ވަޒީރު މުޢްޠަލިބު- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ
ވަޒީރު މުޢްޠަލިބު- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ
ހަބަރު 16 Nov 2026 | 12:54

ރޭގައި މަޖިލީހަށް ގެންދިޔައީ ކުޅޭ ސާމާނު އަޅާފައި ހުރި ދަބަހެއް: ވަޒީރު މުއްޠަލިބު

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ރޭގެ ވަގުތެއްގައި ގެންދެވި ދަބަހަކީ ފުޓުބޯޅަ ކުޅޭ ސާމާނު އެޅި ދަބަހެއް ކަމަށާއި، މަޖިލީހަށް ވަދެވަޑައިގެންނެވީ ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރައްވައިގެން ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މުއްޠަލިބާއި ބަންޑާރަ ނާއިބު ރޭގެ ވަގުތެއްގައި މަޖިލީހަށް ވަޑައިގެންނެވުމަށްފަހު ނުކުންނެވި ވަގުތު ބައެއް މީޑިއާތަކުންވަނީ އެ ސަރަހައްދަށްގޮސް އެ ބޭފުޅުން އެތަނަށް ދިޔަ ސަބަބު އަހައި ސުވާލުކޮށްފައެވެ. ވަޒީރު މުއްޠަލިބު އެވަގުތު ހުންނެވީ ފޯން ކޯލެއްގައެވެ.

މިއަދު މަޖިލީހުގައިވެސް އިދިކޮޅު މެމްބަރުން ވަނީ އެކަމާއި ގުޅިގެން މިނިސްޓަރަށް ކޮރަޕްޝަންގެ ތުހުމަތުކުރައްވާފައެވެ.

އެއާ ގުޅިގެން މިއަދު ޕޯސްޓުގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ރޭ އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމްއާއެކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ އެދިވަޑައިގަތުމަކަށް، ރިއަލް އެސްޓޭޓު ވިޔަފާރީގެ ބިލާ ގުޅޭގޮތުން މެންބަރުން ސާފުކުރަން ބޭނުންވި ބައެއް މަޢުލޫމާތުތައް ސާފުކޮށްދެއްވުމަށް ކަމަށެވެ.

މަޖިލީހަށް ދަބަހެއް ގެންދެވި ސަބަބު ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، އެ ބައްދަލުވުން ހަމަޖައްސާފައި އޮތް ގަޑިއަކީ އެމަނިކުފާނު އާރަށުން ފުޓުބޯޅަ ކުޅުއްވައިގެން މާލެ ވަޑައިގެންނެވި ގަޑިއާ ދިމާވި ވަގުތު ކަމަށެވެ. އެހެންކަމުން، ލޯންޗުން ފޭބި ގޮތަށް މަޖިލީހުގެ އިދާރާއަށް ވަޑައިގަންނަވަން ޖެހުމުން، ކުޅޭ ސާމާނު އަޅާފައި ހުރި ދަބަސް ހިއްޕަވައިގެން ވަޑައިގެންނެވީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މަޖިލީހުގެ އިދާރާއަށް ވެންނެވީ އެ ދަބަސް ސެކިއުރިޓީ ޗެކްކުރުމަށްޓަކައި ސްކޭނަރުން ސްކޭން ވެސް ކޮށްގެން ކަމަށާއި، ބައްދަލުވުން ނިންމަވާލެއްވުމަށްފަހު އެނބުރި ނިކުމެވަޑައިގެންނެވީ އެ ދަބަސް ކޮނޑުގައި އަޅުއްވައިގެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ދިވެހި ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދާ، ސީސީޓީވީ ކެމެރާއާއި، ދަބަސް ސްކޭނަރ އަދި ބޮޑީ ސްކޭނަރ ބަހައްޓާފައިވާ ރައްކާތެރި ތަނެއްކަން ފާހަގަކުރައްވަމުން ވަޒީރު މުއްޠަލިބު ވިދާޅުވީ، ދައުލަތުގެ ވަޒީރުންނަށްވެސް އެތަނަށް ވަދެވެނީ އައިޑީ ކާޑުގެ ކޮޕީ ފޮނުވައިގެން ކުރިން ހުއްދަ ހޯދައިގެން ކަމަށެވެ. އަދި އެމަނިކުފާނުވެސް އެ ބައްދަލުވުމަށް ވަޑައިގެންނެވީ އެ އުސޫލުތަކާ އެއްގޮތަށް ހުރިހާ ސެކިއުރިޓީ ކަންކަން ފުރިހަމަކުރައްވައިގެން ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުވައްޒަފުންގެ މުސާރަ އާއި ކޮމިޝަންގެ ބަޖެޓު ބޮޑުކުރަން އޭސީސީން އެދިއްޖެ
16 Nov 2026 ހަބަރު

މުވައްޒަފުންގެ މުސާރަ އާއި ކޮމިޝަންގެ ބަޖެޓު ބޮޑުކުރަން އޭސީސީން އެދިއްޖެ

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އަސްލު މަސްއޫލިއްޔަތު އަދާކުރުމަށް ލިބެނީ އެންމެ 1.2 މިލިއަން ރުފިޔާ ކަމަށް ބުނެ، މުވައްޒަފުންގެ މުސާރަ އާއި ކޮމިޝަނުގެ ބަޖެޓު ބޮޑުކޮށްދިނުމަށް އެ ކޮމިޝަނުން އެދިއްޖެ އެވެ.

މީޑިއާތަކުން އުފައްދާ ޕްރޮގްރާމްތަކުގެ ނަންތައް އެމްއެމްބީސީއަށް ފޮނުވަން އެދިއްޖެ
16 Nov 2026 ހަބަރު

މީޑިއާތަކުން އުފައްދާ ޕްރޮގްރާމްތަކުގެ ނަންތައް އެމްއެމްބީސީއަށް ފޮނުވަން އެދިއްޖެ

ދިވެހިރާއްޖޭގެ މީޑިއާ އައުޓްލެޓްތަކުން އުފައްދައިގެން ގެނެސްދޭ ޕްރޮގްރާމްތަކާއި ކޮލަމްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
16 Nov 2026 ހަބަރު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށްޓަކައި އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ސެޕްޓެމްބަރު މަހު ރާއްޖޭގެ އިޤްތިޞާދަށް 4 އިންސައްތައިގެ ކުރިއެރުމެއް
16 Nov 2026 ހަބަރު

ސެޕްޓެމްބަރު މަހު ރާއްޖޭގެ އިޤްތިޞާދަށް 4 އިންސައްތައިގެ ކުރިއެރުމެއް

ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހަކީ އެންމެ ބޮޑު އިޤްތިޞާދީ ކުރިއެރުމެއް ރެކޯޑުކުރެވުނު މަސްކަން މާލީ ވުޒާރާގެ ރިޕޯޓުން ހާމަވެއެވެ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި 20 މީހަކު ގޭބަންދުގައި ތިބި މައްސަލަ ބަލައި ފިޔަވަޅުއަޅަން އެދިއްޖެ
16 Nov 2026 ހަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި 20 މީހަކު ގޭބަންދުގައި ތިބި މައްސަލަ ބަލައި ފިޔަވަޅުއަޅަން އެދިއްޖެ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކުށް ސާބިތުވެފައިވާ 20 މީހަކު މިވަގުތު ގޭބަންދުގައި ތިބި މައްސަލައެއް ފެންމަތިވެ، އެކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ދުޅަހެޔޮ އިސްރަށްވެހިން ޕްރޮގްރާމްގައި ބައިވެރިވާން އިތުރު ފުރުސަތެއް
16 Nov 2026 ހަބަރު

ދުޅަހެޔޮ އިސްރަށްވެހިން ޕްރޮގްރާމްގައި ބައިވެރިވާން އިތުރު ފުރުސަތެއް

ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް، "ދުޅަހެޔޮ އިސްރަށްވެހިން"ގެ ނަމުގައި އެޗްޑީސީން ފަށަން ނިންމާފައިވާ ޕްރޮގްރާމްގައި ބައިވެރިވާން އިތުރު ފުރުސަތެއް ދީފިއެވެ.

ރިސޯޓްތަކުން ބޭންކިން ނިޒާމަށް ވަންނަންޖެހޭ ޑޮލަރު ހޯދަން އޮޑިޓެއް ހަދަންޖެހޭ: ގަވަރުނަރު
10 Nov 2026 ހަބަރު

ރިސޯޓްތަކުން ބޭންކިން ނިޒާމަށް ވަންނަންޖެހޭ ޑޮލަރު ހޯދަން އޮޑިޓެއް ހަދަންޖެހޭ: ގަވަރުނަރު

މީރާއިން ހިއްސާކޮށްފައިވާ ހިސާބުތަކާ ހަވާލާދެއްވައި ގަވަރުނަރު ވިދާޅުވީ، ރާއްޖޭގައި ހިންގާ 185 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް (ބިޒްނަސް ޕްރޮފިޓް ޓެކްސް) ދައްކަނީ ގާތްގަނޑަކަށް 50 ވަރަކަށް ރިސޯޓުން ކަމަށެވެ.

ސަރުކާރުގައި މުވައްޒަފުން ތިބީ ބޭނުންވާ އަދަދަށްތޯ ބަލަން އޮޑިޓެއް ހަދަނީ
09 Nov 2026 ހަބަރު

ސަރުކާރުގައި މުވައްޒަފުން ތިބީ ބޭނުންވާ އަދަދަށްތޯ ބަލަން އޮޑިޓެއް ހަދަނީ

ސަރުކާރުގެ އިދާރާތަކުގައި މުވައްޒަފުން ތިބީ އެ ތަންތަނަށް ހަގީގަތުގައި ވެސް ބޭނުންވާ މިންވަރަށްތޯ ބެލުމަށްޓަކައި ޚާއްސަ އޮޑިޓެއް ކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.