މީޑިއާތަކުން އުފައްދާ ޕްރޮގްރާމްތަކުގެ ނަންތައް އެމްއެމްބީސީއަށް ފޮނުވަން އެދިއްޖެ
ދިވެހިރާއްޖޭގެ މީޑިއާ އައުޓްލެޓްތަކުން އުފައްދައިގެން ގެނެސްދޭ ޕްރޮގްރާމްތަކާއި ކޮލަމްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި ދަފްތަރު އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމަށް އެ ކޮމިޝަނަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން އެ ތަންތަނުގެ ނަންތައް ފާސްކުރުމުގައި ފަސޭހަކުރުން ކަމަށެވެ.
އެގޮތުން، ނޫސް މަޖައްލާ ރަޖިސްޓަރީކުރުމުގެ ގަވައިދު (ނަންބަރު: 2026/R-27) ގެ 7 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން، ނޫހަކަށް ނުވަތަ މަޖައްލާއަކަށް ކިޔާ ނަމަކީ ރާއްޖޭގެ މީޑިއާއަކުން އަމިއްލައަށް އުފައްދައިގެން ހިންގާ ޕްރޮގްރާމެއް ނުވަތަ ކޮލަމެއްގެ ނަމަކަށް ވެގެން ނުވާނެ ކަމަށް ކޮމިޝަނުން ފާހަގަކުރެއެވެ.
މި ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށްޓަކައި، ރާއްޖޭގައި ޚިދުމަތްދޭ މީޑިއާ އައުޓްލެޓްތަކުން މިފަދަ އުފެއްދުންތައް އުފައްދައި ޝާއިޢުކުރާނަމަ، އެ ޕްރޮގްރާމްތަކުގެ ނަންތައް ކޮމިޝަނާ ހިއްސާކުރުމަށް ވަނީ އެދިފައެވެ.
އަދި މި މަޢުލޫމާތުތައް 2026 ނޮވެމްބަރު 22 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެ ކޮމިޝަނަށް ފޮނުވުމަށް މީޑިއާތަކަށް ވަނީ އަންގާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް