ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ދިރާގުން ރާއްޖޭގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް މިއަދު ހުޅުވާލައިފިއެވެ.
އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށްޓަކައި ހިންގާ މި ޕްރޮގްރާމާ ބެހޭގޮތުން ދިރާގުން ބުނީ، މިއީ ރާއްޖޭގެ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކަމަށްވާއިރު، މި ޕްރޮގްރާމުން ޒުވާނުންގެ މުސްތަގުބަލަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
މި ޕްރޮގްރާމްގެ އެންމެ ބޮޑު މަގްސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް، މަސައްކަތުގެ ތަޖުރިބާ ހޯދައިދިނުންކަމަށް ދިރާގުން ބުންޏެވެ. އެގޮތުން، އެނަލިޓިކްސް & ބިޒްނަސް އިންޓެލިޖެންސް، ބްރޭންޑް & މާކެޓިންގ ކޮމިއުނިކޭޝަންސް، ކްލައުޑް & އައި.ޓީ ސަރވިސެސް، ކޯޕަރޭޓް ސަރވިސެސް، ސައިބަރ ސެކިއުރިޓީ، ފައިނޭންޝަލް އެކައުންޓިންގ، ހިއުމަން ރިސޯސަސް، ރެވެނިއު އެޝުއަރަންސް ބިޒްނަސް ކޮންޓްރޯލް، ސޭލްސް، އަދި ސްޓޯރސް އެންޑް ޕްރޮކިއުމަންޓް ފަދަ ތަފާތު ގިނަ ދާއިރާތަކުން ތަމްރީނާއި ވަޒީފާގެ ފުރުސަތުތައް ބައިވެރިންނަށް ލިބިގެންދާނެއެވެ.
މި ޕްރޮގްރާމް ހާއްސަކޮށްފައިވަނީ، އުމުރުން 18 އަރާއި 30 އަހަރާ ދެމެދުގެ، އޭ-ލެވެލް ފުރިހަމަކޮށްފައިވާ އަދި ފުލް-ޓައިމް ވަޒީފާއެއް އަދާނުކުރާ ދިވެހި ޒުވާނުންނަށެވެ. މާލޭގެ އިތުރުން ކުޅުދުއްފުށި ސިޓީ، ބ. އޭދަފުށި އަދި ލ. އަތޮޅުގައި ހުންނަ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުން ވެސް މި ޕްރޮގްރާމް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. އެހެންކަމުން، އަތޮޅުތަކުގައި ތިބި ޒުވާނުންނަށް ވެސް ފުރުސަތު އޮތްކަމަށް ދިރާގުން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް