ފިއޮރެންޓީނާ ކައިރިން ޔުވެންޓަސް ފުއްދާލަން ޖެހުނީ އެންމެ ޕޮއިންޓަކުން
އިޓަލިއަން ސޭރިއާގައި ރޭ ޔުވެންޓަސް އާއި ފިއޮރެންޓީނާ ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެއެވެ.
ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މިމެޗްގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލީޑް ނަގާފައެވެ. އެއީ ހަތަރުވަނަ މިނެޓުގައި މާޓެއޯ ޕެލެގްރީނީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ފިއޮރެންޓީނާއިން ލީޑް ނަގާފައިވަނިކޮށް ޔުވެންޓަސްއިން ވަނީ ކުޅުން ރަނގަޅުކޮށް، މެޗުގެ 32 ވަނަ މިނެޓް ތެރޭގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ޖަހައިދިނީ، ނިކް ވޮލްޓެމޭޑެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ކަނާތްފަރާތު އަރިމަތިން ހިތްގައިމު ކުޅުމެއް ދެއްކި ރަންޑަލް ކޯލޯ މުއާނީއެވެ.
ދެވަނަ ހާފު ފެށިގެން 54 ވަނަ މިނެޓުގައި އަލިއޫ އެންޖީ ވަނީ އަނެއްކާވެސް ފިއޮރެންޓީނާއަށް ލީޑު ހޯދައިދީފައެވެ. އެކަމަކު މި ލީޑުގައި އެ ޓީމަށް މާގިނައިރަކު ނުހުރެވުނެވެ. މެޗުގެ 66 ވަނަ މިނެޓުގައި ޑޫގްލަސް ލުއިޒް ނެގި ކޯނަރަކުން ލިބުނު ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޔުވެންޓަސްއަށް ނަތީޖާ އެއްވަރުކޮށްދިނީ ޑިފެންޑަރު ގްލީސަން ބްރެމަރ އެވެ.
މެޗުގެ ފަހު ވަގުތުގައި ޔުވެންޓަސްއިން ލަނޑެއް ޖެހުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، ފިއޮރެންޓީނާގެ ގޯލްކީޕަރު ވަނީ ހުޝިޔާރުކަމާއެކު ޔުވެންޓަސްއިން ފޮނުވާލި ހަމަލާތައް ދިފާއުކޮށްފައެވެ. މި ނަތީޖާއާއެކު ދެ ޓީމަށްވެސް ވަނީ ތާވަލުގައި ކުރިއަށް ޖެހިލުމަށް ލިބުނު ފުރުސަތު ގެއްލިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް