ރައީސް މުޢިއްޒު-
ރައީސް މުޢިއްޒު-
ހަބަރު 09 Nov 2026 | 13:08

ޑުއެލް ޕާސްޕޯޓް އޮންނަ އިސްރާއީލް މީހުންނަށް ވެސް ރަސްމާލޭން ބިން ނުގަނެވޭނެ: ރައީސް މުޢިއްޒު

އެހެން ޤައުމުތަކުގެ ޑުއެލް ޕާސްޕޯޓް އޮންނަ އިސްރާއީލުގެ ރައްޔިތުންނަށް ވެސް ރަސްމާލެ މަޝްރޫޢުގެ ދަށުން ބިން ނުވަތަ ޕްރޮޕަޓީ ނުގަނެވޭނެ ކަމަށާއި، އެކަމުގައި އެއްވެސް "ލޫޕްހޯލެއް" ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ ބައްދަލުވުމުގައި ނޫސްވެރިޔާ ވަނީ ރިއަލް އެސްޓޭޓް ބިލުގައި އިސްރާއީލް ރައްޔިތުންނަށް ޕްރޮޕަޓީ ގަތުން މަނާކޮށްފައިވާއިރު، އިސްރާއީލުގެ ގިނަ ރައްޔިތުންނަކީ އެމެރިކާ ފަދަ ޤައުމުތަކުގެ ޕާސްޕޯޓު ވެސް ގެންގުޅޭ ބަޔަކަށް ވާތީ، އެ ބިލުގެ ތެރެއިން އެފަދަ ފަރާތްތަކަށް ފުރުޞަތު ލިބިދާނެތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުން ހުށަހެޅި އިމިގްރޭޝަން ބިލުގައި ވަކި ކަމަކާ ނުގުޅުވައި، މުތުލަޤަށް އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި ޑުއެލް ޕާސްޕޯޓުގައި ރާއްޖެއަށާއި އެހެން ޤައުމުތަކަށް އެތެރެވުމުގައި ބަލަނީ އިމިގްރޭޝަންގެ މިންގަނޑުތަކަށް ކަމުގައި ވިޔަސް، ރިއަލް އެސްޓޭޓް ބިލުގައި އެއަށްވުރެ ވެސް ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރިއަލް އެސްޓޭޓް ބިލުގައި މި ބަޔާންކުރަނީ އަދި އެއަށްވުރެ ވެސް ތަފްޞީލުކޮށް އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް، އިޒްރޭލުގެ އިންވެސްޓަރަކަށް ވެސް އަދި ކުންފުންޏަކަށް ވެސް ފުރުޞަތެއް ނެތް ވާހަކަ،"

ރައީސް މުޢިއްޒު

ރައީސް އިތުރަށް ތަފްޞީލު ދެއްވަމުން ވިދާޅުވީ، ޑުއެލް ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވި ކަމުގައި ވިޔަސް، ރާއްޖޭގައި އިންވެސްޓް ކުރެވޭނީ އިތުރު ތަފްޞީލުތައް ބަލައި، ހަރުދަނާ "ކޭވައިސީ" ޗެކްތައް ފުރިހަމަކޮށްގެން ކަމަށެވެ. އަދި އެ ކަންކަން ކަމާބެހޭ އިދާރާތަކުން ކަށަވަރު ނުކުރަނީސް އެއްވެސް ހުއްދައެއް ނުދޭނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

"އިންވެސްޓް ކުރާއިރު ބަލަން ޖެހޭ އަދި ބެލޭނެ ކަންކަން ހުރޭ. އެހެންވީމާ އެއްވެސް ލޫޕްހޯލެއް އޮތް ކަމެއް ނޫން މިއީކީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު މަޖިލީހަށް ހުށަހަޅާފައިވާއިރު، މި ބިލަކީ ދިވެހިރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާކޮށް، ހާމަކަންބޮޑު އަދި ޖަވާބުދާރީވަނިވި ނިޒާމެއްގެ ތެރެއިން އެ ވިޔަފާރި ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ހުށަހެޅި ބިލެކެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރިއަލް އެސްޓޭޓް ޑިވެލޮޕަރުން ރަޖިސްޓަރީކުރުމާއި، އެ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުމާއި، ޕްރޮޕަޓީ ގަންނަ ފަރާތްތަކުގެ މަޞްލަޙަތު ރައްކާތެރިކުރުން ހިމެނެއެވެ. އަދި މި ވިޔަފާރީގައި ޙަރަކާތްތެރިވާ ފަރާތްތައް މޮނިޓަރކުރެވޭނެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމަކީ ވެސް މި ބިލުގެ މުހިންމު މަޤްޞަދެކެވެ.

މި ބިލުގެ 93 ވަނަ މާއްދާގެ (ށ)ގައި ކަނޑައަޅާފައިވަނީ، އިސްރާއީލްގެ ރައްޔިތުންނަށް ނުވަތަ އެ މީހުންގެ ސީދާ އަދި ނުސީދާ ހިއްސާއެއް އޮންނަ ޤާނޫނީ ޝަޚްޞަކަށް ޒޯނުގައިވާ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެ ކަމަށާއި އަދި ބިމެއް ސަބްލީސް ވެސް ނުކުރެވޭނެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޝަރުޢީ ނިޒާމް މިނިވަން ނޫންކަމަށް ބުނެ ކުރީގެ ސަރުކާރުތަކުން ދެއްކީ ބަހަނާއެއް؛ އަޅުގަނޑު މަރުގެ ޙުކުމް ތަންފީޛު ކުރާނަން: ރައީސް ޑރ. މުޢިއްޒު
09 Nov 2026 ހަބަރު

ޝަރުޢީ ނިޒާމް މިނިވަން ނޫންކަމަށް ބުނެ ކުރީގެ ސަރުކާރުތަކުން ދެއްކީ ބަހަނާއެއް؛ އަޅުގަނޑު މަރުގެ ޙުކުމް ތަންފީޛު ކުރާނަން: ރައީސް ޑރ. މުޢިއްޒު

ޝަރުޢީ ނިޒާމު މިނިވަން ނޫން ކަމަށް ބުނެ، ވޭތުވެދިޔަ ސަރުކާރުތަކުން މަރުގެ އަދަބު ތަންފީޛު ނުކޮށް ދެއްކީ ބަހަނާތަކެއް ކަމަށާއި، މި ސަރުކާރުން މަރުގެ ޙުކުމް ތަންފީޛު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނުނަގާނަން: ރައީސް މުޢިއްޒު
09 Nov 2026 ހަބަރު

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނުނަގާނަން: ރައީސް މުޢިއްޒު

ރަސްމާލެ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރެފަރެންޑަމެއް ނުނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މަރުގެ އަދަބު ތަންފީޒުކުރާ ބިލު މަޖިލީހަށް؛ ތަންފީޒުކުރަންޖެހޭނީ ދަންޖައްސައިގެން
09 Nov 2026 ހަބަރު

މަރުގެ އަދަބު ތަންފީޒުކުރާ ބިލު މަޖިލީހަށް؛ ތަންފީޒުކުރަންޖެހޭނީ ދަންޖައްސައިގެން

ދިވެހިރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ދަންޖައްސައިގެން ތަންފީޒުކުރުމާ ގުޅޭ ޚާއްޞަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
09 Nov 2026 ހަބަރު

ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ފުލުހުން ބުނީ، މާލޭގެ ހުސައިނީގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:17 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.

ރިއަސް އެސްޓޭޓް ބިލް؛ ރަސްމާލެއިން އިސްރާއީލް މީހުންނަށް ޕްރޮޕަޓީ ނުވިއްކޭނެ
09 Nov 2026 ހަބަރު

ރިއަސް އެސްޓޭޓް ބިލް؛ ރަސްމާލެއިން އިސްރާއީލް މީހުންނަށް ޕްރޮޕަޓީ ނުވިއްކޭނެ

ރާއްޖޭގައި ތަރައްޤީކުރާ އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުތަކުން، އިސްރާއީލްގެ ރައްޔިތުންނަށާއި އެ ޖަމާއަތުގެ މަޞްލަޙަތު އޮންނަ ކުންފުނިތަކަށް ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ވިއްކުމާއި ބިން ސަބްލީސްކުރުން މަނާކުރާ މާއްދާތަކެއް ހިމަނައި، ސަރުކާރުގެ ފަރާތުން ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ.

ރަސްމާލެ ފަދަ ރިއަލް އެސްޓޭޓް ޒޯންތަކުގައި ބަނގުރަލާއި އޫރުމަހާއި ޖުވާ މަނާކޮށް ބިލު ހުށަހަޅައިފި
09 Nov 2026 ހަބަރު

ރަސްމާލެ ފަދަ ރިއަލް އެސްޓޭޓް ޒޯންތަކުގައި ބަނގުރަލާއި އޫރުމަހާއި ޖުވާ މަނާކޮށް ބިލު ހުށަހަޅައިފި

ދިވެހިރާއްޖޭގައި ތަރައްޤީކުރާ އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތަކުގައި ބަނގުރަލާއި، އޫރުމަހާއި، ޖުވާ ކުޅުން ފަދަ އިސްލާމީ ޝަރީޢަތާ ޚިލާފު އެންމެހައި ކަންކަން މަނާކުރުމަށް ބަޔާންކޮށް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
09 Nov 2026 ހަބަރު

ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު ހެނދުނު 07:30 އިން ފެށިގެން މެންދުރު 13:30 ގެ ނިޔަލަށެވެ.

ޖީއެސްޓީ ރަޖިސްޓްރީގެ މިންގަނޑު 1.5 މިލިއަނަށް ބޮޑުކުރާ ބިލު ކޮމިޓީން ފާސްކޮށްފި
09 Nov 2026 ހަބަރު

ޖީއެސްޓީ ރަޖިސްޓްރީގެ މިންގަނޑު 1.5 މިލިއަނަށް ބޮޑުކުރާ ބިލު ކޮމިޓީން ފާސްކޮށްފި

ޖީއެސްޓީއަށް ރަޖިސްޓްރީކުރަން ލާޒިމުވާ އާމްދަނީގެ މިންގަނޑު އެއް މިލިއަނުން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރާ އިސްލާހާއެކު ޖީއެސްޓީ ބިލު އިގްތިސޯދީ ކޮމިޓީން ފާސްކޮށްފިއެވެ.