ޕާސްޕޯޓެއް ދޫކުރަނީ.. ފޮޓޯ: އިމިގްރޭޝަން
ޕާސްޕޯޓެއް ދޫކުރަނީ.. ފޮޓޯ: އިމިގްރޭޝަން
ހަބަރު 16 Nov 2026 | 15:27

ޕާސްޕޯޓް ނިމިފައިވާނަމަ، ލަސްނުކޮށް އަވަހަށް ބަލާ އާދޭ: އިމިގްރޭޝަން

ޕާސްޕޯޓް ނިމިފައިވާނަމަ ވީހާވެސް އަވަހަށް ޕާސްޕޯޓް ބަލާ އައުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޕާސްޕޯޓް ނިމިފައި ހުރިނަމަވެސް ގިނަ ފަރާތްތަކަކުން ޕާސްޕޯޓް ނަގަން ނާންނަ މައްސަލަ ފާހަގަކުރެވިފައިވާކަމަށެވެ. ޕްރިންޓްކޮށްފައިވާ ޕާސްޕޯޓްތައް އިމިގްރޭޝަނުގައި ބެހެއްޓޭނީ 6 މަސްދުވަހުގެ މުއްދަތައްކަން ފާހަގަކުރަމުން އިމިގްރޭޝަނުން ބުނީ، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމަށްފަހު އޮންނަ އުސޫލުގެ މަތިން ޕާސްޕޯޓް ނައްތާލެވޭނޭކަމަށެވެ.

އެހެންކަމުން ޕާސްޕޯޓް ނިމި އެ އިދާރާއިން އެ ބަލާ އައުމަށް އެންގުމުން އެކަމަށް އިޖާބަދިނުމަށް ސަމާލުކަން ދިނުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ. ކުރިއަށް އޮތީ ސްކޫލް ބޮޑު ބަންދާއި، އަދި އުމްރާއަށް ގިނަ އަދަދެއްގެ މީހުން ދާ ދުވަސްވަރަކަށް ވުމުން މިދުވަސްވަރު ޕާސްޕޯޓް ހައްދާމީހުންގެ އަދަދު އިތުރުވާކަމަށް އިމިގްރޭޝަނުން ފާހަގަކުރެއެވެ.

އިމިގްރޭޝަނުން ވަނީ ޕާސްޕޯޓަށް އެދި ފޯމް ހުށަހަޅާއިރު ސަމާލުކަންދޭންވީ ބައެއް މުހިންމު ކަންކަންވެސް މީގެ ކުރިން އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ. އެގޮތުން ޕާސްޕޯޓަށް ހުށަހަޅާއިރު އޮންނަ އުސޫލްގެ މަތިން ފޮޓޯ ހުށަހެޅުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ. އިމިގްރޭޝަނުން އެހެން ބުނެފައިވަނީ ފޮޓޯ ނެގުމަށްފަހު ބައެއް ފަރާތްތަކުން އޭއައި ގެ އެހީގައި ފޮޓޯ ރީތިކުރުމަށްފަހު ހުށަހަޅާތީއެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ އާޓިފިޝަލް އިންޓަލިޖަންސް ބޭނުންކޮށްގެން ޕާސްޕޯޓް ފޮޓޯ އެޑިޓްކޮށްފިނަމަ އެއީ އުސޫލާ ހިލާފް ކަމެއްކަމަށެވެ. ޕާސްޕޯޓަކީ މީހާގެ އައިޑެންޓިޓީ ކަށަވަރުކޮށްދޭ މުހިންމު ސެކިއުރެޓީ ޑޮކިއުމެންޓަކަށް ވާތީވެ، ފޮޓޯ ހުށަހެޅުމުގައި ސަމާލުވުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހަދައިގެން ހިންގާ ސްކޭމްތައް އިތުރުވަނީ
16 Nov 2026 ހަބަރު

ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހަދައިގެން ހިންގާ ސްކޭމްތައް އިތުރުވަނީ

ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ފާއިތުވި މަސްދުވަހަށް ބަލާއިރު ތަހުގީގުތަކުން މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ އޮޅުވާލައިގެން ކުރާ ފޯނު ކޯލްތަކާއި ފޮނުވާ ޓެކްސްޓް މެސެޖުތަކުގެ ޒަރީއާއިން ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) އަދި ވެރިފިކޭޝަން ލިންކުތައް ހޯދުމަށް މަސައްކަތް ކޮށްފައިވެއެވެ.

ރައީސްގެ ދަތުރުފުޅާއެކު ރާއްޖެއާ ޕާކިސްތާނާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ދަނީ ބަދަހިވަމުން
16 Nov 2026 ހަބަރު

ރައީސްގެ ދަތުރުފުޅާއެކު ރާއްޖެއާ ޕާކިސްތާނާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ދަނީ ބަދަހިވަމުން

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެފަރާތުންވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

މުވައްޒަފުންގެ މުސާރަ އާއި ކޮމިޝަންގެ ބަޖެޓު ބޮޑުކުރަން އޭސީސީން އެދިއްޖެ
16 Nov 2026 ހަބަރު

މުވައްޒަފުންގެ މުސާރަ އާއި ކޮމިޝަންގެ ބަޖެޓު ބޮޑުކުރަން އޭސީސީން އެދިއްޖެ

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އަސްލު މަސްއޫލިއްޔަތު އަދާކުރުމަށް ލިބެނީ އެންމެ 1.2 މިލިއަން ރުފިޔާ ކަމަށް ބުނެ، މުވައްޒަފުންގެ މުސާރަ އާއި ކޮމިޝަނުގެ ބަޖެޓު ބޮޑުކޮށްދިނުމަށް އެ ކޮމިޝަނުން އެދިއްޖެ އެވެ.

ރޭގައި މަޖިލީހަށް ގެންދިޔައީ ކުޅޭ ސާމާނު އަޅާފައި ހުރި ދަބަހެއް: ވަޒީރު މުއްޠަލިބު
16 Nov 2026 ހަބަރު

ރޭގައި މަޖިލީހަށް ގެންދިޔައީ ކުޅޭ ސާމާނު އަޅާފައި ހުރި ދަބަހެއް: ވަޒީރު މުއްޠަލިބު

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ރޭގެ ވަގުތެއްގައި ގެންދެވި ދަބަހަކީ ފުޓުބޯޅަ ކުޅޭ ސާމާނު އެޅި ދަބަހެއް ކަމަށާއި، މަޖިލީހަށް ވަދެވަޑައިގެންނެވީ ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރައްވައިގެން ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މީޑިއާތަކުން އުފައްދާ ޕްރޮގްރާމްތަކުގެ ނަންތައް އެމްއެމްބީސީއަށް ފޮނުވަން އެދިއްޖެ
16 Nov 2026 ހަބަރު

މީޑިއާތަކުން އުފައްދާ ޕްރޮގްރާމްތަކުގެ ނަންތައް އެމްއެމްބީސީއަށް ފޮނުވަން އެދިއްޖެ

ދިވެހިރާއްޖޭގެ މީޑިއާ އައުޓްލެޓްތަކުން އުފައްދައިގެން ގެނެސްދޭ ޕްރޮގްރާމްތަކާއި ކޮލަމްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
16 Nov 2026 ހަބަރު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށްޓަކައި އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ސެޕްޓެމްބަރު މަހު ރާއްޖޭގެ އިޤްތިޞާދަށް 4 އިންސައްތައިގެ ކުރިއެރުމެއް
16 Nov 2026 ހަބަރު

ސެޕްޓެމްބަރު މަހު ރާއްޖޭގެ އިޤްތިޞާދަށް 4 އިންސައްތައިގެ ކުރިއެރުމެއް

ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހަކީ އެންމެ ބޮޑު އިޤްތިޞާދީ ކުރިއެރުމެއް ރެކޯޑުކުރެވުނު މަސްކަން މާލީ ވުޒާރާގެ ރިޕޯޓުން ހާމަވެއެވެ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި 20 މީހަކު ގޭބަންދުގައި ތިބި މައްސަލަ ބަލައި ފިޔަވަޅުއަޅަން އެދިއްޖެ
16 Nov 2026 ހަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި 20 މީހަކު ގޭބަންދުގައި ތިބި މައްސަލަ ބަލައި ފިޔަވަޅުއަޅަން އެދިއްޖެ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކުށް ސާބިތުވެފައިވާ 20 މީހަކު މިވަގުތު ގޭބަންދުގައި ތިބި މައްސަލައެއް ފެންމަތިވެ، އެކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.