އަންނަ އަހަރަށް ލަފާކުރާ ބަޖެޓްދިރާސާކުރާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އަންނަ އަހަރަށް ލަފާކުރާ ބަޖެޓްދިރާސާކުރާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު 09 Nov 2026 | 20:22

ސަރުކާރުގައި މުވައްޒަފުން ތިބީ ބޭނުންވާ އަދަދަށްތޯ ބަލަން އޮޑިޓެއް ހަދަނީ

ސަރުކާރުގެ އިދާރާތަކުގައި މުވައްޒަފުން ތިބީ އެ ތަންތަނަށް ހަގީގަތުގައި ވެސް ބޭނުންވާ މިންވަރަށްތޯ ބެލުމަށްޓަކައި ޚާއްސަ އޮޑިޓެއް ކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފިނޭންސް މިނިސްޓްރީ އާއި ނޭޝަނަލް ޕޭ ކޮމިޝަން ގުޅިގެން ކުރިއަށްގެންދާ މި އޮޑިޓަށް ފަހު، ބޭނުންވާ ވަރަށް ވުރެ އިތުރަށް މުވައްޒަފުން ތިބި އިދާރާތަކުން މުވައްޒަފުން މަދު ތަންތަނަށް މީހުން ބަދަލުކުރާނެ ކަމަށެވެ. އަދި މިއީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅަމުންދާ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އަންނަ އަހަރު ސަރުކާރުގެ އޮނިގަނޑަށް އާ މަގާމުތައް އިތުރު ނުކުރުމަށް ނިންމަވާފައި ކަމަށެވެ. އަދި ވަޒީފާއިން ވަކިވާ މީހުންގެ ބަދަލުގައި މުވައްޒަފުން ނަގާނީ ވެސް ކޮންމެހެން ބޭނުންވާ މަގާމުތަކަށް އެކަނި ކަމަށް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓްދިރާސާކުރާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު : ފޮޓޯ:ރައްޔިތުންގެ މަޖިލިސް
އަންނަ އަހަރަށް ލަފާކުރާ ބަޖެޓްދިރާސާކުރާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު : ފޮޓޯ:ރައްޔިތުންގެ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ ވެސް ނިންމަވާފައި އޮތީ މި އަންނަ އަހަރު އާ މަގާމުތައް ނުއުފައްދަން. ހަަމަ އެއާ އެކު، ރިޕްލޭސްމެންޓް ވެސް ކޮންމެހެން ބޭނުންވާ މަގާމުތަކަށް އެކަނި ނެގުން. އަދި ހަމަ އަޅުގަނޑުމެން، ފިނޭންސް މިނިސްޓްރީ އަދި ޕޭކޮމިޝަން ގުޅިގެން، ސަރުކާރުގެ މުއައްސަސާތަކުގައި މިހާރު ތިބީ ހަމަ  ބޭނުންވާ ވަރަށްތޯ މުވައްޒަފުން ބަލައި އެ ކަހަލަ އޮޑިޓެއް ވެސް ކުރުމަށް ވިސްނާފައި މިއޮތީ،"

ފިނޭންސް މިނިސްޓަރު ޒަރީރު

ދައުލަތުގެ ޚަރަދު ކުޑަކުރުމަށްޓަކައި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ސަބްސިޑީ ދޭން ފަށަން ވަނީ ނިންމައިފައެވެ. މީގެއިތުރުން ތެލަށްކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހަކަތައިގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މި ލަނޑުދަނޑި ހާސިލުކުރުމަށް މިހާރު ކުރިއަށްދާ 150 މެގަވޮޓްގެ ދެ މަޝްރޫޢުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 100 މިލިއަން ލީޓަރުގެ ތެޔޮ ސަލާމަތްކުރެވޭނެއެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) ގެ ނިސްބަތުން 46.1 ޕަސެންޓެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވީރާނާވާން ދޫކޮށްލާފައި އޮތް، ހުޅުމާލޭ ވޯޓަރ ތީމް ޕާކް ތަރައްޤީކުރުމުގެ މަސައްކަތް އަލުން ފަށަނީ
09 Nov 2026 ހަބަރު

ވީރާނާވާން ދޫކޮށްލާފައި އޮތް، ހުޅުމާލޭ ވޯޓަރ ތީމް ޕާކް ތަރައްޤީކުރުމުގެ މަސައްކަތް އަލުން ފަށަނީ

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް އެ ވޯޓަރ ތީމް ޕާކްގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ އެތަން ބަޔަކާ ހަވާލުކޮށްފައި ކަމަށެވެ.

އަމާޒަކީ މިހާރު ފަށާފައިވާ މަޝްރޫއުތަކުގެ %70 މަސައްކަތް އަންނަ އަހަރަށް ނިންމުން: ޒަރީރު
09 Nov 2026 ހަބަރު

އަމާޒަކީ މިހާރު ފަށާފައިވާ މަޝްރޫއުތަކުގެ %70 މަސައްކަތް އަންނަ އަހަރަށް ނިންމުން: ޒަރީރު

މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް އިތުރު 1.5 ބިލިޔަން ރުފިޔާ ހޭދަވާނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލުން، މިއީ ޤާނޫނީގޮތުން ބޮޑު ކުށެއް!
09 Nov 2026 ހަބަރު

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލުން، މިއީ ޤާނޫނީގޮތުން ބޮޑު ކުށެއް!

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަ ގޮތުގައި، އެ މީހާ ވަނީ 5 ރުފިޔާގެ ދިވެހި ނޫޓެއް އަނގައިން ވީދާލާފައެވެ. މިއީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކުގައި ގާނޫނީ ގޮތުން ކުށެކެވެ.

ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި
09 Nov 2026 ހަބަރު

ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ، ރޭގެ ވަގުތެއްގައި ޝާހިދުގެ ރަސްމީ ގެކަމަށްވާ ހ. ރަބީއީމަންޒިލަށް ވަދެ އެ ތަން ބަލައި ފާސްކޮށްފައެވެ.

"ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފި
09 Nov 2026 ހަބަރު

"ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފި

ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީއާރްއެޗްސީ) ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފިއެވެ.

ޝާހިދުގެ މައްސަލައަކީ ސިޔާސީ ކަމެއް ނޫން، ވަރަށް ސީރިއަސް: ރައީސް
09 Nov 2026 ހަބަރު

ޝާހިދުގެ މައްސަލައަކީ ސިޔާސީ ކަމެއް ނޫން، ވަރަށް ސީރިއަސް: ރައީސް

އެއްވެސް ޙާލަތެއްގައި އެއީ ސިޔާސީކަމެއް ނޫން ކަމަށާއި ދުވަހަކުވެސް، ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކާއި ދޭތެރޭ ފިޔަވަޅެއް އެޅުން އެއީ މިއަދާއި ހަމައަށްވެސް ކުރެއްވި ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޗައިނާ ސަރުކާރުގެ ސްކޮލަރޝިޕް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
09 Nov 2026 ހަބަރު

ޗައިނާ ސަރުކާރުގެ ސްކޮލަރޝިޕް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މި ސްކޮލަރޝިޕްގެ ދަށުން ތަފާތު ތައުލީމީ މަރުހަލާތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން، އަންޑަރގްރެޖުއޭޓް، ޕޯސްޓްގްރެޖުއޭޓް އަދި ޑޮކްޓޯރަލް ޑިގްރީ ފެންވަރުގެ ޕްރޮގުރާމްތަކަށް އެޕްލިކޭޝަން ހުށެހެޅޭނެ ކަމަށް މިނިސްޓްރީއިން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ހދ އިން ގދ އަތޮޅަށް ހުދު ސަމާލު ނެރެފި
09 Nov 2026 ހަބަރު

ހދ އިން ގދ އަތޮޅަށް ހުދު ސަމާލު ނެރެފި

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު މެންދުރު 13:30 އިން ފެށިގެން މިރޭ 19:00 އާ ހަމައަށެވެ.