އައު ޑިޒައިންގެ ފުރަތަމަ އޮއިވާލި ކަނދުފަތި ތޮއްޑޫ ބޭރުގައި އަޅައިފި
އައު ޑިޒައިންގެ ފުރަތަމަ އޮއިވާލި ކަނދުފަތި ތޮއްޑޫ ބޭރުގައި އަޅައިފި އެވެ.
އޮއިވާލި ކަނދުފަތީގެ ޑީޒައިން އިތުރަށް ތަރައްގީ ކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން ފުރަތަމަ ފަހަރަށް އައު ޑިޒައިންގެ އައޮވާލި ކަނދުފަތި އަޅާފައިވަނީ އއ .ތޮއްޑޫ ހުޅަނގު އުތުރުން ފަސް މޭލު ބޭރުގަ އެވެ.
ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) ގެ އެހީގައި އެ ވުޒާރާއިން ހިންގަމުން ގެންދާ، އޮއިވާލި ކަނދުފަތީގެ ޑިޒައިން އިތުރަށް ތަރައްގީ ކުރުމަށް ކުރިޔަށްދާ މަޝްރޫއުގެ ދަށުން ވަދު މަސްވެރިކަމަށާއި މުނިފޫހިފިލުވުމުގެ މަސްވެރިކަމަށް ހާއްސަ ކަނދުފައްޗެއް ތައްޔާރުކުރުމަށް ފަހު ވަނީ އަޅާފަ އެވެ.
މިއީ މިފަދަ ކަނދުފައްޗެއް ރާއްޖޭގައި އެޅި ފުރަތަމަ ފަހަރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް