"ބިސްލެރީ" ފެންފުޅިއެއް؛ ފޮޓޯ / އިންޑިއާ މާޓް
"ބިސްލެރީ" ފެންފުޅިއެއް؛ ފޮޓޯ / އިންޑިއާ މާޓް
ދުނިޔެ 24 Nov 2026 | 13:03

އިންޑިއާގައި ދިވެހިން އާންމުކޮށް ބޯ 'ބިސްލެރީ' ފެނުން ޖަރާސީމު ފެނިއްޖެ

އިންޑިއާގައި ބޯފެން އުފެއްދުމަށް މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ބިސްލެރީ" ގެ އުފެއްދުންތަކުން ޖަރާސީމް ފެނިއްޖެއެވެ.

މި މައްސަލައާ ގުޅިގެން، އިންޑިއާގައި ފެން ބަންދުކޮށްގެން ވިއްކާ އެހެން ހުރިހާ ކުންފުނިތަކެއްގެ ފެނުގެ ސާމްޕަލްތައްވެސް ޓެސްޓުކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ މިހާރު ނިންމާފައެވެ. ބިސްލެރީ އަކީ ދިވެހިންވެސް އިންޑިއާއަށް ގޮސް އާންމުކޮށް ބޯފެނެކެވެ.

އިންޑިއާގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ އިދާރާ (އެފްއެސްއެސްއޭއައި) އިން މިދިޔަ އާދިއްތަ ދުވަހު ސޯޝަލް މީޑިއާގައި ބުނި ގޮތުގައި، ބިސްލޭރީގެ ކާރުހާނާއަކުން ނެގި ސާމްޕަލެއްގައި ފެން ސާފުކުރުމުގެ މަރުހަލާގައި އުފެދޭ ކެމިކަލެއް ކަމަށްވާ "ބްރޯމޭޓް" ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ހުރިކަމަށް ވަނީ ފާހަގަކުރެވިފައެވެ. މި ނިންމުން ބިސްލޭރީން އިސްތިއުނާފު ކުރުމުން އަލުން ހެދި ތަހުލީލުތަކުންވެސް އެ ސާމްޕަލް ރައްކާތެރި ނޫންކަމަށް ދައްކާފައިވާއިރު، އޭގައި ކެންސަރަށް މަގުފަހިވާ ވިހަ މާއްދާއެއް ކަމަށްވާ ޕޮލީނިއުކްލިއާ އެރޮމެޓިކް ހައިޑްރޯކާބަންސް ހުރިކަމަށް ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން ބިސްލޭރީއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އިދާރާތަކުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ބިސްލޭރީ އިންޓަނޭޝަނަލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޯފެނުގެ ރައްކާތެރިކަމަކީ އެ ކުންފުނިން އެންމެ އިސްކަންދޭ ކަންތައް ކަމަށާއި، ކޮލިޓީ ކޮންޓްރޯލް ކުރުމުގައި ހަރުކަށި މިންގަނޑުތަކެއް ގެންގުޅޭ ކަމަށެވެ. އެ ކުންފުނިން ބުނި ގޮތުގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގޯއާގައި ހުންނަ އެ ކުންފުނީގެ ފެސިލިޓީއަކުން ނެގި ސާމްޕަލްގައި ބްރޯމޭޓް ހުރީ ލީޓަރެއްގައި 12 މައިކްރޯގްރާމްގައެވެ. އެއީ ހުއްދަ މިންގަނޑު ކަމަށްވާ 10 މައިކްރޯގްރާމަށްވުރެ ކުޑަތަންކޮޅެއް އިތުރު އަދަދެއް ނަމަވެސް، ކުންފުނިން އަމިއްލައަށް ހެދި މިނިވަން ޓެސްޓުތަކުން ފެން ރައްކާތެރި ކަމަށް ދައްކާފައިވާ ކަމަށް ބިސްލޭރީން ބުނެއެވެ.

އިންޑިއާގެ 3.5 ބިލިއަން ޑޮލަރުގެ ބޯފެނުގެ މާކެޓުގައި އެންމެ ކުރީގައި އުޅޭ ބިސްލޭރީގެ ފެނާމެދު އުފެދުނު މި ކަންބޮޑުވުންތަކާއެކު، ސޯޝަލް މީޑިއާގައި އާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އިންޑިއާގެ ބައެއް ފިހާރަތަކުން މިހާރު ވަނީ ބިސްލޭރީ ފެން ވިއްކުން ހުއްޓާލާފައެވެ. ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މައްސަލަ ޖެހުނު ބެޗްތައް ބާޒާރުން ނަގާފައިވާއިރު، އޭގެ ފަހުން ނެގި ސާމްޕަލްތައް ވަނީ ރަނގަޅުވެފައެވެ. ނަމަވެސް، މިދިޔަ ފެބްރުއަރީ މަހު ބިސްލޭރީން ފޮނުވި ސިޓީއަކުން އެނގޭ ގޮތުގައި، އެ ބެޗްތައް އަނބުރާ ނަގަން އުޅުނުއިރު ބާޒާރުގައި އެއިން އެއްވެސް ފުޅިއެއް ބާކީ ނެތުމުން، އާންމުން ވަނީ އެ ފެން ބޭނުންކޮށްފައެވެ.

އިންޑިއާގައި އާންމުކޮށް ލިބެން ހުންނަ ފެނުގެ ކޮލިޓީ ދަށްވުމުގެ ސަބަބުން، ގޭބިސީތަކާއި ރެސްޓޯރެންޓްތަކުގެ އިތުރުން އޮފީސްތަކުގައިވެސް ބިސްލޭރީ ފުޅިއާއި ބޮޑެތި ހަންތައް ބޭނުންކުރާ މިންވަރު ވަރަށް ބޮޑެވެ. އަހަރަކު 345 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާ މި ކުންފުނިން މިދިޔަ އަހަރު ވަނީ ޔޫއޭއީގެ ބާޒާރަށްވެސް ތައާރަފްވެފައެވެ. ކޮކާކޯލާ، ޕެޕްސީ، ޓާޓާ އަދި ރިލަޔަންސް ފަދަ ބޮޑެތި ކުންފުނިތަކާ ވާދަކުރަމުން އަންނަ ބިސްލޭރީއަށް މި ދިމާވި މައްސަލައާއެކު، އިންޑިއާގެ ފުޑް ސޭފްޓީ އިދާރާއިން ދަނީ އެހެން ބޮޑެތި ބްރޭންޑްތަކުގެ އުފެއްދުންތައްވެސް ބަލައި ފާސްކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހަނގަނޑުގެ ކުލަ އަލިކުރާ ކްރީމެއް ބޭނުންކުރި އިންޑިއާ ކުއްޖެއްގެ ކިޑްނީ ހަލާކުވެ، ކްރީމް އުފެއްދި ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި
24 Nov 2026 ދުނިޔެ

ހަނގަނޑުގެ ކުލަ އަލިކުރާ ކްރީމެއް ބޭނުންކުރި އިންޑިއާ ކުއްޖެއްގެ ކިޑްނީ ހަލާކުވެ، ކްރީމް އުފެއްދި ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި

އިންޑިއާގެ ކެރެލާގައި 17 އަހަރުގެ ކުއްޖަކު ހުދުވާ ކްރީމެއް ބޭނުންކުރުމުން، ހުއްދަ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް މާކިއުރީ ހަށިގަނޑަށް ވަދެ ކިޑްނީ ސީރިއަސް ވެގެން އެ ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅައިފިއެވެ.

އަނބިމީހާގެ ހިތްހަމަޖެހުމަށްޓަކައި،  ޅަދަރިފުޅު މާމަމެންނާ ދުރުގައި ބަހައްޓަން ނިންމުމުން ބޮޑު ބަހުސަކަށް
24 Nov 2026 ދުނިޔެ

އަނބިމީހާގެ ހިތްހަމަޖެހުމަށްޓަކައި، ޅަދަރިފުޅު މާމަމެންނާ ދުރުގައި ބަހައްޓަން ނިންމުމުން ބޮޑު ބަހުސަކަށް

ވިހެއުމަށްފަހު އަނބިމީހާއަށް ބޭނުންވާ އަރާމާއި ހަމަޖެހުން ހޯދައިދިނުމުގެ ގޮތުން، އަލަށް އުފަންވި ދަރިފުޅު ވަގުތުން ކާފަމެންނާ މާމަމެންނާ ބައްދަލުކުރުން ފަސްކުރަން އިންޑިއާގެ ދެމަފިރިއަކު ނިންމި ނިންމުމަކާ ގުޅިގެން މީސްމީޑިއާގައި ބޮޑު ބަހުސެއް އުފެދިއްޖެއެވެ.

އެންވީޑިއާގެ ސީއީއޯގެ މަގާމަށް ޖެންސެން ހުއަންގް އަލުން އައްޔަނުކޮށްފި
23 Nov 2026 ދުނިޔެ

އެންވީޑިއާގެ ސީއީއޯގެ މަގާމަށް ޖެންސެން ހުއަންގް އަލުން އައްޔަނުކޮށްފި

މި ނިންމުމާ ގުޅޭގޮތުން ބޯޑުގެ މުގައްރިރު ހާވީ ސީ. ޖޯންސް ވިދާޅުވީ، ޖެންސެންއަކީ އެންވީޑިއާގެ މުވައްޒަފުންނާއި، ހިއްސާދާރުން އަދި ކަސްޓަމަރުންގެ މަސްލަހަތު ހިމާޔަތްކޮށް، ކުންފުނި އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ފަރާތް ކަމަށެވެ. އަދި ވޭތުވެދިޔަ މުއްދަތުގައި ވަގުތީ ގޮތުން ސީއީއޯގެ މަގާމު ފުރުއްވި ކޮލެޓް ކްރެސް ކޮށްދެއްވި މަސައްކަތްތަކަށް ބޯޑުން ވަނީ ޝުކުރު އަދާކޮށްފައެވެ. ކޮލެޓް ދެންވެ

ވިހަ ބަންގުރާ ބޮއެގެން އިންޑިއާގައި 11 މީހުން މަރުވެ، ގިނަ ބަޔަކު އެޑްމިޓްކޮށްފި
21 Nov 2026 ދުނިޔެ

ވިހަ ބަންގުރާ ބޮއެގެން އިންޑިއާގައި 11 މީހުން މަރުވެ، ގިނަ ބަޔަކު އެޑްމިޓްކޮށްފި

އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ މަނީޕޫރުގައި، ސިއްހަތަށް ނުރައްކާތެރި މާއްދާތަކެއް އެކުލެވޭ ބަންގުރާ ބޮއެގެން 11 މީހުން މަރުވެ، 180 އަށްވުރެ ގިނަ މީހުން ހާލުބޮޑުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ޑިމާންޑް ބޮޑުވެ، އިންޑިއާއިން އިތުރު ހާހެއްހާ މަތިންދާބޯޓަށް އޯޑަރުކުރަނީ
17 Nov 2026 ދުނިޔެ

ޑިމާންޑް ބޮޑުވެ، އިންޑިއާއިން އިތުރު ހާހެއްހާ މަތިންދާބޯޓަށް އޯޑަރުކުރަނީ

މިސްރަށް ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގޯޔާލް ވިދާޅުވީ އިންޑިއާއިން މިހާރުވެސް 1200 މަތިންދާބޯޓަށް އޯޑަރު ދީފައިވާކަމަށާއި، އިންޑިއާގެ ވައިގެ ދަތުރުފަތުރުގެ ޑިމާންޑަށް ޚިދުމަތް ދިނުމަށް 2 ހާހެއްހާ މަތިންދާބޯޓު އިތުރަށް ބޭނުންވާކަމަށެވެ.

ރަހިމުގައި އޮތް ކުއްޖެއްގެ މައިބަދައިގެ އޮޕަރޭޝަނެއް އިންޑިއާގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފި
17 Nov 2026 ދުނިޔެ

ރަހިމުގައި އޮތް ކުއްޖެއްގެ މައިބަދައިގެ އޮޕަރޭޝަނެއް އިންޑިއާގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފި

މަންމަގެ ބަނޑުގައިވާ ދަރިފުޅު އުފަންވުމުގެ ކުރިން، ފުރާނައަށް ނުރައްކާވާ ފަދަ ނުވަތަ މުޅި އުމުރަށް ނުކުޅެދުންތެރިކަން މެދުވެރިވެދާނެ އުފެދުމުގެ އައިބުތައް ރަނގަޅުކުރުމަށް ސާޖަރީ ހެދުމަކީ މީގެ ކުރިން ސައިންސް ފިކްޝަން ފިލްމުތަކުން އެކަނި ފެންނަ މަންޒަރެކެވެ. ނަމަވެސް ޒަމާނީ ބޭސްވެރިކަމުގެ ތެރެއިން މިއަދު މިވަނީ އެކަން ހަގީގަތަކަށް ވެފައެވެ.

އާސިއާން ސަމިޓަށް މޯދީ ފިލިޕީންސްއަށް
16 Nov 2026 ދުނިޔެ

އާސިއާން ސަމިޓަށް މޯދީ ފިލިޕީންސްއަށް

އާސިއާން-އިންޑިއާ ބައްދަލުވުން އޮންނާނީ މިއަދު ފެށުނު 49 ވަނަ އާސިއާން ސަމިޓްގެ ހަވާސާގައެވެ.

އިންޑިއާއިން ވިސާގެ އުސޫލުތައް ފަސޭހަކޮށް، ފޯމު ފުރުމަށް ބޮޑެތި ލުއިތަކެއް
15 Nov 2026 ދުނިޔެ

އިންޑިއާއިން ވިސާގެ އުސޫލުތައް ފަސޭހަކޮށް، ފޯމު ފުރުމަށް ބޮޑެތި ލުއިތަކެއް

އިންޑިއާއަށް ދަތުރުކުރާ ބޭރު ގައުމުތަކުގެ މީހުންނަށް ވިސާ ދޫކުރުމުގެ ނިޒާމު އިތުރަށް ލުއިފަސޭހަކޮށް، ވިސާގެ ބާވަތްތަކާއި ފޯމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.