ރައީސް މުޢިއްޒު
ރައީސް މުޢިއްޒު
ހަބަރު 09 Nov 2026 | 15:40

"ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފި

ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީއާރްއެޗްސީ) ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފިއެވެ.

މިއީ ދިވެހި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި، އެ ސިނާޢަތުން ލިބޭ އިޤްތިޞާދީ މަންފާތައް ދިވެހި އެންމެހައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ބެހިގެންދާނެ އިންތިޒާމު ހަމަޖެއްސުމަށާއި، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތަކާއި ޤުދުރަތީ އެންމެހައި ވަސީލަތްތަކުގެ އަގު މަތިކޮށް، ދައުލަތަށާއި އަންނަންއޮތް ޖީލުތަކަށް އެއިން އެންމެ އެދެވޭ ދިގުމުއްދަތުގެ މަންފާ ލިބިދެވޭނެ ފަދަ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރުމުގެ ބޭނުމުގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެއްވި ކުންފުންޏެކެވެ.

މި ކުންފުންޏަކީ ސައްތަ އިންސައްތަ ސަރުކާރު ހިއްސާވާގޮތަށް، ތިމާވެށި ރައްކާތެރިކުރުމާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދީގެން ބައިނަލްއަޤްވާމީ ފެންވަރުގެ ރިސޯޓުތަކާއި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް ހިންގުމަށާއި، ދިވެހި ރައްޔިތުންނަށް ވަޒީފާއާއި ފަންނީ ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދީ، ޤައުމީ އިޤްތިޞާދަށް ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ދިވެހިރާއްޖޭގައި ހަރުދަނާ އަދި ވާދަވެރި ފަތުރުވެރިކަމުގެ ވިޔަފާރީގެ ވެއްޓެއް ބިނާކުރުމުގެ ބޭނުމުގައި އުފައްދަވާފައިވާ ކުންފުންޏެއް ކަމަށް ސަރުކާރުން ބުނެ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާޙުކޮށްދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާވަނީ ވަކިވަކި ފަރުދުންނަށް ސީދާގޮތުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ މަންފާކުރާނޭ ގޮތަށް ފަރުމާކުރައްވާފައިވާ ނިޒާމު އިޢުލާންކުރެއްވި އެވެ. އެގޮތުން، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިޔަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްޤީކޮށް އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، ހަމަ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް، ހަމަހަމަ ކަމާއެކު، އަހަރަކު އެއްފަހަރު، ބޭރު ފައިސާއިން ޖަމާކޮށްދިނުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ، މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރެއްކަމުގައި، ޤާނޫނަކުން ކަނޑައަޅުއްވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުން އޭރު ބުނި ގޮތުގަައި މަދުވެގެން 400 ޑޮލަރު ކޮންމެ މީހަކަށް ލިބޭނެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޝާހިދުގެ މައްސަލައަކީ ސިޔާސީ ކަމެއް ނޫން، ވަރަށް ސީރިއަސް: ރައީސް
09 Nov 2026 ހަބަރު

ޝާހިދުގެ މައްސަލައަކީ ސިޔާސީ ކަމެއް ނޫން، ވަރަށް ސީރިއަސް: ރައީސް

އެއްވެސް ޙާލަތެއްގައި އެއީ ސިޔާސީކަމެއް ނޫން ކަމަށާއި ދުވަހަކުވެސް، ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކާއި ދޭތެރޭ ފިޔަވަޅެއް އެޅުން އެއީ މިއަދާއި ހަމައަށްވެސް ކުރެއްވި ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޗައިނާ ސަރުކާރުގެ ސްކޮލަރޝިޕް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
09 Nov 2026 ހަބަރު

ޗައިނާ ސަރުކާރުގެ ސްކޮލަރޝިޕް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މި ސްކޮލަރޝިޕްގެ ދަށުން ތަފާތު ތައުލީމީ މަރުހަލާތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން، އަންޑަރގްރެޖުއޭޓް، ޕޯސްޓްގްރެޖުއޭޓް އަދި ޑޮކްޓޯރަލް ޑިގްރީ ފެންވަރުގެ ޕްރޮގުރާމްތަކަށް އެޕްލިކޭޝަން ހުށެހެޅޭނެ ކަމަށް މިނިސްޓްރީއިން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ހދ އިން ގދ އަތޮޅަށް ހުދު ސަމާލު ނެރެފި
09 Nov 2026 ހަބަރު

ހދ އިން ގދ އަތޮޅަށް ހުދު ސަމާލު ނެރެފި

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު މެންދުރު 13:30 އިން ފެށިގެން މިރޭ 19:00 އާ ހަމައަށެވެ.

ކ. ގުޅީ ސްކޫލްގެ މަލްޓި ޕާޕަސް ހޯލްއާއި 6 ކްލާސްރޫމްގެ މަސައްކަތުގެ 37 އިންސައްތަ ނިމިއްޖެ
09 Nov 2026 ހަބަރު

ކ. ގުޅީ ސްކޫލްގެ މަލްޓި ޕާޕަސް ހޯލްއާއި 6 ކްލާސްރޫމްގެ މަސައްކަތުގެ 37 އިންސައްތަ ނިމިއްޖެ

އެގޮތުން، މިހާރު އެ އިމާރާތުގައި ކުރިއަށްދަނީ އެ އިމާރާތުގެ ފުރާޅު ވަރުގަދަ ކުރުމުގެ މަސައްކަތެވެ.

ޑުއެލް ޕާސްޕޯޓް އޮންނަ އިސްރާއީލް މީހުންނަށް ވެސް ރަސްމާލޭން ބިން ނުގަނެވޭނެ: ރައީސް މުޢިއްޒު
09 Nov 2026 ހަބަރު

ޑުއެލް ޕާސްޕޯޓް އޮންނަ އިސްރާއީލް މީހުންނަށް ވެސް ރަސްމާލޭން ބިން ނުގަނެވޭނެ: ރައީސް މުޢިއްޒު

އެހެން ޤައުމުތަކުގެ ޑުއެލް ޕާސްޕޯޓް އޮންނަ އިސްރާއީލުގެ ރައްޔިތުންނަށް ވެސް ރަސްމާލެ މަޝްރޫޢުގެ ދަށުން ބިން ނުވަތަ ޕްރޮޕަޓީ ނުގަނެވޭނެ ކަމަށާއި، އެކަމުގައި އެއްވެސް "ލޫޕްހޯލެއް" ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޝަރުޢީ ނިޒާމް މިނިވަން ނޫންކަމަށް ބުނެ ކުރީގެ ސަރުކާރުތަކުން ދެއްކީ ބަހަނާއެއް؛ އަޅުގަނޑު މަރުގެ ޙުކުމް ތަންފީޛު ކުރާނަން: ރައީސް ޑރ. މުޢިއްޒު
09 Nov 2026 ހަބަރު

ޝަރުޢީ ނިޒާމް މިނިވަން ނޫންކަމަށް ބުނެ ކުރީގެ ސަރުކާރުތަކުން ދެއްކީ ބަހަނާއެއް؛ އަޅުގަނޑު މަރުގެ ޙުކުމް ތަންފީޛު ކުރާނަން: ރައީސް ޑރ. މުޢިއްޒު

ޝަރުޢީ ނިޒާމު މިނިވަން ނޫން ކަމަށް ބުނެ، ވޭތުވެދިޔަ ސަރުކާރުތަކުން މަރުގެ އަދަބު ތަންފީޛު ނުކޮށް ދެއްކީ ބަހަނާތަކެއް ކަމަށާއި، މި ސަރުކާރުން މަރުގެ ޙުކުމް ތަންފީޛު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނުނަގާނަން: ރައީސް މުޢިއްޒު
09 Nov 2026 ހަބަރު

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނުނަގާނަން: ރައީސް މުޢިއްޒު

ރަސްމާލެ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރެފަރެންޑަމެއް ނުނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މަރުގެ އަދަބު ތަންފީޒުކުރާ ބިލު މަޖިލީހަށް؛ ތަންފީޒުކުރަންޖެހޭނީ ދަންޖައްސައިގެން
09 Nov 2026 ހަބަރު

މަރުގެ އަދަބު ތަންފީޒުކުރާ ބިލު މަޖިލީހަށް؛ ތަންފީޒުކުރަންޖެހޭނީ ދަންޖައްސައިގެން

ދިވެހިރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ދަންޖައްސައިގެން ތަންފީޒުކުރުމާ ގުޅޭ ޚާއްޞަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.