އެއް ތަނަކުން ބައްދަލުކުރަނީ؛ ފޮޓޯ / ބީބީސީ ނިއުސް
ދުނިޔެ 18 Nov 2026 | 20:14

ތާރީހީ ބައްދަލުވުމަކަށް ޓްރަމްޕް ޗައިނާއަށް؛ ޝީ އާއި ޕުޓިންއާއެކު މަޝްވަރާތައް މާދަމާ ފަށަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަދި ރަޝިޔާގެ ރައީސް ވްލޮޑޮމިއަރ ޕުޓިންއާއެކު ބާއްވާ ތާރީހީ ބައްދަލުވުމަށް ޓްރަމްޕް މިއަދު ޗައިނާއަށް ވަޑައިގެންފިއެވެ.

ޓްރަމްޕް އަށް މަރުހަބާ ދެއްނެވުމުގެ ގޮތުން، ޗައިނާގެ ރައީސް ޝީ ވަނީ އެއާޕޯޓަށް ގޮސްފައެވެ. އެގޮތުން، މި ދަތުރުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޓްރެޝެރަރީޒް ސެކްރެޓަރީ ސްކޮޓް ބެސެންޓްގެ އިތުރުން ކޮމާސް ސެކްރެޓަރީ ހަވާޑް ލަޓްނިކް ވެސް ބައިވެރިވާނެއެވެ.

މި ދަތުރަކީ ޗައިނާގެ ޓެކްނޮލޮޖީގެ މައި މަރުކަޒު ކަމަށްވާ ޝެންޒެންގައި ކުރިއަށްދާ އޭޕެކް ސަމިޓުގައި ބައިވެރިވުމުގެ ގޮތުން ޓްރަމްޕް ކުރާ ދަތުރެކެވެ. ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝީ ވަނީ މިނިވަން ވިޔަފާރިއަށާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ގޮވާލާފައެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝީ ވަނީ އިހުތިރާމާއި އިންސާފުގެ މައްޗަށް ބިނާވެފައިވާ ހަރުދާނަ ގުލުމެއް އެމެރިކާއާއެކު ގާއިމުކުރަން ބޭނުންވާ ކަމަށް ޓްރަމްޕް ކައިރީގައި ބުނެފައެވެ. އަދި މި ދަތުރުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ކުރިއަރައި ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ތިން ލީޑަރުން ކަމަށްވާ ޓްރަމްޕް، ޝީ އަދި ޕުޓިންގެ މެދުގައި ބާއްވާ ހާއްސަ މަޝްވަރާތައް ތާވަލުކޮށްފައިވަނީ މާދަމައަށެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ އީރާން ހަނގުރާމައާއި ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ މައްޗަށެވެ. ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނި ގޮތުގައި، މި ބައްދަލުވުމުން ވަގުތީ ނަތީޖާއެއް ނުކުތުމުގެ އުންމީދު ކުޑަ ނަމަވެސް، ދުނިޔޭގެ ސުލްހައާއި ހަމަޖެހުމާ ގުޅޭ މުހިންމު މައްސަލަތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.

މީގެ އިތުރުން، 21 އިގްތިސާދެއް ހިމެނޭ މި ސަމިޓުގައި އިތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ބައިވެރިވުމުގެ ފުރުސަތު ވެސް އޮތް ކަމަށް ބެލެވެއެވެ.

ތިން ގައުމުގެ މަޝްވަރާތަކުގެ އިތުރުން، ރައީސް ޓްރަމްޕް އާއި ރައީސް ޝީ ވަކިން ބައްދަލުކޮށް ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ނުތަނަވަސްކަމަށް 2027 ވަނަ އަހަރުގެ ޖަނަވަރީ ފަހަށް ވެސް ދެމިގެންދާނެ ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރެވޭނެއެވެ. މި ބައްދަލުވުން ބާއްވާއިރު، އެމެރިކާއިން ދަނީ އޭއައި ޗިޕްތައް އެކްސްޕޯޓް ކުރުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި އެންވީޑިއާ ޗިޕްތައް ޗައިނާއަށް ގެންދެވިފައިވާ ކަމުގެ ކަންބޮޑުވުންތަކެއް ވެސް ވަނީ އުފެދިފައެވެ. ޗައިނާއަށް ދިޔުމުގެ ކުރިން ޓްރަމްޕް ވަނީ ފިލިޕީންސްގެ މެނީލާއަށް ވަޑައިގެން ޖަޕާން، އިންޑިއާ އަދި އޮސްޓްރޭލިއާގެ ލީޑަރުންނާ ބައްދަލުކޮށްފައެވެ.

އޭޕެކް ސަމިޓުގެ ހަވާސާގައި ޝީ ދަނީ އެހެން ގައުމުތަކުގެ ލީޑަރުންނާ ވެސް ބައްދަލުކުރަމުންނެވެ. އެގޮތުން، ޓްރަމްޕް ވަޑައިގަތުމުގެ ކުރިން ޝީ ވަނީ ރަޝިޔާގެ ރައީސް ޕުޓިންއާ ބައްދަލުކޮށް، ވިޔަފާރިއާއި ހަކަތަ އަދި ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ޕުޓިން ވިދާޅުވީ، ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާ ވީ އިތުރަށް ވަރުގަދަ ކަމަށެވެ. ހަމައެއާއެކު، ޝީ ވަނީ ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ މިއުންގް، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ އަދި ވިއެޓްނާމްގެ ރައީސް ޓޯ ލަމްއާ ވެސް ބައްދަލުކޮށް ވިޔަފާރިއާއި ސަރަހައްދީ އެއްބާރުލުމާ ގުޅޭގޮތުން ވާހަކަދައްކާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އޭޝިޔާ-ޕެސިފިކް ޤައުމުތަކަށް އެހީވުމަށް ޗައިނާއިން 20 މިލިއަން ޑޮލަރު ދޭން ނިންމައިފި
19 Nov 2026 ދުނިޔެ

އޭޝިޔާ-ޕެސިފިކް ޤައުމުތަކަށް އެހީވުމަށް ޗައިނާއިން 20 މިލިއަން ޑޮލަރު ދޭން ނިންމައިފި

އޭޝިޔާ-ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުމާއި ގުޅުން ބަދަހިކުރުމަށް އެހީތެރިވުމުގެ ގޮތުން، 20 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ޗައިނާއިން ނިންމައިފިއެވެ. މިކަން އިޢުލާނު ކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެވެ.

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް
19 Nov 2026 ދުނިޔެ

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމުމަށް ޗައިނާ ނުވަތަ ރަޝިޔާގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާ ކަމަށާއި، އީރާނުގެ އަސްކަރީ ބާރުތައް އެމެރިކާ ސިފައިން ވަނީ ބޮޑުތަނުން ބަލިކަށިކޮށްލާފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

2035 ވަނަ އަހަރާ ހަމައަށްދާއިރު ދުނިޔޭގެ އެންމެ ބޮޑު ދީނަކަށް އިސްލާމްދީން ވާނެ: ދިރާސާ
19 Nov 2026 ދުނިޔެ

2035 ވަނަ އަހަރާ ހަމައަށްދާއިރު ދުނިޔޭގެ އެންމެ ބޮޑު ދީނަކަށް އިސްލާމްދީން ވާނެ: ދިރާސާ

2035 ވަނަ އަހަރާ ހަމައަށްދާއިރު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ އަދި އެންމެ ގިނަ މީހުން ތަބާވާ ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށް އެމެރިކާގެ މަޝްހޫރު ދިރާސާ ކުރާ އިދާރާއެއް ކަމަށްވާ ޕިއު ރިސާޗް ސެންޓަރުން ބުނެފިއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާއަށް 7،800 އަށްވުރެ ގިނަ މުދާ އެކްސްޕޯޓްކޮށްފި
18 Nov 2026 ވިޔަފާރި

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާއަށް 7،800 އަށްވުރެ ގިނަ މުދާ އެކްސްޕޯޓްކޮށްފި

މިކަން އެނގިފައިވަނީ، އިކޮނޮމިކް މިނިސްޓްރީއިން އިއްޔެ ނެރުނު ތަފާސްހިސާބުތަކުންނެވެ.

މާސްޓަރސްއަށް ކިޔެވުމަށް ޗައިނާއިން ދިވެހިންނަށް 200 ފުލް ސްކޮލާޝިޕްގެ ފުރުސަތު
16 Nov 2026 ހަބަރު

މާސްޓަރސްއަށް ކިޔެވުމަށް ޗައިނާއިން ދިވެހިންނަށް 200 ފުލް ސްކޮލާޝިޕްގެ ފުރުސަތު

މި ސްކޮލާޝިޕްތަކަކީ ޗައިނީޒް ސްކޮލާޝިޕް ކައުންސިލްގެ އެހީގައި ދިވެހިންނަށް ހުޅުވާލާފައިވާ ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމްތަކެކެވެ. މިއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ، ޕްރޮގްރާމްތަކެކެވެ

ޗައިނާއިން އުފެއްދި އިލެކްޓްރިކް ފުރަތަމަ މަތިންދާބޯޓުގެ ޓެސްޓް ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފި
15 Nov 2026 ދުނިޔެ

ޗައިނާއިން އުފެއްދި އިލެކްޓްރިކް ފުރަތަމަ މަތިންދާބޯޓުގެ ޓެސްޓް ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފި

ޗައިނާގެ ޝެންޑޮންގް ޕްރޮވިންސްގެ ބިންޒޫގައި މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްދިޔަ މި ތާރީޚީ ދަތުރަކީ، އެ ގައުމުން އަމިއްލައަށް ފަރުމާކޮށް އުފެއްދި ބޯޓެކެވެ.

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ދެ ތެޔޮ ޓޭންކަރެއް މައިންތަކެއްގައި ޖެހިއްޖެ
15 Nov 2026 ދުނިޔެ

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ދެ ތެޔޮ ޓޭންކަރެއް މައިންތަކެއްގައި ޖެހިއްޖެ

މި ހާދިސާ ހިނގާފައިވަނީ، ދަތުރުފަތުރުކުރުން ބަންދުކޮށްފައިވާ މަގަކުން އެ ދެ އުޅަނދު ހުރަސްކުރަން އުޅުމުގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.