ބަނޑުގައި އޮތް ކުއްޖެއްގެ ސްކޭން އެއް-
ބަނޑުގައި އޮތް ކުއްޖެއްގެ ސްކޭން އެއް-
ދުނިޔެ 17 Nov 2026 | 07:32

ރަހިމުގައި އޮތް ކުއްޖެއްގެ މައިބަދައިގެ އޮޕަރޭޝަނެއް އިންޑިއާގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފި

ސިއްހީ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދައި، އިންޑިއާގެ ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގެ ޑޮކްޓަރުން، ރަހިމުގައި އޮތް ކުއްޖެއްގެ މައިބަދައިގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ މާބަނޑު ދުވަސްވަރު ދަރިފުޅު ރަހިމުގައި އޮއްވައި، އިންޑިއާގައި މިފަދަ އޯޕަން ފީޓަލް ސާޖަރީއެއް ހެދި ފުރަތަމަ ފަހަރެވެ.

މި އޮޕަރޭޝަން ކޮށްފައިވަނީ ބަނޑަށް 25 ހަފުތާ ވެފައިވާ އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅަށެވެ. މި ހިނގާ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ 6 ގަޑިއިރަށް ދެމިގެންދިޔަ ބުރަ މަސައްކަތެކެވެ. މި ސާޖަރީގައި ފަރުވާ ދީފައިވަނީ "ސްޕައިނާ ބިފިޑާ" ގެ އެންމެ ނުރައްކާތެރި ވައްތަރު ކަމަށްވާ "ލަމްބޯސެކްރަލް މައެލޯމެނިންގޯސީލް" (lumbosacral myelomeningocele) އަށެވެ. ތަފާތު އެކި ދާއިރާތަކުގެ 30 އަށް ވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ޓީމަކުން މި އޮޕަރޭޝަން ކާމިޔާބުކުރީ، ފަސް ހަފުތާއަށް ވުރެ ގިނަ ދުވަހުގެ ޕްލޭނިންގ، އިމޭޖިންގ، ކައުންސިލިންގ އަދި ތައްޔާރީތަކަށް ފަހުގައެވެ.

މައެލޯމެނިންގޯސީލް އަކީ ޣަރުބަގަންނަ ދުވަސްވަރު ކުއްޖާގެ ސިކުނޑިއާއި މައިބަދަ އުފެދުމުގައި ދިމާވާ މައްސަލައެކެވެ. މައިބަދައިގެ ބައެއް ރަނގަޅަށް ނުބެދި ހުރުމުގެ ސަބަބުން، ނާރުތަކާއި ދިޔަތައް ބޭރަށް ނުކުމެ "ސެކް" އެއް އުފެދެއެވެ. މިކަމުގެ ސަބަބުން ފަޔާއި ކުޑަކަމުދާ އަދި ބޮޑުކަމުދާ ނިޒާމުގެ ހަރަކާތްތަކަށް ހުރަސްއެޅި، ސިކުނޑީގައި ފެންހެދުން (ހައިޑްރޯސެފަލަސް) ފަދަ ނުރައްކާތެރި ހާލަތްތައް މެދުވެރިވެއެވެ. އާންމުގޮތެއްގައި މިފަދަ ކަންކަން ރަނގަޅުކުރުމަށް ސާޖަރީ ހަދަނީ ކުއްޖާ ވިހެއުމަށް ފަހުގައެވެ. ނަމަވެސް އެގޮތަށް ލަސްކުރުމުން، ބަނޑުގައި އޮންނަ ދުވަސްވަރު ނާރުތަކަށް އިތުރު ގެއްލުންތައް ލިބުމުގެ ފުރުސަތު އޮވެއެވެ.

އެހެންކަމުން، މި ކާމިޔާބީއަކީ މައިބަދައިގެ އައިބުތައް ހުންނަ ކުދިންނަށް ފަރުވާދިނުމުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ. ވިހަންދެން މަޑުނުކޮށް، ރަހިމުގައި އޮންނަ ދުވަސްވަރު މިފަދަ އޮޕަރޭޝަންތައް ކުރުމުން، ކުއްޖާގެ ނާރުތަކަށް އިތުރަށް ލިބޭ ގެއްލުންތައް ކުޑަކުރެވި، ވިހެއުމަށްފަހު ސިއްހީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް ލިބުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.

މަންމަގެ ބަނޑުގައިވާ ދަރިފުޅު އުފަންވުމުގެ ކުރިން، ފުރާނައަށް ނުރައްކާވާ ފަދަ ނުވަތަ މުޅި އުމުރަށް ނުކުޅެދުންތެރިކަން މެދުވެރިވެދާނެ އުފެދުމުގެ އައިބުތައް ރަނގަޅުކުރުމަށް ސާޖަރީ ހެދުމަކީ މީގެ ކުރިން ސައިންސް ފިކްޝަން ފިލްމުތަކުން އެކަނި ފެންނަ މަންޒަރެއް ނަމަވެސް ޒަމާނީ ބޭސްވެރިކަމުގެ ތެރެއިން މިއަދު މިވަނީ އެކަން ހަގީގަތަކަށް ވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރާ ސަޢުދީ ކޯލިޝަންގެ ކޮމާންޑަރު މަގާމުން ވަކިކޮށްފި
17 Nov 2026 ދުނިޔެ

ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރާ ސަޢުދީ ކޯލިޝަންގެ ކޮމާންޑަރު މަގާމުން ވަކިކޮށްފި

ޔަމަނުގައި އީރާނުގެ ތާޢީދު އޮންނަ ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ސަޢޫދީ ކޯލިޝަން ފައުޖުތަކުގެ އިސް ކޮމާންޑަރުގެ މަޤާމުން ލެފްޓިނެންޓް ޖެނެރަލް ފަހަދު ބިން ޙަމަދު އަލްސަލްމާން ވަކިކޮށް، އެ މަޤާމަށް އައު ބޭފުޅަކު ޢައްޔަންކޮށްފިއެވެ.

އާސިއާން ސަމިޓަށް މޯދީ ފިލިޕީންސްއަށް
16 Nov 2026 ދުނިޔެ

އާސިއާން ސަމިޓަށް މޯދީ ފިލިޕީންސްއަށް

އާސިއާން-އިންޑިއާ ބައްދަލުވުން އޮންނާނީ މިއަދު ފެށުނު 49 ވަނަ އާސިއާން ސަމިޓްގެ ހަވާސާގައެވެ.

އިންޑިއާއިން ވިސާގެ އުސޫލުތައް ފަސޭހަކޮށް، ފޯމު ފުރުމަށް ބޮޑެތި ލުއިތަކެއް
15 Nov 2026 ދުނިޔެ

އިންޑިއާއިން ވިސާގެ އުސޫލުތައް ފަސޭހަކޮށް، ފޯމު ފުރުމަށް ބޮޑެތި ލުއިތަކެއް

އިންޑިއާއަށް ދަތުރުކުރާ ބޭރު ގައުމުތަކުގެ މީހުންނަށް ވިސާ ދޫކުރުމުގެ ނިޒާމު އިތުރަށް ލުއިފަސޭހަކޮށް، ވިސާގެ ބާވަތްތަކާއި ފޯމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ގޮތުން އިންޑިއާ އާއި އިންޑޮނީޝިއާއިން މަޝްވަރާކޮށްފި
14 Nov 2026 ދުނިޔެ

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ގޮތުން އިންޑިއާ އާއި އިންޑޮނީޝިއާއިން މަޝްވަރާކޮށްފި

މި ބައްދަލުވުމުގައި، ދެ ޤައުމުގައާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރާއި، ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރިއެވެ

 އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާމުގެ ވިޔަފާރި ދަށަށް
12 Nov 2026 ދުނިޔެ

އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާމުގެ ވިޔަފާރި ދަށަށް

އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާން އުފައްދާ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކަކާއި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އެމެރިކާއިން އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތަކަށް އައި ބަދަލުތަކާ ގުޅިގެން، އިންޑިއާގެ ފޭރާން އުފައްދާ ކުންފުނިތަކުން މިހާރު ދަނީ އެމެރިކާގެ ބާޒާރަށް ބަރޯސާވުން މަދުކޮށް، ޔޫރަޕާއި އިނގިރޭސިވިލާތުގެ ބާޒާރުތަކަށް އިސްކަންދޭން ފަށައިފައެވެ.

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކޯޗްގެ ޝަކުވާއަކީ ކޮއްތުގެ މައްސަލަ
12 Nov 2026 ކުޅިވަރު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކޯޗްގެ ޝަކުވާއަކީ ކޮއްތުގެ މައްސަލަ

ބުދަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން މޮޅުވުމަށްފަހު ވާހަކަދައްކަމުން މޫސާ ބުނީ، މެހެމާންދާރީގެ އެހެން ކަންކަން ރަނގަޅު ނަމަވެސް ކާބޯތަކެތީގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ.

އިންޑިޔާގެ ސްކޫލެއްގައި ހިންގި އަނިޔާވެރި މާރާމާރީގެ މައްސަލައެއްގައި 8 އަހަރުގެ ކުއްޖަކު ބަންދުކޮށްފި
06 Nov 2026 ދުނިޔެ

އިންޑިޔާގެ ސްކޫލެއްގައި ހިންގި އަނިޔާވެރި މާރާމާރީގެ މައްސަލައެއްގައި 8 އަހަރުގެ ކުއްޖަކު ބަންދުކޮށްފި

ސްކޫލެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގެ މައްސަލައިގައި އުމުރުން އެންމެ 8 އަހަރުގެ ފިރިހެން ކުއްޖަކު ބަންދު ކުރުމަށްފަހު، ޚާއްޞަ ޝަރުތުތަކަކާ އެކު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ޕަންޗްކުލާގެ ޖުވެނައިލް ޖަސްޓިސް ބޯޑު (ޖޭޖޭބީ) އިން އަމުރުކޮށްފިއެވެ.