ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ގަރލްސް ޓު ކޯޑް ޕްރޮގްރާމް އޭދަފުށީގައި ފަށައިފި
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގާ ގަރލްސް ޓު ކޯޑް ޕްރޮގްރާމް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ހުނަރުތައް މުޤައްރަރުގައި ހިމަނައިގެން ބ. އޭދަފުށީގައި މިއަހަރު ފަށައިފިއެވެ.
ހަތް ހަފުތާގެ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ހައިބްރިޑް ގޮތެއްގައި ކަމަށް ދިރާގުން ބުނެފައިވެއެވެ. އެގޮތުން ޢަމަލީ ކުލާސްތަކާއި ވަރޗުއަލް ސެޝަންތަކުގެ އިތުރުން މެންޓަރޝިޕް ސެޝަންތައް ވެސް ޕްރޮގްރާމުގައި ހިމެނެއެވެ. ކޯޑިންގުގެ ކުރީގެ ތަޖުރިބާއެއް ނެތް، 15 އަހަރާއި 35 އަހަރާ ދެމެދުގެ އަންހެނުންނަށް އަމާޒުކޮށްފައިވާ މި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ވެބްސައިޓާއި ޑިޖިޓަލް ޕްރޮޖެކްޓް އަމިއްލައަށް ތައްޔާރުކުރަން ދަސްވެއެވެ. ޓެކް ދާއިރާގެ ތަޢުލީމީ އަދި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ވެސް ބައިވެރިންނަށް ފޯރުކޮށްދެއެވެ.
ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ދިރާގުގެ ސީނިއާ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ޙަމީދު ވިދާޅުވީ ގަރލްސް ޓު ކޯޑް ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ހަލުވިކަމާއެކު ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގައި ކުރިއަށްދިއުމަށް ބޭނުންވާ ހުނަރާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރުގެ އިތުރުން ޑިޖިޓަލް ދާއިރާގެ ހޭލުންތެރިކަން އިތުރުކޮށް އަންހެނުން ބާރުވެރިކުރުވުން ކަމަށެވެ.
މިއަހަރުގެ ޕްރޮގްރާމްގައި އޭއައި އަށް ހާއްސަ ސަމާލުކަމެއް ދީފައިވާއިރު، މެންޓާޝިޕް އަދި ކެރިއާ ގައިޑެންސް ސެޝަންތަކުގެ ސަބަބުން ބައިވެރިންނަށް އަމަލީ މާހައުލުގައި ހުރި ފުރުސަތުތައް ފަހިވެގެންދާނެ. މި ޕްރޮގްރާމް އޭދަފުށީގައި ފަށައި، ވިމެން އިންޓެކް މޯލްޑިވްސް އާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި. ކުރިއަށްގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." .
ވިމެން އިން ޓެކް މޯލްޑިވްސްގެ ނައިބު ރައީސް މިހްނާ ޒާހިރު ވިދާޅުވީ ދިރާގާ ގުޅިގެން މިއަހަރުގެ ގަރލްސް ޓު ކޯޑް ޕްރޮގްރާމް ބ. އޭދަފުއްޓަށް ގެނެވުމުން އުފާވާ ކަމަށެވެ.
މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ފޭލި ޖަމިއްޔާ، ބާ އަތޮޅު އެޑިއުކޭޝަން ސެންޓަރު އަދި އޭދަފުށީގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި ހޫނު މަރުހަބާއަށް ހިތުގެ އަޑިން ޝުކުރު އަދާކުރަން. މި ޕްރޮގްރާމްގެ ސަބަބުން އިތުރު ޒުވާން އަންހެނުން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިވެ، ކޯޑިންގް އަދި އޭއައިގެ ހުނަރުތައް ވަރުގަދަކޮށް، އަދި ޑިޖިޓަލް ދާއިރާގައި އަމިއްލަ ފައިމައްޗަށް ތެދުވެ، އައު އުފެއްދުންތައް ބިނާކުރާނެ ބަޔަކަށް ވުމުގެ އިތުބާރާއި ހިތްވަރު ލިބިގެންދާނެ ކަމަށް އުންމީދު ކުރަން. މިއީ ފައިދާހުރި ޕްރޮގްރާމަކަށް ވެގެންދާނެ ކަމަށާއި، ބައިވެރިން ހާސިލްކުރާނެ ކާމިޔާބީތައް ދެކެން އަޅުގަނޑުމެން އުންމީދުކުރަން."
މި ޕްރޮގްރާމުގެ ބައެއްގެ ގޮތުގައި "ޓެކް އެންޑް ބިޔޯންޑް" ގެ ނަމުގައި ޚާއްޞަ ސެޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ސެޝަންތަކުގައި ދެ ޖަމާޢަތުގެ އިސް ބޭފުޅުންނާއި ފަންނީ މާހިރުން ވަނީ ޓެކް ދާއިރާގެ ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ބައިވެރިންނާ ހިއްސާކުރައްވައިފައެވެ. ގަރލްސް ޓު ކޯޑް ޕްރޮގްރާމަކީ 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހަ ސަރަޙައްދެއްގައި ހިންގައި، މިހާތަނަށް 100 އަށްވުރެ ގިނަ ޒުވާން އަންހެނުން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާ ޕްރޮގްރާމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް