-
-
ހަބަރު 16 Nov 2026 | 10:08

ދުޅަހެޔޮ އިސްރަށްވެހިން ޕްރޮގްރާމްގައި ބައިވެރިވާން އިތުރު ފުރުސަތެއް

ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް، "ދުޅަހެޔޮ އިސްރަށްވެހިން"ގެ ނަމުގައި އެޗްޑީސީން ފަށަން ނިންމާފައިވާ ޕްރޮގްރާމްގައި ބައިވެރިވާން އިތުރު ފުރުސަތެއް ދީފިއެވެ.

އެޗްޑީސީން ބުނިގޮތުގައި މި ޕްރޮގްރާމަކީ ގިނަ އިސްރަށްވެހިން އަބަދު ގޭގައި ތިބެންޖެހޭ ޖެހުމާއި، އިޖުތިމާއީ ހަރަކާތްތަކުން އެކަހެރިވުން ނައްތާލައި، އެ ފަރާތްތަކަށް އުފާވެރި އަދި ހަރަކާތްތެރި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ރާވާފައިވާ ހަރަކާތެކެވެ. މި ޕްރޮގްރާމްގައި މުޅިން ހިލޭ ބައިވެރިވެވޭނެއެވެ.

ބައިވެރިވާން ބޭނުންވާ މީހުން މި ގޫގްލް ފޯމްމެދުވެރިކޮށް ދުޅަހެޔޮ އިސްރަށްވެހީންގެ ޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ.

އެޗްޑީސީން ބުނީ، މި މަހު ފަސްވަނަ ދުވަހު ބޭއްވި ހެލްތު އެކްސްޕޯގެ ތެރެއިން ވެސް ގިނަ އަދަދެއްގެ އިސްރަށްވެހިން ވަނީ މި ޕްރޮގްރާމްގައި ރަޖިސްޓްރީވެފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމަށް ލިބެމުން އަންނަ ތަރުހީބުގެ ސަބަބުން ވީހާ ވެސް ގިނަ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމްގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް ދިނީ ކަމަށްވެސް ބުންޏެވެ.

ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމް ފަށަން ނިންމާފައިވަނީ ނޮވެންބަރު 19 ގައެވެ.

އެޗްޑީސީން ބުނީ، މި ޕްރޮގްރާމް ކުރިއަށްދާނީ އެއް މަސް ދުވަހުގެ، ބެޗްތަކަކަށް ބަހާލައިގެން، އެއް އަހަރުގެ މުއްދަތަކަށް ކަމަށެވެ. އަދި ކޮންމެ ބެޗަކަށް ހަފުތާއަކު ތިން ދުވަހު، ޖުމުލަ 12 ސެޝަން ކުރިއަށްދާނެ ކަމަށެވެ.

އެޗްޑީސީން ބުނީ މި ހަރަކާތާ އެކު ކޮންމެ ހަފުތާއަކު ވެސް ތިން ދުވަހު، އިސްރަށްވެހިންގެ އުމުރާ ގުޅޭގޮތަށް ރޭވިފައިވާ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިންގ އަދި ނޭވާލުމުގެ ކަސްރަތުތައް ކުރިއަށްގެންދާނެ ކަމަށާ، އިސްރަށްވެހިންނާ ގުޅޭ މި ނޫން ވެސް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގެ ހުރިހާ ހަރަކާތްތަކެއްގައި ވެސް ބައިވެރިންގެ ރައްކާތެރިކަމާއި ސިއްހީ ހާލަތަށް ޚާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ބައިވެރިންނަށް ބޭނުންވާ ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ އިތުރުން، ސެޝަންތައް ކުރިއަށްދާ ވަގުތު ފަސްޓްއެއިޑްގެ ޚިދުމަތާއި، ބޯފެނާއި އަރާމުކުރާނެ އިންތިޒާމުތައް ހަމަޖައްސާފައި ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ޕްރޮގްރާމަކީ އެ ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް ހެލްތު އަދި، ހުޅުމާލެ ހޮސްޕިޓަލާއި، ފުލުހުންނާއި، ފިޒިއޯ ސޮލިއުޝަންސްގެ އިތުރުން ޕެންޝަން އޮފީހާއި، އެމްޓީސީސީއާއި، އުރީދޫ އަދި އެކިއެކި އެންޖީއޯތަކުގެ އެހީއައެކު ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ އަމާޒަކީ، މި ޕްރޮގްރާމްގެ ސަބަބުން އިސްރަށްވެހިންގެ ސިއްހީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުވެ، މުޅި ހުޅުމާލެއަކީ ހުރިހާ އުމުރެއްގެ ރައްޔިތުންނަށްވެސް އުފަލާ އެކު އުޅެވޭނެ ހިތްފަސޭހަ މުޖުތަމައަކަށް ހެދުންނކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުވައްޒަފުންގެ މުސާރަ އާއި ކޮމިޝަންގެ ބަޖެޓު ބޮޑުކުރަން އޭސީސީން އެދިއްޖެ
16 Nov 2026 ހަބަރު

މުވައްޒަފުންގެ މުސާރަ އާއި ކޮމިޝަންގެ ބަޖެޓު ބޮޑުކުރަން އޭސީސީން އެދިއްޖެ

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އަސްލު މަސްއޫލިއްޔަތު އަދާކުރުމަށް ލިބެނީ އެންމެ 1.2 މިލިއަން ރުފިޔާ ކަމަށް ބުނެ، މުވައްޒަފުންގެ މުސާރަ އާއި ކޮމިޝަނުގެ ބަޖެޓު ބޮޑުކޮށްދިނުމަށް އެ ކޮމިޝަނުން އެދިއްޖެ އެވެ.

ރޭގައި މަޖިލީހަށް ގެންދިޔައީ ކުޅޭ ސާމާނު އަޅާފައި ހުރި ދަބަހެއް: ވަޒީރު މުއްޠަލިބު
16 Nov 2026 ހަބަރު

ރޭގައި މަޖިލީހަށް ގެންދިޔައީ ކުޅޭ ސާމާނު އަޅާފައި ހުރި ދަބަހެއް: ވަޒީރު މުއްޠަލިބު

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ރޭގެ ވަގުތެއްގައި ގެންދެވި ދަބަހަކީ ފުޓުބޯޅަ ކުޅޭ ސާމާނު އެޅި ދަބަހެއް ކަމަށާއި، މަޖިލީހަށް ވަދެވަޑައިގެންނެވީ ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރައްވައިގެން ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މީޑިއާތަކުން އުފައްދާ ޕްރޮގްރާމްތަކުގެ ނަންތައް އެމްއެމްބީސީއަށް ފޮނުވަން އެދިއްޖެ
16 Nov 2026 ހަބަރު

މީޑިއާތަކުން އުފައްދާ ޕްރޮގްރާމްތަކުގެ ނަންތައް އެމްއެމްބީސީއަށް ފޮނުވަން އެދިއްޖެ

ދިވެހިރާއްޖޭގެ މީޑިއާ އައުޓްލެޓްތަކުން އުފައްދައިގެން ގެނެސްދޭ ޕްރޮގްރާމްތަކާއި ކޮލަމްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
16 Nov 2026 ހަބަރު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށްޓަކައި އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ސެޕްޓެމްބަރު މަހު ރާއްޖޭގެ އިޤްތިޞާދަށް 4 އިންސައްތައިގެ ކުރިއެރުމެއް
16 Nov 2026 ހަބަރު

ސެޕްޓެމްބަރު މަހު ރާއްޖޭގެ އިޤްތިޞާދަށް 4 އިންސައްތައިގެ ކުރިއެރުމެއް

ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހަކީ އެންމެ ބޮޑު އިޤްތިޞާދީ ކުރިއެރުމެއް ރެކޯޑުކުރެވުނު މަސްކަން މާލީ ވުޒާރާގެ ރިޕޯޓުން ހާމަވެއެވެ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި 20 މީހަކު ގޭބަންދުގައި ތިބި މައްސަލަ ބަލައި ފިޔަވަޅުއަޅަން އެދިއްޖެ
16 Nov 2026 ހަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި 20 މީހަކު ގޭބަންދުގައި ތިބި މައްސަލަ ބަލައި ފިޔަވަޅުއަޅަން އެދިއްޖެ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކުށް ސާބިތުވެފައިވާ 20 މީހަކު މިވަގުތު ގޭބަންދުގައި ތިބި މައްސަލައެއް ފެންމަތިވެ، އެކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވަން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ދޭ "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެ
10 Nov 2026 ހަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވަން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ދޭ "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުން އިގުތިސާދީ ގޮތުން ބާރުވެރިކުރުވަން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާއިން މި އަހަރުގެ ޝަރަފުވެރި "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެއެވެ.

ވީރާނާވާން ދޫކޮށްލާފައި އޮތް، ހުޅުމާލޭ ވޯޓަރ ތީމް ޕާކް ތަރައްޤީކުރުމުގެ މަސައްކަތް އަލުން ފަށަނީ
09 Nov 2026 ހަބަރު

ވީރާނާވާން ދޫކޮށްލާފައި އޮތް، ހުޅުމާލޭ ވޯޓަރ ތީމް ޕާކް ތަރައްޤީކުރުމުގެ މަސައްކަތް އަލުން ފަށަނީ

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް އެ ވޯޓަރ ތީމް ޕާކްގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ އެތަން ބަޔަކާ ހަވާލުކޮށްފައި ކަމަށެވެ.