ރޮނާލްޑޯ-
ރޮނާލްޑޯ-
ކުޅިވަރު 15 Nov 2026 | 08:15

ރޮނާލްޑޯގެ ޝަރަފުގައި ޕޯޗުގަލް ޓީމުގެ 7 ނަންބަރު ޖާޒީގެ ސްޓައިލް ބަދަލުކޮށްފި

ބައިނަލްއަޤްވާމީ ފުޓްބޯޅަ ކުޅުން ހުއްޓާލި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ޝަރަފުގައި، އެ ޤައުމުގެ ޤައުމީ ޓީމުގެ 7 ނަންބަރު ޖާޒީގައި ނަންބަރު ލިޔާ ސްޓައިލަށް ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބަދަލެއް ގެނެސްފިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި "ސީއާރް7" ގެ ނަމުން މަޝްހޫރުވެފައިވާ ރޮނާލްޑޯ ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ގުޅިގެން ޕޯޗުގަލްގެ ފެޑެރޭޝަނުން މީސްމީޑިއާގައި ބުނީ ދުވަހަކުވެސް ފަނޑުވުމެއްނެތި ދެމިއޮންނާނެ އެއް ނަންބަރަކީ 7 ނަންބަރު ކަމަށެވެ. މި ޕޯސްޓާއެކު ރޮނާލްޑޯއަކީ ތާރީޚުގައިވެސް އެންމެ މޮޅު ކުޅުންތެރިޔާ (ގޯޓް) ކަން ދޭހަކޮށްދިނުމުގެ ގޮތުން ކަންބަޅިއެއްގެ އިމޯޖީވެސް ވަނީ ބޭނުންކޮށްފައެވެ.

އާ ޑިޒައިނުގައި ޔޫރަޕްގެ ޤައުމުތަކުގައި ޢާންމުކޮށް ލިޔާ ގޮތަށް 7 ނަންބަރުގެ މެދުން ހުރަސް ރޮނގެއް ހިމަނާފައިވެއެވެ. މިއީ ރޮނާލްޑޯއަށް ފަހު އެ ނަންބަރު ބޭނުންކުރާ ކޮންމެ ކުޅުންތެރިއަކުވެސް، އޭނާ ދޫކޮށްދިޔަ ބޮޑު ޒިންމާއާއި ވާރުތަ އުފުލަންޖެހޭނެކަން ރަމްޒުކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް ޕޯޗުގަލްއިން ބުނެއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލްގެ އެސްޓާޑިއޯ ބްރާގާގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގައި، މި އާ ސްޓައިލްގެ 7 ނަންބަރު ޖާޒީ އަޅައިގެން ފުރަތަމަ ފަހަރަށް ކުޅުނީ ބެލްޖިއަމްގެ ކްލަބް ބްރޫޖަށް ކުޅޭ އުމުރުން 22 އަހަރުގެ ވިންގަރ ކާލޮސް ފޯބްސްއެވެ. އަދި މި މެޗަށް ޓީމު ދަނޑަށް ނުކުތީ ރޮނާލްޑޯގެ ޝަރަފުގައި ޚާއްޞަ ޖާޒީތަކެއްގައެވެ.

ޢުމުރުން 41 އަހަރުގެ ރޮނާލްޑޯ ބައިނަލްއަޤްވާމީ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިޢުލާންކުރީ މި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އޭނާ މި ނިންމުން ނިންމީ ކޯޗު ޖޯޖް ޖީސަސްއާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކަކަށް ފަހުގައެވެ. ޖީސަސް އޭނާ ބެންޗުގައި ބޭންދުމަށްފަހު، ދެން އޮތް މެޗުގައިވެސް ފުރަތަމަ އެގާރައިގައި ނުހިމަނާނެކަން އެންގުމުން ރޮނާލްޑޯ ވަނީ ކޭމްޕް ދޫކޮށް ގޮސްފައެވެ. ފަހުން ކޯޗު ޖީސަސް ވަނީ ރޮނާލްޑޯ އެނބުރި އަންނަން ބޭނުންނަމަ އެ ފުރުޞަތު އަދިވެސް އޮތް ކަމަށް ބުނެފައެވެ.

ރޮނާލްޑޯގެ އެންމެ ފަހު މެޗަކީ ސެޕްޓެމްބަރު 24 ގައި ވޭލްސް އަތުން 1-0 އިން ޕޯޗުގަލް މޮޅުވި މެޗެވެ. 2003 އިން 2026 އަށް ދެމިގެންދިޔަ އޭނާގެ ކާމިޔާބު ޤައުމީ ކެރިއަރުގައި، ދުނިޔޭގެ ރެކޯޑެއްގެ ގޮތުގައި 234 މެޗު ކުޅެދީ، އެއްވެސް ކުޅުންތެރިއަކަށް ޤައުމީ ޓީމަކަށް ނުޖެހޭ މިންވަރަށް 146 ލަނޑު ވަނީ ޖަހައިދީފައެވެ. އަދި އޭނާއަކީ 6 ވޯލްޑް ކަޕްގައި ވާދަކޮށް، ކޮންމެ މުބާރާތެއްގައިވެސް ލަނޑު ޖެހި ހަމައެކަނި ފިރިހެން ކުޅުންތެރިޔާއެވެ. ރޮނާލްޑޯ ވަނީ ޕޯޗުގަލްއާއެކު 2016 ވަނަ އަހަރު ޔޫރޯ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނު އަތުން ބަލިވެ، ސާފް ހޯދުމަށް ބަންގްލަދޭޝްއިން ކުރަމުން އައި އުއްމީދު ގެއްލިއްޖެ
15 Nov 2026 ކުޅިވަރު

ޕާކިސްތާނު އަތުން ބަލިވެ، ސާފް ހޯދުމަށް ބަންގްލަދޭޝްއިން ކުރަމުން އައި އުއްމީދު ގެއްލިއްޖެ

މި ނަތީޖާއާއެކު، ޕާކިސްތާނު ވަނީ އެ ޤައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދާފައެވެ.

ނެދަލޭންޑްސް އިން ތަފާތުބޮޑު ނަތީޖާއަކުން ގްރީސް ބަލިކޮށްފި
14 Nov 2026 ކުޅިވަރު

ނެދަލޭންޑްސް އިން ތަފާތުބޮޑު ނަތީޖާއަކުން ގްރީސް ބަލިކޮށްފި

މި މެޗުގެ ތަރިއަކަށްވި ކުޅުންތެރިއަކީ މެޗުގެ ފުރަތަމަ ހާފުގައި ހެޓްރިކް ހެދި ތިޖާނީ ރެއިންޑާސްއެވެ. އަލް-ގާދިސިއާއަށް ކުޅެމުންދާ ކުރީގެ މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ރެއިންޑާސް އޭނާގެ ތިން ލަނޑުވެސް ކާމިޔާބުކުރީ މެޗުގެ 12 ވަނަ މިނެޓާއި 33 ވަނަ މިނެޓާ ދެމެދުގައެވެ.

މެކްސް ޑޯމަން ރެކޯޑް މުގުރާލިއިރު، އިނގިރޭސިން ބަލިވެއްޖެ
13 Nov 2026 ކުޅިވަރު

މެކްސް ޑޯމަން ރެކޯޑް މުގުރާލިއިރު، އިނގިރޭސިން ބަލިވެއްޖެ

މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ބަޔާ ލެވަކޫސަންގެ ފޯވާޑް މޮރޭރާއެވެ. މިއީ 2021 ވަނަ އަހަރުގެ ފަހުން އިނގިރޭސި ޒުވާން ޓީމު ވިދިވިދިގެން ދެ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކޯޗްގެ ޝަކުވާއަކީ ކޮއްތުގެ މައްސަލަ
12 Nov 2026 ކުޅިވަރު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކޯޗްގެ ޝަކުވާއަކީ ކޮއްތުގެ މައްސަލަ

ބުދަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން މޮޅުވުމަށްފަހު ވާހަކަދައްކަމުން މޫސާ ބުނީ، މެހެމާންދާރީގެ އެހެން ކަންކަން ރަނގަޅު ނަމަވެސް ކާބޯތަކެތީގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ.

 ނޭޝަންސް ލީގުގައި މިރޭ އިޓަލީއާ ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭ ނުފެންނާނެ: ޒިދާން
12 Nov 2026 ކުޅިވަރު

ނޭޝަންސް ލީގުގައި މިރޭ އިޓަލީއާ ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭ ނުފެންނާނެ: ޒިދާން

ޒިދާން ބުނީ ސަން ސީރޯގައި ކުޅެން ބޭނުންވި ނަމަވެސް، ފްރާންސްގެ މެނޭޖްމަންޓުން ނިންމާފައިވަނީ އޭނާގެ އަނިޔާ އިތުރަށް ގޯސްވެދާނެތީ އެ ފުރުސަތު ނުދިނުމަށެވެ

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް، ރިއަލް އޮވިއެޑޯގެ ހެޑް ކޯޗަކަށް
10 Nov 2026 ކުޅިވަރު

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް، ރިއަލް އޮވިއެޑޯގެ ހެޑް ކޯޗަކަށް

އުމުރުން 49 އަހަރުގެ ރައުލް، އޮވިއެޑޯއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޯޗެއްގެ ގޮތުގައި ހުރުމަށެވެ.

ފިއޮރެންޓީނާ ކައިރިން ޔުވެންޓަސް ފުއްދާލަން ޖެހުނީ އެންމެ ޕޮއިންޓަކުން
09 Nov 2026 ކުޅިވަރު

ފިއޮރެންޓީނާ ކައިރިން ޔުވެންޓަސް ފުއްދާލަން ޖެހުނީ އެންމެ ޕޮއިންޓަކުން

މެޗުގެ ފަހު ވަގުތުގައި ޔުވެންޓަސްއިން ލަނޑެއް ޖެހުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، ފިއޮރެންޓީނާގެ ގޯލްކީޕަރު ވަނީ ހުޝިޔާރުކަމާއެކު ޔުވެންޓަސްއިން ފޮނުވާލި ހަމަލާތައް ދިފާއުކޮށްފައެވެ. މި ނަތީޖާއާއެކު ދެ ޓީމަށްވެސް ވަނީ ތާވަލުގައި ކުރިއަށް ޖެހިލުމަށް ލިބުނު ފުރުސަތު ގެއްލިފައެވެ.