ޕާކިސްތާނުގެ އިސްލާމް އާބާދު.. ފޮޓޯ: ވޮއިސް
ޕާކިސްތާނުގެ އިސްލާމް އާބާދު.. ފޮޓޯ: ވޮއިސް
ދުނިޔެ 24 Nov 2026 | 16:08

ޕާކިސްތާނުގެ ޓެކްސް އިދާރާއިން ކްރެޑިޓް ކާޑުން ބޮޑެތި ޚަރަދުތައް ކުރާ މީހުން މޮނިޓަރކުރަނީ

ޕާކިސްތާނުގެ ޓެކްސް ނިޒާމު ހަރުދަނާކޮށް، ޓެކުހަށް މަކަރުހަދާ ފަރާތްތައް ދެނެގަތުމަށްޓަކައި އެ ގައުމުގެ ފެޑަރަލް ބޯޑް އޮފް ރެވެނިއު (އެފް.ބީ.އާރު) އިން ކްރެޑިޓް ކާޑުން ބޮޑެތި ހަރަދުތައް ކުރާ މީހުން މޮނިޓަރ ކުރަން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން އެފްބީއާރުން ވަނީ، ކްރެޑިޓް ކާޑު ބިލްތަކަށް މަހަކު 200,000 ރުޕީސް ނުވަތަ 724 ޑޮލަރަށްވުރެ ގިނައިން ފައިސާ ދައްކާ ހުރިހާ ކަސްޓަމަރުންގެ ތަފުސީލީ މައުލޫމާތު ކޮންމެ މަހަކު ހުށަހެޅުމަށް ޕާކިސްތާނުގެ ހުރިހާ ވިޔަފާރި ބޭންކުތަކަށް އަންގާފައެވެ.

މި އާ ގަވާއިދުގެ ދަށުން ބޭންކުތަކުން އެފް.ބީ.އާރަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތުތަކުގެ ތެރޭގައި، ކަސްޓަމަރުގެ ފުރިހަމަ ނަމާއި، އޭނާގެ ދާއިމީ އެޑްރެހާއި، ގުޅޭނެ ފޯނު ނަމްބަރާއި، ނޭޝަނަލް ޓެކްސް ނަމްބަރު (އެން.ޓީ.އެން) ހިމެނެއެވެ. މީގެ އިތުރުން، އެ މީހަކު ކުރާ މަސައްކަތް ނުވަތަ ވިޔަފާރީގެ ތަފުސީލާއި، ކްރެޑިޓް ކާޑު ދޫކުރި ތާރީޚުގެ އިތުރުން، ކޮންމެ މަހަކު ކާޑުން ކޮށްފައިވާ ޖުމްލަ ޚަރަދުގެ ހިސާބުތައް ހިމެނޭ ބަޔާނެއް ބޭންކުގެ އިސް އޮފިޝަލެއްގެ ސޮޔާއެކު ހުށަހަޅަންޖެހޭނެއެވެ.

ސަރުކާރުން މި ފިޔަވަޅު އެޅުމުގެ މައިގަނޑު މަގުސަދަކީ، މީހަކު ކުރާ ޚަރަދުތަކާއި އެ މީހަކު ޓެކްސް އިދާރާއަށް ހުށަހަޅާ އާމްދަނީގެ ބަޔާނާ ދިމާވޭތޯ ބެލުމެވެ. މީގެ ސަބަބުން، ލިބޭ އާމްދަނީއަށްވުރެ މާ ބޮޑެތި ޚަރަދުތައް ކުރާ ފަރާތްތަކާއި، އާމްދަނީ ސިއްރުކުރާ ފަރާތްތައް ދެނެގަތުމަށް ފަސޭހަވެގެންދާނެއެވެ. މިއީ ކްރެޑިޓް ކާޑު ބޭނުންކުރާ ފަރާތްތަކުގެ އަތުން އަލަށް ނަގަން ފެށި ޓެކްސެއް ނޫން ނަމަވެސް، މިއީ ޓެކްސް ނެޓްވޯކް ފުޅާކޮށް، ގައުމުގެ މާލީ ނިޒާމު ދެފުށް ފެންނަ ގޮތަކަށް ބެލެހެއްޓުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއްކަމަށް ޕާކިސްތާނުގެ ޓެކްސް އިދާރާއިން ބުނެއެވެ.

މި އުސޫލަކީ 2013 ވަނަ އަހަރުން ފެށިގެން އޮންނަ ގާނޫނެއްގެ ދަށުން ބަދަލުތަކެއް ގެނެސްގެން ތަންފީޒުކުރަން ފެށި އުސޫލެކެވެ. މީގެ ކުރިން ބޭންކުތަކުން މައުލޫމާތު ހިއްސާކުރަންޖެހެނީ މަހަކު އެއްލައްކަ ރުޕީސްއަށްވުރެ ގިނައިން ޚަރަދުކުރާ ފަރާތްތަކުގެ ކަމުގައިވީ ނަމަވެސް، 2018 ވަނަ އަހަރު މި އަދަދު ވަނީ ދެލައްކައަށް މަތިކޮށްފައެވެ. ކްރެޑިޓް ކާޑުގެ އިތުރުން، ބޭންކު އެކައުންޓްތަކުން ގިނަ އަދަދަކަށް ނަގުދު ފައިސާ ނެގުމާއި، ބޭންކު ޑިޕޮސިޓްތަކުން ލިބޭ ފައިދާ ފަދަ މާލީ ހުރިހާ މުއާމަލާތްތަކެއްވެސް މިހާރު އެފް.ބީ.އާރުން ދަނީ ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި ދިވެހިން އާންމުކޮށް ބޯ 'ބިސްލެރީ' ފެނުން ޖަރާސީމު ފެނިއްޖެ
24 Nov 2026 ދުނިޔެ

އިންޑިއާގައި ދިވެހިން އާންމުކޮށް ބޯ 'ބިސްލެރީ' ފެނުން ޖަރާސީމު ފެނިއްޖެ

މި މައްސަލައާ ގުޅިގެން، އިންޑިއާގައި ފެން ބަންދުކޮށްގެން ވިއްކާ އެހެން ހުރިހާ ކުންފުނިތަކެއްގެ ފެނުގެ ސާމްޕަލްތައްވެސް ޓެސްޓުކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ މިހާރު ނިންމާފައެވެ. ބިސްލެރީ އަކީ ދިވެހިންވެސް އިންޑިއާއަށް ގޮސް އާންމުކޮށް ބޯފެނެކެވެ.

ހަނގަނޑުގެ ކުލަ އަލިކުރާ ކްރީމެއް ބޭނުންކުރި އިންޑިއާ ކުއްޖެއްގެ ކިޑްނީ ހަލާކުވެ، ކްރީމް އުފެއްދި ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި
24 Nov 2026 ދުނިޔެ

ހަނގަނޑުގެ ކުލަ އަލިކުރާ ކްރީމެއް ބޭނުންކުރި އިންޑިއާ ކުއްޖެއްގެ ކިޑްނީ ހަލާކުވެ، ކްރީމް އުފެއްދި ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި

އިންޑިއާގެ ކެރެލާގައި 17 އަހަރުގެ ކުއްޖަކު ހުދުވާ ކްރީމެއް ބޭނުންކުރުމުން، ހުއްދަ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް މާކިއުރީ ހަށިގަނޑަށް ވަދެ ކިޑްނީ ސީރިއަސް ވެގެން އެ ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅައިފިއެވެ.

ޕާކިސްތާނާއެކު ވިޔަފާރި ފުޅާކުރަން ލަންކާއިން 19 ބިލިއަން ޑޮލަރުގެ މާކެޓެއް ހުޅުވާލައިފި
21 Nov 2026 ދުނިޔެ

ޕާކިސްތާނާއެކު ވިޔަފާރި ފުޅާކުރަން ލަންކާއިން 19 ބިލިއަން ޑޮލަރުގެ މާކެޓެއް ހުޅުވާލައިފި

ސްރީލަންކާގެ ގާތްގަނޑަކަށް 19 ބިލިއަން ޑޮލަރުގެ އިމްޕޯޓް މާކެޓުގައި ހުރި ފުރުސަތުތައް ބޭނުންކުރުމަށް، ޕާކިސްތާނުގެ އެކްސްޕޯޓަރުންނަށް ސްރީލަންކާއިން ދައުވަތު އަރުވައި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ފަށައިފިއެވެ.

އެމްއެންޔޫ އާއި ޕާކިސްތާން ހައިކޮމިޝަން ގުޅިގެން ހާއްސަ ބަހުސް މުބާރާތެއް ބާއްވައިފި
19 Nov 2026 ހަބަރު

އެމްއެންޔޫ އާއި ޕާކިސްތާން ހައިކޮމިޝަން ގުޅިގެން ހާއްސަ ބަހުސް މުބާރާތެއް ބާއްވައިފި

މިމަހުގެ 18 ވަނަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ދަރިވަރުންނާއި، އިލްމީ ދާއިރާގެ ބޭފުޅުންނާއި، ޑިޕްލޮމެޓުންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންނާއި ދައުވަތު އެރުވުނު ގިނަ އަދަދެއްގެ މެހެމާނުން ބައިވެރިވިއެވެ.

އިމްރާން ޚާންގެ ޞިއްޙީ ހާލަތު ގޯސްވެ، އަވަސް ފަރުވާއަށް އެދިވަޑައިގެންފި: ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ ބިރު
17 Nov 2026 ދުނިޔެ

އިމްރާން ޚާންގެ ޞިއްޙީ ހާލަތު ގޯސްވެ، އަވަސް ފަރުވާއަށް އެދިވަޑައިގެންފި: ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ ބިރު

ޖަލުގައި ބަންދުކޮށްފައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން، އެމަނިކުފާނާއި އަނބިކަނބަލުން ބުޝްރާ ބީބީގެ ޞިއްޙީ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާތީ، އަވަސް ޞިއްޙީ ފަރުވާ ހޯދުމުގެ ހުއްދައަށް އެދިވަޑައިގެންފިއެވެ.

ޕާކިސްތާނު އަތުން ބަލިވެ، ސާފް ހޯދުމަށް ބަންގްލަދޭޝްއިން ކުރަމުން އައި އުއްމީދު ގެއްލިއްޖެ
15 Nov 2026 ކުޅިވަރު

ޕާކިސްތާނު އަތުން ބަލިވެ، ސާފް ހޯދުމަށް ބަންގްލަދޭޝްއިން ކުރަމުން އައި އުއްމީދު ގެއްލިއްޖެ

މި ނަތީޖާއާއެކު، ޕާކިސްތާނު ވަނީ އެ ޤައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދާފައެވެ.

ހޮރުމުޒް ކަނޑުއޮޅީގެ ހަމަލާތައް: ޕާކިސްތާނާއި އީރާނުގެ އެއްބަސްވުމަށް އިތުބާރެއް ނެތް
14 Nov 2026 ދުނިޔެ

ހޮރުމުޒް ކަނޑުއޮޅީގެ ހަމަލާތައް: ޕާކިސްތާނާއި އީރާނުގެ އެއްބަސްވުމަށް އިތުބާރެއް ނެތް

ނާޒުކު ދަނޑިވަޅުގައި، ޕާކިސްތާނާއި އީރާނާ ދެމެދު ވެފައިވާ ޑިޕްލޮމެޓިކް އަދި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމުގެ އެއްބަސްވުންތަކުގެ ހަގީގީ ބޭނުމާއި، އޭގެ ދެމެހެއްޓެނިވިކަމާ މެދު މިހާރު މިވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

ޫއޭއައި އާ ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ޕާކިސްތާނާއި ޗައިނާގެ ގުޅުން ވަރުގަދަކުރަނީ
12 Nov 2026 ދުނިޔެ

ޫއޭއައި އާ ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ޕާކިސްތާނާއި ޗައިނާގެ ގުޅުން ވަރުގަދަކުރަނީ

އާންމު އުމްރާނީ ތަރައްގީއާއި ހަކަތައިގެ މަޝްރޫއުތަކުގެ އިތުރުން، "ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ" ސީޕެކް 2.0 ގެ ދެވަނަ ފިޔަވަހީގެ މައިގަނޑު އަސާސެއްގެ ގޮތުގައި މިހާރު ވަނީ ޑިޖިޓަލް ޓެކްނޮލޮޖީއާއި އައު އީޖާދުތައް ހިމަނާފައެވެ.