މީދޫ ބަނދަރު ސަރަހައްދު.. ފޮޓޯ: ރ.މީދޫ ކައުންސިލް
މީދޫ ބަނދަރު ސަރަހައްދު.. ފޮޓޯ: ރ.މީދޫ ކައުންސިލް
ހަބަރު 24 Nov 2026 | 22:47

ދާ ޖަހައިގެން ފަޅުތެރެއިން މުށިމަސް ނުހިފުމަށް ރ.މީދޫ ކައުންސިލުން އިލްތިމާސްކޮށްފި

ރަށުގެ ފަޅުތެރެއަށް މި ދުވަސްވަރު ޖަމާވެފައިވާ މުށިމަސް ދާ ޖަހައިގެން ނުހިފުމަށް ރ.އަތޮޅު މީދޫ ކައުންސިލުން އިލްތިމާށްކޮށްފިއެވެ.

މީދޫ ފަޅުތެރެއިން ދާ ޖަހައިގެން ބައެއް ފަރާތްތަކުން މުށިމަސް ހިފަމުންދާތީ، ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިކަމަކީ ޤަވާއިދާ ޚިލާފު ކަމެއް ކަމަށް ވާތީވެ އެކަން ނުކުރުމަށް އެދޭކަމަށެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޢާންމު ޤަވާއިދު (ޤަވާއިދު ނަންބަރު 2020/R-75) ގެ ދަށުން، އަމިއްލަ ބޭނުމަށް ނަމަވެސް މުށިމަސް ދާ ޖަހައިގެން ހިފުމަކީ މަނާ ކަމެކެވެ.

އެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ދާ ޖަހައިގެން ހިފުން މަނާ ބާވަތްތަކުގެ ތެރޭގައި ރެހި، ބޯދި، މުގުރާން، ހޮނޑެލި، މިޔަރެން، ނިލަމެހި، ގުންބަޅަ، މުށިމަސް، އަދި ރިއްމަސް ހިމެނެއެވެ. މިއީ އެމުގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް ކަމުން، މި ބާވަތްތައް ހިމާޔަތްކުރުމުގެ ގޮތުން ޤަވާއިދުގައި އެ ގޮތަށް ކަނޑައަޅާފައިވެއެވެ.

މީދޫ ފަޅުތެރެއިން ދާ އަޅައިގެން މުށިމަސް ހިފާ މައްސަލަ ކައުންސިލުން ފާހަގަކުރިއިރު، މީގެ ކުރިން މީދޫ ފަޅުތެރެއަށް ވަދެ އުޅުނު ގިނަ އަދަދެއްގެ މުށިމަސް މަރުވިކަންވެސް ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައްޑޫ ފޭދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް، އާއިލާއަށް އެހީ ފޯރުކޮށްދެނީ
24 Nov 2026 ހަބަރު

އައްޑޫ ފޭދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް، އާއިލާއަށް އެހީ ފޯރުކޮށްދެނީ

އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓު ބޯޑެއް ޝޯޓްވެގެންނެވެ.

އިއްބެ ނިޔާވީ ކަމަށް ނިންމާ ހުކުރު ދުވަހު ކަށުނަމާދު ކުރަނީ
24 Nov 2026 ހަބަރު

އިއްބެ ނިޔާވީ ކަމަށް ނިންމާ ހުކުރު ދުވަހު ކަށުނަމާދު ކުރަނީ

ކަށުނަމާދު ޕޭޖުގައިވާ ގޮތުން އިއްބެގެ މައްޗަށް ޢައިބަށް ކުރެވޭ ކަށު ނަމާދު އަންނަ ހުކުރު ދުވަހު މަސްޖިދު މަލިކި ސަލްމާންގައި އޮންނާނެ އެވެ.

އިންޑިއަން އައިޑަލްގެ ފުރަތަމަ ޗެމްޕިއަން އަބިޖީތު ސާވަންތު އުރީދޫ ފަންރަން މިއުޒިކް ޝޯއަށް
24 Nov 2026 ހަބަރު

އިންޑިއަން އައިޑަލްގެ ފުރަތަމަ ޗެމްޕިއަން އަބިޖީތު ސާވަންތު އުރީދޫ ފަންރަން މިއުޒިކް ޝޯއަށް

އިންޑިއާގެ މިއުޒިކީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ހުނަރުވެރިޔާ ރާއްޖެ ގެނައުމަށް ހަމަޖެހިގެންދިޔަ މި ދިއުމަކީ، މިއަހަރުގެ އުރީދޫ ފަން ރަންގެ އުފާފާޅުކުރުންތަކަށް ލިބިގެންދާ ވަރަށް ފޯރިގަދަ ކުރިއެރުމެކެވެ. އަދި މިއީ ލައިވް މިއުޒިކާއި، މުނިފޫހިފިލުވުމާއި، އުފާވެރިކަމުން ފުރިގެންވާ، ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ރެއަކަށް ވާނެކަން ޔަގީން ކަމަށް އެ ކުންފުނިން ބުނެއެވެ.

އަންނަ މަހުން ފެށިގެން ހުޅުމީދޫ އާއި ގަމާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ރަސްމީކޮށް ފަށަނީ
24 Nov 2026 ހަބަރު

އަންނަ މަހުން ފެށިގެން ހުޅުމީދޫ އާއި ގަމާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ރަސްމީކޮށް ފަށަނީ

އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ތައާރަފްކުރާ އައު ރޫޓުގެ ސަބަބުން ގަމާއި ހުޅުމީދޫއާއި ދެމެދު ކުރެވިގެންދާ ދަތުރުފަތުރު އިތުރަށް ފަސޭހަވެ، އަވަސް ހިދުމަތްތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

ނަފްސާނީ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށް ފަސްޓްލޭޑީ ގޮވާލައްވައިފި
24 Nov 2026 ހަބަރު

ނަފްސާނީ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށް ފަސްޓްލޭޑީ ގޮވާލައްވައިފި

ﷲގެ ޙަޟްރަތުގައި މާޔޫސްވުމެއް ނެތްކަމަށާއި، ދިރިއުޅުމުގެ ކާމިޔާބީގެ ތަޅުދަނޑިއަކީ ހިތްވަރާއެކު ގަދައަޅައި މަސައްކަތްކޮށް، މާތް ﷲއަށް ވަކީލުކުރުން ކަމުގައި އެކަމަނާ ވިދާޅުވި އެވެ.

ސެންޓަރ އެންޓަރޕްރައިސަސްއަށް ދައުލަތުން 2 މިލިއަން ޑޮލަރު ދޭން ކުރި ޙުކުމް ބާތިލްކޮށްފި
24 Nov 2026 ހަބަރު

ސެންޓަރ އެންޓަރޕްރައިސަސްއަށް ދައުލަތުން 2 މިލިއަން ޑޮލަރު ދޭން ކުރި ޙުކުމް ބާތިލްކޮށްފި

ސެންޓަރ ސެންޓަރޕްރައިސަސްއަށް ދައުލަތުން ދެ މިލިއަން ޑޮލަރު ދެއްކުމަށް ސިވިލްކޯޓުން ކުރި ހުކުމް ސްޕްރީމް ކޯޓުން ބާތިލްކުރިއިރު، އެކުންފުނީގެ މައްސަލަތަކެއް އޮޑިޓަރ ޖެނެރަލްވެސް ވަނީ ފާހަގަކުރައްވާފައެވެ.

އައު ޑިޒައިންގެ ފުރަތަމަ އޮއިވާލި ކަނދުފަތި ތޮއްޑޫ ބޭރުގައި އަޅައިފި
24 Nov 2026 ހަބަރު

އައު ޑިޒައިންގެ ފުރަތަމަ އޮއިވާލި ކަނދުފަތި ތޮއްޑޫ ބޭރުގައި އަޅައިފި

އައު ޑިޒައިންގެ ފުރަތަމަ އޮއިވާލި ކަނދުފަތި ތޮއްޑޫ ބޭރުގައި އަޅައިފި އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި 153 ކުދީން، ތިން ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި
24 Nov 2026 ހަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި 153 ކުދީން، ތިން ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ތިން ކުއްޖަކު މިދިޔަ މަހު، އާއިލާތަކާއި ރީއިންޓިގްރޭޓް ކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.