ޗައިނާގެ ކުންމިންގ ޔުނިވާސިޓީ
ޗައިނާގެ ކުންމިންގ ޔުނިވާސިޓީ
ހަބަރު 16 Nov 2026 | 17:11

މާސްޓަރސްއަށް ކިޔެވުމަށް ޗައިނާއިން ދިވެހިންނަށް 200 ފުލް ސްކޮލާޝިޕްގެ ފުރުސަތު

ޒުވާން ލީޑަރުން ބިނާކުރުމުގެ މަގްސަދުގައި ޗައިނާ ސަރުކާރުން ހުރިހާ ހަރަދެއް ކުރާގޮތަށް، މާސްޓާސް ޑިގްރީއަށް ކިޔެވުމަށް ދިވެހި ދަރިވަރުންނަށް 200 ސްކޮލާޝިޕްގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ސްކޮލާޝިޕްތަކަކީ ޗައިނީޒް ސްކޮލާޝިޕް ކައުންސިލްގެ އެހީގައި ދިވެހިންނަށް ހުޅުވާލާފައިވާ ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމްތަކެކެވެ. މިއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ، ޕްރޮގްރާމްތަކެކެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޗައިނާގެ 92 ޔުނިވާސިޓީއަކުން ހިންގާ ތަފާތު އެކި ދާއިރާތަކުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މި ސްކޮލާޝިޕްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުގެ ކުރިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މި ކޯސްތަކަށް ކުރިމަތިލުމުގެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، ބެޗްލާސް ޑިގްރީ ފުރިހަމަކޮށްފައިވުމާއެކު، އުމުރުން 45 އަހަރު ފުރިފައި ނުވާ މީހަކަށް ވާންޖެހެއެވެ.

މީގެއިތުރުން، މި ފުރުސަތުތަކަށް ހޮވޭ ދަރިވަރުން ކޯހަށް ފުރުމުގެ ކުރިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ މުހިންމު ކަންތައްތަކެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ތައުލީމު ހާސިލުކުރަން ދާ އިންސްޓިޓިއުޓަކީ އަދި ހޮވިފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ގަބޫލުކުރާ ތަނެއް އަދި ކޯހެއްތޯ ކަށަވަރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެއާއެކު، ރާއްޖޭގައި ވަޒީފާ އަދާކުރުމަށްޓަކައި ވަކި ޕްރޮފެޝަނަލް ލައިސެންސެއް ބޭނުންވާ ދާއިރާތަކުން ކިޔަވާ ދަރިވަރުން، އެ ކޯހަކީ ކަމާބެހޭ ކަމާގުޅޭ އިދާރާތަކުން ވެސް ގަބޫލުކުރާ މަރުކަޒެއްގައި ހިންގާ، އެ އިދާރާއަކުން ބަލައިގަންނަ ކޯހެއްކަން ކަށަވަރުކުރުމަށް ވެސް މިނިސްޓްރީގެ އިއުލާނުގައި ވަނީ ހަނދާންކޮށްދީފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތަށް ދިނުމުގެ މަޝްވަރާއެއް ނުހިނގާ: އަދާލަތު
16 Nov 2026 ހަބަރު

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތަށް ދިނުމުގެ މަޝްވަރާއެއް ނުހިނގާ: އަދާލަތު

އެ ޕާޓީން ބުނީ ‏ސަރުކާރާއި ޢަދާލަތު ޕާޓީއާ ދެމެދު މިފަދަ އެއްވެސް މަޝްވަރާއެއް ކުރެވެމުން ނުދާ ކަމަށެވެ.

ޕާސްޕޯޓް ނިމިފައިވާނަމަ، ލަސްނުކޮށް އަވަހަށް ބަލާ އާދޭ: އިމިގްރޭޝަން
16 Nov 2026 ހަބަރު

ޕާސްޕޯޓް ނިމިފައިވާނަމަ، ލަސްނުކޮށް އަވަހަށް ބަލާ އާދޭ: އިމިގްރޭޝަން

ޕްރިންޓްކޮށްފައިވާ ޕާސްޕޯޓްތައް އިމިގްރޭޝަނުގައި ބެހެއްޓޭނީ 6 މަސްދުވަހުގެ މުއްދަތައްކަން ފާހަގަކުރަމުން އިމިގްރޭޝަނުން ބުނީ، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމަށްފަހު އޮންނަ އުސޫލުގެ މަތިން ޕާސްޕޯޓް ނައްތާލެވޭނޭކަމަށެވެ

ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހަދައިގެން ހިންގާ ސްކޭމްތައް އިތުރުވަނީ
16 Nov 2026 ހަބަރު

ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހަދައިގެން ހިންގާ ސްކޭމްތައް އިތުރުވަނީ

ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ފާއިތުވި މަސްދުވަހަށް ބަލާއިރު ތަހުގީގުތަކުން މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ އޮޅުވާލައިގެން ކުރާ ފޯނު ކޯލްތަކާއި ފޮނުވާ ޓެކްސްޓް މެސެޖުތަކުގެ ޒަރީއާއިން ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) އަދި ވެރިފިކޭޝަން ލިންކުތައް ހޯދުމަށް މަސައްކަތް ކޮށްފައިވެއެވެ.

ރައީސްގެ ދަތުރުފުޅާއެކު ރާއްޖެއާ ޕާކިސްތާނާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ދަނީ ބަދަހިވަމުން
16 Nov 2026 ހަބަރު

ރައީސްގެ ދަތުރުފުޅާއެކު ރާއްޖެއާ ޕާކިސްތާނާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ދަނީ ބަދަހިވަމުން

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެފަރާތުންވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

މުވައްޒަފުންގެ މުސާރަ އާއި ކޮމިޝަންގެ ބަޖެޓު ބޮޑުކުރަން އޭސީސީން އެދިއްޖެ
16 Nov 2026 ހަބަރު

މުވައްޒަފުންގެ މުސާރަ އާއި ކޮމިޝަންގެ ބަޖެޓު ބޮޑުކުރަން އޭސީސީން އެދިއްޖެ

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އަސްލު މަސްއޫލިއްޔަތު އަދާކުރުމަށް ލިބެނީ އެންމެ 1.2 މިލިއަން ރުފިޔާ ކަމަށް ބުނެ، މުވައްޒަފުންގެ މުސާރަ އާއި ކޮމިޝަނުގެ ބަޖެޓު ބޮޑުކޮށްދިނުމަށް އެ ކޮމިޝަނުން އެދިއްޖެ އެވެ.

ރޭގައި މަޖިލީހަށް ގެންދިޔައީ ކުޅޭ ސާމާނު އަޅާފައި ހުރި ދަބަހެއް: ވަޒީރު މުއްޠަލިބު
16 Nov 2026 ހަބަރު

ރޭގައި މަޖިލީހަށް ގެންދިޔައީ ކުޅޭ ސާމާނު އަޅާފައި ހުރި ދަބަހެއް: ވަޒީރު މުއްޠަލިބު

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ރޭގެ ވަގުތެއްގައި ގެންދެވި ދަބަހަކީ ފުޓުބޯޅަ ކުޅޭ ސާމާނު އެޅި ދަބަހެއް ކަމަށާއި، މަޖިލީހަށް ވަދެވަޑައިގެންނެވީ ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރައްވައިގެން ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މީޑިއާތަކުން އުފައްދާ ޕްރޮގްރާމްތަކުގެ ނަންތައް އެމްއެމްބީސީއަށް ފޮނުވަން އެދިއްޖެ
16 Nov 2026 ހަބަރު

މީޑިއާތަކުން އުފައްދާ ޕްރޮގްރާމްތަކުގެ ނަންތައް އެމްއެމްބީސީއަށް ފޮނުވަން އެދިއްޖެ

ދިވެހިރާއްޖޭގެ މީޑިއާ އައުޓްލެޓްތަކުން އުފައްދައިގެން ގެނެސްދޭ ޕްރޮގްރާމްތަކާއި ކޮލަމްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
16 Nov 2026 ހަބަރު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށްޓަކައި އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.