މިއަދު ބޭއްވި ނޫސްވެރިންގެ ބައްދުވުމުގައި ރައީސް ވާހަކަދައްވަނީ- ފޮޓޯ/ ރައީސް އޮފީސް
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދުވުމުގައި ރައީސް ވާހަކަދައްވަނީ- ފޮޓޯ/ ރައީސް އޮފީސް
ހަބަރު 09 Nov 2026 | 11:32

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނުނަގާނަން: ރައީސް މުޢިއްޒު

ރަސްމާލެ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރެފަރެންޑަމެއް ނުނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރަސްމާލޭން 500 ހެކްޓަރު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އުޅޭ ކަމަށް ބުނާ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލަން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ދާދިފަހުން ފާސްކޮށްފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެއީ ރެފަރެންޑަމަށް ދާންޖެހޭ ކަމެއް ނޫންކަމަށެވެ.

"މި ކަމަކީ އަޅުގަނޑުމެން ރިފަރެންޑަމެއް ހިންގާނެ ކަމެއް ނޫން، މި ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި މިހިރީ ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލާއި އަޅުގަނޑުމެންގެ ގާނޫނުތަކާއި މި ހުރިހާ ކަމަކަށް ރިއާޔަތްކުރެވިފައި މި އޮތީ ގާނޫނުގައި ސީދާ،"

ރައީސް މުޢިއްޒު

ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ހަވާލާދެއްވައެވެ. ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނު ހުށަހެޅުއްވި މި ބިލަކީ ރަސްމާލެ ފަދަ ރިއަލް އެސްޓޭޓް ދާއިރާއަށް ހާއްސަކޮށް އެކުލަވާލެވޭ ފުރަތަމަ ގާނޫނެވެ.

މި ބިލުގެ ދަށުން ރިއަލް އެސްޓޭޓް ވިޔަފާރި ރެގިއުލޭޓް ކުރުމަށްޓަކައި ހާއްސަ އިދާރާއެއް އުފައްދައި، ވިއްކާ ބިންބިމާއި އިމާރާތްތަކުގެ ޔުނިޓުތަކުގެ ދަފްތަރެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ. އަދި ޑިވެލޮޕަރުންނާއި، ބްރޯކަރުންނާއި، އޭޖެންޓުންގެ އިތުރުން ވެލުއަރުންނަށް ލައިސަންސް ދިނުމުގެ ނިޒާމެއް ހަމަޖައްސައި، އިމާރާތްކޮށް ނުނިމެނީސް ޔުނިޓު ގަންނަން ދައްކާ ފައިސާއަށް ގާނޫނީ ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ބިލުގައިވެއެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި:

77 ވަނަ މާއްދާގެ (ރ): ކަނޑައަޅާ ޒޯނުގައި ތަރައްގީކުރާ ތަންތަނާއި ހިންގާ ވިޔަފާރިތަކަށް އަދި އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ބަނގުރަލާއި، އޫރުމަހާއި އެފަދަ ތަކެތި އިމްޕޯޓްކުރުމާއި ވިއްކުން ނުވަތަ ބޭނުންކުރުން މުޅިން މަނާވާނެއެވެ.

78 ވަނަ މާއްދާގެ (ހ): އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދެއް މާސްޓަރ ޑިވެލޮޕަރަކަށް ކުއްޔަށް ދެވޭނީ ގިނަވެގެން 99 އަހަރުގެ މުއްދަތަށެވެ.

81 ވަނަ މާއްދާގެ (ހ): މި ޒޯނުގެ ތެރޭގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ މުދަލާއި ހިދުމަތް ބެލެވޭނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތް ކަމުގައެވެ. އަދި ޓެކްސް ނެގޭނީ ވެސް އެ ރޭޓުންނެވެ.

89 ވަނަ މާއްދާގެ (މ): މި ޒޯނުން ޕްރޮޕަޓީއެއް ގަތުމަކުން ރާއްޖޭގެ ރައްޔިތަކަށް ވުމުގެ އެއްވެސް ހައްގެއް ނުލިބޭނެއެވެ.

93 ވަނަ މާއްދާގެ (ށ): އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް، ނުވަތަ އެ ގައުމުގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކަށް މި ޒޯނުން އެއްވެސް ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެއެވެ. އަދި ސަބްލީސް ވެސް ނުކުރެވޭނެއެވެ.

95 ވަނަ މާއްދާގެ (ހ): ވަކި އެއް ގައުމެއްގެ ރައްޔިތުންނަށް ނުވަތަ ކުންފުނިތަކަށް ރަޖިސްޓްރީކޮށްދެވޭނީ ޖުމްލަ ބިންތަކުގެ %25 އަށްވުރެ އިތުރުނުވާ މިންވަރަށެވެ.

96 ވަނަ މާއްދާގެ (ހ): ޒޯނުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނީ ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުންނެވެ.

98 ވަނަ މާއްދާ: ރާއްޖޭގެ ގާނޫނުތަކާ ހިލާފު އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި، ދައުލަތުގެ ސިޔާދަތާއި އިސްތިގުލާލަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޖުވާކުޅުން ފަދަ އިސްލާމީ ޝަރީއަތުގައި މަނާ އެއްވެސް ކަމެއް ނުހިންގޭނެ ކަމަށާއި، އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ޝިއާރު ފާޅުކުރުމާއި، އަޅުކަންކުރާ ތަންތަން ހެދުން މުޅިން މަނާވާނެއެވެ.

މީގެއިތުރުން، މި ގާނޫނާ ހިލާފުވާ އަމަލުތަކަކީ ޖިނާއީ ކުށެއް ކަމުގައި ބެލެވޭނަމަ، އަޅާ އިދާރީ ފިޔަވަޅުތަކުގެ އިތުރުން އެކަން ތަހުގީގުކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅަންޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މަރުގެ އަދަބު ތަންފީޒުކުރާ ބިލު މަޖިލީހަށް؛ ތަންފީޒުކުރަންޖެހޭނީ ދަންޖައްސައިގެން
09 Nov 2026 ހަބަރު

މަރުގެ އަދަބު ތަންފީޒުކުރާ ބިލު މަޖިލީހަށް؛ ތަންފީޒުކުރަންޖެހޭނީ ދަންޖައްސައިގެން

ދިވެހިރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ދަންޖައްސައިގެން ތަންފީޒުކުރުމާ ގުޅޭ ޚާއްޞަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
09 Nov 2026 ހަބަރު

ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ފުލުހުން ބުނީ، މާލޭގެ ހުސައިނީގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:17 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.

ރިއަސް އެސްޓޭޓް ބިލް؛ ރަސްމާލެއިން އިސްރާއީލް މީހުންނަށް ޕްރޮޕަޓީ ނުވިއްކޭނެ
09 Nov 2026 ހަބަރު

ރިއަސް އެސްޓޭޓް ބިލް؛ ރަސްމާލެއިން އިސްރާއީލް މީހުންނަށް ޕްރޮޕަޓީ ނުވިއްކޭނެ

ރާއްޖޭގައި ތަރައްޤީކުރާ އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުތަކުން، އިސްރާއީލްގެ ރައްޔިތުންނަށާއި އެ ޖަމާއަތުގެ މަޞްލަޙަތު އޮންނަ ކުންފުނިތަކަށް ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ވިއްކުމާއި ބިން ސަބްލީސްކުރުން މަނާކުރާ މާއްދާތަކެއް ހިމަނައި، ސަރުކާރުގެ ފަރާތުން ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ.

ރަސްމާލެ ފަދަ ރިއަލް އެސްޓޭޓް ޒޯންތަކުގައި ބަނގުރަލާއި އޫރުމަހާއި ޖުވާ މަނާކޮށް ބިލު ހުށަހަޅައިފި
09 Nov 2026 ހަބަރު

ރަސްމާލެ ފަދަ ރިއަލް އެސްޓޭޓް ޒޯންތަކުގައި ބަނގުރަލާއި އޫރުމަހާއި ޖުވާ މަނާކޮށް ބިލު ހުށަހަޅައިފި

ދިވެހިރާއްޖޭގައި ތަރައްޤީކުރާ އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތަކުގައި ބަނގުރަލާއި، އޫރުމަހާއި، ޖުވާ ކުޅުން ފަދަ އިސްލާމީ ޝަރީޢަތާ ޚިލާފު އެންމެހައި ކަންކަން މަނާކުރުމަށް ބަޔާންކޮށް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
09 Nov 2026 ހަބަރު

ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު ހެނދުނު 07:30 އިން ފެށިގެން މެންދުރު 13:30 ގެ ނިޔަލަށެވެ.

ޖީއެސްޓީ ރަޖިސްޓްރީގެ މިންގަނޑު 1.5 މިލިއަނަށް ބޮޑުކުރާ ބިލު ކޮމިޓީން ފާސްކޮށްފި
09 Nov 2026 ހަބަރު

ޖީއެސްޓީ ރަޖިސްޓްރީގެ މިންގަނޑު 1.5 މިލިއަނަށް ބޮޑުކުރާ ބިލު ކޮމިޓީން ފާސްކޮށްފި

ޖީއެސްޓީއަށް ރަޖިސްޓްރީކުރަން ލާޒިމުވާ އާމްދަނީގެ މިންގަނޑު އެއް މިލިއަނުން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރާ އިސްލާހާއެކު ޖީއެސްޓީ ބިލު އިގްތިސޯދީ ކޮމިޓީން ފާސްކޮށްފިއެވެ.

ކުށްމަދުކުރުމަށް ހަމައެކަނި ބާރުގެ ބޭނުންކުރި ޒަމާން މާޒީވެއްޖެ: ސީޕީ
08 Nov 2026 ހަބަރު

ކުށްމަދުކުރުމަށް ހަމައެކަނި ބާރުގެ ބޭނުންކުރި ޒަމާން މާޒީވެއްޖެ: ސީޕީ

ކޮމިޝަނާ ވިދާޅުވީ، މިއަދުގެ ގާބިލު ފުލުހެއްގެ ކިބައިގައި މުހިންމު ތިން އަސާސެއް ފުރިހަމަވާންޖެހޭނެ ކަމަށެވެ.

ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް އެންމެންނަށް ޤަދަރުކުރާ މުޖުތަމައެއް: ފަސްޓްލޭޑީ
08 Nov 2026 ހަބަރު

ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް އެންމެންނަށް ޤަދަރުކުރާ މުޖުތަމައެއް: ފަސްޓްލޭޑީ

އެކަމަނާ މިފަދައިން ވިދާޅުވީ، އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި "ރިވެލި އެވޯޑް" ދިނުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.