ޖަރުމަނާ ނެދަލޭންޑްސް ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ރޮއިޓާސް
ޖަރުމަނާ ނެދަލޭންޑްސް ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ރޮއިޓާސް
ކުޅިވަރު 17 Nov 2026 | 08:07

ނެދަލޭންޑްސް އަތުން ޖަރުމަނަށް ފަސޭހަ މޮޅެއް

ޔޫއެފާ ނޭޝަންސް ލީގުގައި ޖަރުމަނާއި ނެދަލެންޑްސް ބައްދަލުކުރި ފޯރިގަދަ މެޗު، ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ޖަރުމަނުން އެޓީމުގެ ވަރުގަދަކަން މުޅި ދުނިޔެއަށް ދައްކާލައިފިއެވެ.

ބާލިންގައި ކުޅުނު މި މެޗު ޖަރުމަނުން ކާމިޔާބުކުރީ 5-0 ގެ ބޮޑު ނަތީޖާއަކުންނެވެ. މިއީ އެޓީމުގެ އާ ކޯޗު ޔާގަން ކްލޮޕްގެ އިރުޝާދުގެ ދަށުން ޖަރުމަނުގެ ފުޓްބޯޅައަށް އަންނަމުންދާ އުންމީދީ ބަދަލުތައް ހާމަވެގެންދިޔަ މުހިންމު މޮޅެކެވެ.

މި މެޗުގައި ޖަރުމަނުގެ ޒުވާން ކުޅުންތެރިންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން ޓީމުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ފެށުން ރަނގަޅުކޮށްދިނީ އުމުރުން 24 އަހަރުގެ ޑެރީ ޝާހަންޓްއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ނެދަލެންޑްސްގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހިތްގައިމު ހަމަލާއަކުންނެވެ. މެޗުގައި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިއަކީ ދެ ލަނޑު ކާމިޔާބުކުރި ފްލޯރިއަން ވާޓްޒްއެވެ. އޭނާގެ ހުނަރުވެރި ކުޅުމާއެކު ޖަރުމަނުގެ އެޓޭކްތައް ހުއްޓުވުމަށް ނެދަލެންޑްސްގެ ކުޅުންތެރިންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވިއެވެ.

ނިކޯ ޝްލޮޓަބެކް އަދި ޒުވާން ކުޅުންތެރިޔާ ބްރަޔަންވެސްަ ވަނީ މިމެޗްގައި ލަނޑު ޖަހާފައެވެ. މީގެ އިތުރުން ގްރޫޑާވެސް ވަނީ މިމެޗްގައި ލަނޑު ޖަހާފައެވެ. ގްރޫޑާ އަކީ މި މެޗުގައި ލަނޑު ޖެހުމުގެ އިތުރުން އެހެން ލަނޑުތައް ޖެހުމަށްވެސް މަގުފަހިކޮށްދިން މުހިންމު ކުޅުންތެރިއެކެވެ. މި ނަތީޖާއާއެކު ޖަރުމަނަށް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުވެފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކޯޗު ޔާގަން ކްލޮޕް ބުނީ، ޓީމުގެ ކުޅުންތެރިން ދެއްކި ހިތްވަރާއި ކުރި ބުރަ މަސައްކަތާމެދު ފަހުރުވެރިވާ ކަމަށެވެ. އަދި މި މޮޅާއެކު ސަޕޯޓަރުންގެ އިތުބާރު އަލުން ޓީމަށް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. ކްލޮޕް ހަވާލުވިފަހުން ކުޅުނު 6 މެޗުގައިވެސް ޖަރުމަނު ޓީމުގެ ފެންނަނީ ތަފާތުކޮށެވެ.

މި މެޗަކީ މަޝްހޫރު ބްރޭންޑް "އެޑިޑާސް" ގެ ކިޓުގައި ޖަރުމަނު ޓީމު ކުޅުނު ފަހު މެޗެވެ. ދެން އޮންނަ މެޗުތަކުގައި އެޓީމުން ފެންނާނީ "ނައިކީ" ބްރޭންޑުގެ ކިޓުގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސްކޮޓްލޭންޑް ބަލިކޮށް ސްވިޒަލޭންޑުން ބޮޑު މޮޅެއް ހޯދައިފި
17 Nov 2026 ކުޅިވަރު

ސްކޮޓްލޭންޑް ބަލިކޮށް ސްވިޒަލޭންޑުން ބޮޑު މޮޅެއް ހޯދައިފި

ސެއިންޓް ގަލެންގައި ކުޅުނު މި މެޗް ސްވިޒަރލޭންޑުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ސްވިޒަލޭންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، އެޓީމް ފެނުނީ މާބޮޑަށްވެސް ވަރުގަދަކޮށެވެ.

ބެލްޖިއަމުން އިޓަލީ ކަޓުވާލައި ކުއާޓާ ފައިނަލަށް
16 Nov 2026 ކުޅިވަރު

ބެލްޖިއަމުން އިޓަލީ ކަޓުވާލައި ކުއާޓާ ފައިނަލަށް

މި ނަތީޖާއާއެކު ގްރޫޕް އޭ1 ގެ ދެވަނަ މަގާމު 12 ޕޮއިންޓާއެކު ބެލްޖިއަމުން ކަށަވަރުކުރިއިރު، ތުރުކީގެ މައްޗަށް ފްރާންސް ހޯދި މޮޅާއެކު އިޓަލީއަށް ވަނީ މުބާރާތުގެ ކުރިއަށްދާން އޮތް ހުރިހާ މަގުތަކެއް ބަންދުވެފައެވެ

ތުރުކިއޭ ބަލިކޮށް ފްރާންސުން ގްރޫޕްގެ އެއްވަނަ ހޯދައިފި
16 Nov 2026 ކުޅިވަރު

ތުރުކިއޭ ބަލިކޮށް ފްރާންސުން ގްރޫޕްގެ އެއްވަނަ ހޯދައިފި

މި ނަތީޖާއާއެކު ފްރާންސް ގްރޫޕުގެ އެއްވަނައިގައި އޮވެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، އެއްވެސް ޕޮއިންޓެއް ނުލިބި ތުރުކީ ވަނީ މުބާރާތުން ކަޓާފައެވެ.

އެންމެފަހުން އިނގިރޭސިން، ސްޕެއިން ހަމަބިމަށް ތިރިކޮށްފި
16 Nov 2026 ކުޅިވަރު

އެންމެފަހުން އިނގިރޭސިން، ސްޕެއިން ހަމަބިމަށް ތިރިކޮށްފި

މި މޮޅާއެކު ސްޕެއިން ބަލިނުވެ ދަމަހައްޓަމުން އައި 43 މެޗުގެ ރެކޯޑަށް ނިމުން އައިއިރު، އިންގްލެންޑުން ވަނީ ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށް، ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ

ރޮނާލްޑޯގެ ޝަރަފުގައި ޕޯޗުގަލް ޓީމުގެ 7 ނަންބަރު ޖާޒީގެ ސްޓައިލް ބަދަލުކޮށްފި
15 Nov 2026 ކުޅިވަރު

ރޮނާލްޑޯގެ ޝަރަފުގައި ޕޯޗުގަލް ޓީމުގެ 7 ނަންބަރު ޖާޒީގެ ސްޓައިލް ބަދަލުކޮށްފި

ބައިނަލްއަޤްވާމީ ފުޓްބޯޅަ ކުޅުން ހުއްޓާލި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ޝަރަފުގައި، އެ ޤައުމުގެ ޤައުމީ ޓީމުގެ 7 ނަންބަރު ޖާޒީގައި ނަންބަރު ލިޔާ ސްޓައިލަށް ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބަދަލެއް ގެނެސްފިއެވެ.

ނެދަލޭންޑްސް އިން ތަފާތުބޮޑު ނަތީޖާއަކުން ގްރީސް ބަލިކޮށްފި
14 Nov 2026 ކުޅިވަރު

ނެދަލޭންޑްސް އިން ތަފާތުބޮޑު ނަތީޖާއަކުން ގްރީސް ބަލިކޮށްފި

މި މެޗުގެ ތަރިއަކަށްވި ކުޅުންތެރިއަކީ މެޗުގެ ފުރަތަމަ ހާފުގައި ހެޓްރިކް ހެދި ތިޖާނީ ރެއިންޑާސްއެވެ. އަލް-ގާދިސިއާއަށް ކުޅެމުންދާ ކުރީގެ މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ރެއިންޑާސް އޭނާގެ ތިން ލަނޑުވެސް ކާމިޔާބުކުރީ މެޗުގެ 12 ވަނަ މިނެޓާއި 33 ވަނަ މިނެޓާ ދެމެދުގައެވެ.